ސުވާލު:
ނަމާދު ގަސްރުކޮށް އަދި ޖަމްއުކުރާގޮތް ތަފްސީލުކޮށް ބުނެދެވިދާނެތޯއެވެ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ނަމާދު ގަޞްރު ކުރުމަކީ ހަތަރު ރަކްޢަތް ނަމާދުގައި ދެރަކްޢަތް ކުރުމެވެ. ޖަމްޢު ކުރުމަކީ މެންދުރު ވަގުތުގައި ޢަޞްރު ކުރުމެވެ. ނޫންނަމަ ޢަޞްރުވަގުތުގައި މެންދުރާއި ޢަޞްރު އެއްކޮށް ކުރުމެވެ. ނޫންނަމަ މަޣްރިބް ވަގުތުގައި ޢީޝާ ކުރުމެވެ. ނޫންނަމަ ޢިޝާ ވަގުތުގައި މަޣްރިބާއި ޢިޝާ ކުރުމެވެ. ގަޞްރު ޖަމްޢު ކުރުމުގެ މާނައަކީ މެންދުރު ވަގުތު ދެރަކްޢަތް ގަޞްރުކޮށް ކުރުމަށް ފަހު ޢަޞްރުގެ ދެރަކްޢަތް ކުރުމެވެ. ނޫންނަމަ ޢަޞްރުގެ ވަގުތުގައި މެންދުރުގެ ދެރަކްޢަތް ކުރުމަށްފަހު ޢަޞްރުގެ ދެރަކްޢަތް ކުރުމެވެ. އަދި މަޣްރިބްގެ ތިންރަކްޢަތް ކުރުމަށްފަހު، ޢިޝާގެ ދެރަކްޢަތް ކުރުމެވެ. ނުވަތަ ޢިޝާގެ ވަގުތުގައި މަޣްރިބް ކުރުމަށްފަހު، ޢިޝާގެ ދެރަކްޢަތް ކުރުމެވެ. والله أعلم.

















އިސްކޮއް ޖަމްޢުކުރުމާއި ފަސްކޮއް ޖަމްޢުކުރުމާއި ބެހޭގޮތުން ތަންކޮޅެއް ތަފްޞީލް ކޮއް ދެއްވިނަމަ ރަނގަޅުވީސް ކަމށް ޤަބޫލުކުރަން
އިސްކޮށް އަދި ފަސްކޮން އިތުރަށް ތަފްސީލް ވަރަށްބޭނުންވޭ
ޖަވާބް ފުރިަހަމަ އެއް ނޫނެއްނޫންތޯ ޢިޔާޟް……