ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އޭނާގެ ސަރުކާރަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން އޭނާގެ އަނިޔާވެރި ވެރިކަމުގެ ނިމުން ވަރަށް ގާތްވެއްޖެކަން ގިނަ މުޙައްލިލުން ހާމަކޮށްފިއެވެ. ބައްޝާރުގެ ސަރުކާރުގެ ބޮޑުވަޒީރުކަން ކުރަމުންއައި ރިޔާޒް ފަރީދް ހިޖާބް ވަނީ މަޤާމުން އިއްޔެގެ ވަގުތެއްގައި ވަކިކޮށްފައެވެ.
ސީރިޔާގެ ދައުލަތުގެ ޓީވީއިން ހާމަކުރިގޮތުގައި ރިޔާޒް މަޤާމުން ވަކިކުރުމަށްފަހު ރައީސް ބައްޝާރުވަނީ އެމަޤާމަށް ބޮޑުވަޒީރުގެ ނައިބު އުމަރު ގަލަވަންސީ ވަނީ އައްޔަނުކޮށްފައެވެ.
ކުރީގައި އެގްރިކަލްޗަރ މިނިސްޓަރުކަން ކޮށްފައިވާ ރިޔާޒް ބޮޑުވަޒީރުކަމަށް ބައްޝާރު އައްޔަނުކޮށްފައިވަނީ ޖޫން 6 ގައެވެ.
މަޤާމުން ވަކިކުރުމާއި އެކު އޭނާ މިހާރު އިދިކޮޅު ފަރާތްތަކާއި ގުޅުމަށްފަހު އުރުދުންއަށް ފުރައިފިކަމުގެ ޚަބަރުތަކެއްވެސް މީޑިއާތަކުގައިވަނީ ފެތުރިފައެވެ.
ސީރިޔާގެ ސަރުކާރާއި އިދިކޮޅުފަރާތްތަކާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންއަންނަ މިފަދަ ދުވަސްވަރެއްގައި ސަރުކާރުގެ ބާރުގަދަ މަޤާމްތަށް ބަދަލުކުރުމީ އެއީ ސީރިޔާ ސަރުކާރު އިދިކޮޅުފަރާތްތަކާއި ކުރިމަތިލުމަށް ނުކުޅެދިފައިވާކަމުގެ އަލިގަދަ ހެއްކެއްކަމަށް ގިނަ މުޙައްލިލުން ދެކެއެވެ.

















advertisment
ޚިޔާލު