
އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީއާ ބައްދަލުކުރައްވަނީ.--ފޮޓޯ: ރައީސް އޮފީސް
ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ "ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް"ކަމަށެވެ. އަދި ރައީސް ވިދާޅުވެފައިވަނީ " 26/11 ފަދަ ހަމަލާއެއް ރާއްޖޭގެ ފަރާތުން އައިސްފާނެކަމާމެދު އިންޑާއިން ހާސްވާން ނުޖެހޭނެ'ކަމަށެވެ. ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ރައީސް ކުރައްވާ މިދަތުރުގައި ރާއްޖޭގެ ހައްދު ފަހަނައަޅާފައިވާ މުސްލިމުން އުޅޭ މައްސަލައަށް ދަނީ ސުވާލު ކުރެވެމުންނެވެ. ސަބަބެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ކުރީގެ ރައީސް ނަޝީދު އިންޑާއަށް ކުރާ ދަތުރުތަކުގައި އެފަދަ ވާހަކަ ދައްކާ އިންޑިއާގެ ސަމާލުކަމަށް އެކަން ވަރަށް ބޮޑަށް ގެނެސްފައިވާތީއެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުގައި އިންޑިއާގެ އިސް ފަރާތްތަކާއި ދަނީ ބައްދަލުކުރަމުންނެވެ.
















advertisment
އެންމެ ހަރުކަށި ދީނީ މީހުން އުޅެނީ ހިންދީ ދީނުގެ މީހުން، އެމީހުންގެ ތެރޭގައި ތިބި ހައްދުން ނެއްޓިފައި ތިބިމީހުން ނުންތޯ އިންޑިޔާގެ ބާބަރީ މިސްކި ތަޅާލާ، އެތަކެއް މުސްލިމުން މެރީ ކޮންބައެއްތޯ، އިންޑިޔާގެ ހިންދޫން ނުންތޯ؟
ކޮންމެ ތަނެއްގައިވެސް ކުފުރުގެ އަހުލުވެރިން ނަކީ ހަމައެއްބަޔެއް، އީމާން ކަމުގެ އަހުލުވެރިންވެސް އެއްބަޔެއްގެ ގޮތުގައިވާން އެބަޖެހޭ!