ރާއްޖޭގެ ޚަބަރު

ޝެއިޚް އިލްޔާސް ދަރުހެއް ރާއްޖެޓީވީއިން ފުރަތަމަ ފަހަރަށް ލައިވްކޮށްފި

ރާއްޖެޓީވީ ގެ ލޯގޯ

ރާއްޖެޓީވީ ގެ ލޯގޯ

ޝެއިޚް އިލްޔާސް ދަރުސެއް ރާއްޖެޓީވީއިން ފުރަތަމަ ފަހަރަށް ލައިވްކޮށްފިއެވެ.

ރާއްޖެޓީވީއިން ލައިވްކޮށް ދުރަށް ދައްކާފައިވަނީ މއަދު އަސްރު ނަމާދަށް ފަހުން އިސްލާމީ މަރުކަޒު ނަމާދު ކުރާބައިގައި ކުރިއަށް ދިޔަ ޝެއިޚް އިލްޔާސްގެ ދަރުސްއެކެވެ. ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން ކޮންމެ ދުވަހަކު މާލޭގެ މިސްކިތްތަކުގައި ކުރިއަށް ދާ ދަރުސްތަކުގެ ތެރެއިން މިދަރުސް ރާއްޖެޓީވީއިން ލައިވް ކޮށްފައިވާއިރު މީގެ ކުރިން އެޓީވީއިން ވަނީ ދީނީ ޢިލްމުވެރިންނަށް ބަދުބަސް ރައްދުވާނޭ ފަދަ އިންޓަވިއުތައް އާންމުކޮށްފައެވެ.  އަދި މީގެ އިތުރުން ޝެއިޚުންނަށް ނިސްބަތްކޮށް ދޮގު ޚަބަރު ފޮނުވުމުގައި ރާއްޖެޓީވީގެ ބޭނުން އެމްޑީޕީއިން ދަނީ ހިފަމުންނެވެ.

އެމްޑީޕީގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެންމެ ކުރީގައިވާ ރާއްޖެޓީވީގެ ޝެއިޚް އިލްޔާސްގެ ދަރުސްއެއް ލައިވްކުރުމުގެ ސަބަބުން އެމްޑީޕީގެ ގިނަ ބަޔަކު ދަނީ ސޯޝަލް ނެޓްވޯކްގައި ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ އިސްވެރިން މީގެ ކުރިން ގޮވާލާފައިވަނީ ޝެއިޚް އިލްޔާސްގެ ފަހަތުގައި ނަމާދު ނުކުރުމަށާއި ޝެއިޚް އިލްޔާސްގެ ދަރުސްތަކަށް ނުދިޔުމަށެވެ. އެމްޑީޕީގެ ބަޔަކު ވަނީ ޝެއިޚް އިލްޔާސްގެ ދަރުސްއެއް ފުރުޤާން މިސްކިތުގައި ބާއްވަން އުޅެނިކޮން އެކަމަށް ވެސް ހުރަސް އަޅާފައެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ކަލޯ އެންމެ ފަހުން ޝައިޚް އިލްޔާސްގެ ދަރުސްވިއްކައިގެން ވިޔަފާރިކުރަން ފެށީދޯ ރ ޓީވީ………

  2. ރާއްޖެ ޓީވީއިން ޝައިޙު އިލްޔާސްގެ ދަރުސް ދެއްކުން ނަމޫނާޔަކަށް ބަލާގެން އެމްވީޓީވީ އިންވެސް އިލްޔާސްގެ ދަރުސްތައް ގެނެސް ދިނުމަށް ގޮވާލަން..މިހެން ދަންނަވާލަން މި ޖެހުނީ އިލްޔާސް އަކީ ސިޔާސީ މީހެއް ކަމަށް ބުނެ އޭނަގެ ދަރުސްތަށް އެމްވީޓީވީ އިން ނުގެނެސް ދޭން ބުނެފައިވާތީ..

  3. އަސްލު ގެނެސްދޭންވީ ދަރުސްތައް އެއްވެސް ޓީވީ އަކުން ނުގެނެސްދޭ…

  4. އަސްލު އަހަރެމެންވެސް ބޭނުމެއްނޫން، އެއްވެސް ޢިލްމުވެރިޔަކު ސިޔާސީވާކަށެއް. ރ ޓީވީން މިދެއްކިޔަސް ރަނގަޅު ކަމެއް ކޮއްފިއްޔާ ވާނީ ރަނގަޅު ކަމަކައް،،،،

Your email address will not be published. Required fields are marked *