ރާއްޖޭގެ ޚަބަރު ޝެއިޚް އިލްޔާސް ދަރުހެއް ރާއްޖެޓީވީއިން ފުރަތަމަ ފަހަރަށް ލައިވްކޮށްފި

ޝެއިޚް އިލްޔާސް ދަރުހެއް ރާއްޖެޓީވީއިން ފުރަތަމަ ފަހަރަށް ލައިވްކޮށްފި

ޝެއިޚް އިލްޔާސް ދަރުހެއް ރާއްޖެޓީވީއިން ފުރަތަމަ ފަހަރަށް ލައިވްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެޓީވީ ގެ ލޯގޯ

ޝެއިޚް އިލްޔާސް ދަރުސެއް ރާއްޖެޓީވީއިން ފުރަތަމަ ފަހަރަށް ލައިވްކޮށްފިއެވެ.

ރާއްޖެޓީވީއިން ލައިވްކޮށް ދުރަށް ދައްކާފައިވަނީ މއަދު އަސްރު ނަމާދަށް ފަހުން އިސްލާމީ މަރުކަޒު ނަމާދު ކުރާބައިގައި ކުރިއަށް ދިޔަ ޝެއިޚް އިލްޔާސްގެ ދަރުސްއެކެވެ. ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން ކޮންމެ ދުވަހަކު މާލޭގެ މިސްކިތްތަކުގައި ކުރިއަށް ދާ ދަރުސްތަކުގެ ތެރެއިން މިދަރުސް ރާއްޖެޓީވީއިން ލައިވް ކޮށްފައިވާއިރު މީގެ ކުރިން އެޓީވީއިން ވަނީ ދީނީ ޢިލްމުވެރިންނަށް ބަދުބަސް ރައްދުވާނޭ ފަދަ އިންޓަވިއުތައް އާންމުކޮށްފައެވެ.  އަދި މީގެ އިތުރުން ޝެއިޚުންނަށް ނިސްބަތްކޮށް ދޮގު ޚަބަރު ފޮނުވުމުގައި ރާއްޖެޓީވީގެ ބޭނުން އެމްޑީޕީއިން ދަނީ ހިފަމުންނެވެ.

އެމްޑީޕީގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެންމެ ކުރީގައިވާ ރާއްޖެޓީވީގެ ޝެއިޚް އިލްޔާސްގެ ދަރުސްއެއް ލައިވްކުރުމުގެ ސަބަބުން އެމްޑީޕީގެ ގިނަ ބަޔަކު ދަނީ ސޯޝަލް ނެޓްވޯކްގައި ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ އިސްވެރިން މީގެ ކުރިން ގޮވާލާފައިވަނީ ޝެއިޚް އިލްޔާސްގެ ފަހަތުގައި ނަމާދު ނުކުރުމަށާއި ޝެއިޚް އިލްޔާސްގެ ދަރުސްތަކަށް ނުދިޔުމަށެވެ. އެމްޑީޕީގެ ބަޔަކު ވަނީ ޝެއިޚް އިލްޔާސްގެ ދަރުސްއެއް ފުރުޤާން މިސްކިތުގައި ބާއްވަން އުޅެނިކޮން އެކަމަށް ވެސް ހުރަސް އަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.