ރާއްޖޭގެ ޚަބަރު

ސ. އަތޮޅު މަދަރުސާގެ ލެބޯޓަރީ ފަޅާލައި ގިނައަދަދެއްގެ ކެމިކަލްސްތަކެއް ވަގަށް ނަގައިފި

ސ.އަތޮޅުމަދަރުސާގެ ތަޅު ހަލާކުކޮށްގެން މަރާމާތް ކުރުމުގައި ނަގާފައިވާ ފޮޓޯ އެއް

ސ.އަތޮޅުމަދަރުސާގެ ލެބޯޓަރީ ހަލާކުކުރުމުން މަރާމާތު ކުރަނީ - ދިއިސްލާމް ފޮޓޯ

ސ. އަތޮޅު މަދަރުސާގެ ލެބޯޓަރީ ފަޅާލައި ގިނައަދަދެއްގެ ކެމިކަލްސް އާއި އެހެނިހެންވެސް ސާމާނުތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށް އެ މަދަރުސާއިން ބުނެފި އެވެ.

ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަދަރުސާގެ ލެބޯޓަރީ ފަޅާލާފައިވަނި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ އެވެ.

ހުޅުމީދޫގައި ހުންނަ އަތޮޅު މަދަރުސާގެ އިސްއޮފިޝަލަކު ވިދާޅުވީ މި ވައްކަމުގައި ލިބިފައިވާ ގޮތް އަންދާޒާ ކުރަން ދަތި ކަމަށާއި އެކަން މިހާރު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެކަން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި މިކަމަށް އެބޭފުޅުން ޙާއްސަ ސަމާލުކަމެއް ދީގެން ހޯދައި ބަލާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މިކަން ކުރި ބަޔަކު ހޯދާނަން"

މިކަން ހިނގިއިރު އެ ތަނުގެ ޑިއުޓީ ގައި ވޮޗަރެއްވެސް ހުރި ކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. އޭގެ އިތުރުން އެ މަދަރުސާގެ ބޭރު ފާރުގައި އަވަގުރާނަ ކުރަހައި ނުބައި އެއްޗެހި ލިޔަމުންދާ މައްސަލަ ވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތި ވެފަ އެވެ.

މި ވައްކަމުގެ މައްސަލައިގައި މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ާމިފަދަ ކަންކަމަކީ މީގެ ކިރިން މި ޤައުގައި ޢާންމުކޮށް ކުރަމުން އަންނަ ކަމަކަށް ނުވިޔަސް ރާއްޖޭގައި ސިޔާސީ ހަރަކާތް ފެށުނު ހިސާބަކުން މިކަންތައް މަޑުމަޑުން ކުރިއަރަމުންގޮސް މިހާރު މިކަންތަށް މިވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ. މިކަންތަށް ކުރުން ނުހުއްޓުވިގެން މި އުޅެނީ ޙައްޤު އަދަބު ތަންފީޒު ނުކުރެވޭތީ ކަން ފާހަގަ ކުރެވޭއިރު، އަދި މިފަދަ ކުށްކުރާ މީހުންގެ ފަހަތުގައި ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކެއްވުން ކަމުގައި ދެންނެވޭނީ.

Your email address will not be published. Required fields are marked *