ރާއްޖޭގެ ޚަބަރު ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީއާ ބައްދަލުކުރައްވަނީ.--ފޮޓޯ: ރައީސް އޮފީސް

ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ "ދީނީ ގޮތުން ހަރުކަށި މީހުން ރާއްޖޭގައި މާ ގިނަ ނޫން ކަމަށާއި އެއީ ހައްލުކުރެވޭ ވަރުގެ ކަމެއް"ކަމަށެވެ. އަދި ރައީސް ވިދާޅުވެފައިވަނީ " 26/11 ފަދަ ހަމަލާއެއް ރާއްޖޭގެ ފަރާތުން އައިސްފާނެކަމާމެދު އިންޑާއިން ހާސްވާން ނުޖެހޭނެ'ކަމަށެވެ. ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ރައީސް ކުރައްވާ މިދަތުރުގައި ރާއްޖޭގެ ހައްދު ފަހަނައަޅާފައިވާ މުސްލިމުން އުޅޭ މައްސަލައަށް ދަނީ ސުވާލު ކުރެވެމުންނެވެ. ސަބަބެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ކުރީގެ ރައީސް ނަޝީދު އިންޑާއަށް ކުރާ ދަތުރުތަކުގައި އެފަދަ ވާހަކަ ދައްކާ އިންޑިއާގެ ސަމާލުކަމަށް އެކަން ވަރަށް ބޮޑަށް ގެނެސްފައިވާތީއެވެ.

ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުގައި އިންޑިއާގެ އިސް ފަރާތްތަކާއި ދަނީ ބައްދަލުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.