ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި "ނަރަކަ"އަށް ގޮސްފައި އަނބުރާ އަންނަން ޖެހުނަސް އެކަން ކުރާނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބުނެފިއެވެ.
ނަޝީދު މިހާރު އިންޑިއާއަށް ކުރަމުންގެންދާ ދަތުރުގައި "އިންޑިއަން އެކްސްޕްރެސް" ނޫހަށްދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ [ވެރިކަން ބަދަލުވި ގޮތް] ބުނެދިނުމަށް ނޭޕާލަށާއި ބޫޓާނަށާއި ޕާކިސްތާނަށާއި ހުރިހާ ތަނަކަށްވެސް ދާނެ ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި "ނަރަކަ"އަށް ގޮސްފައި އަނބުރާ އަންނަން ޖެހުނަސް [ކިތަންމެ ދަތިއުނދަގުލަކާ ކުރިމަތިލާން ޖެހުނަސް އެދަތިތަކާ ކުރިމަތިލައިގެންވިޔަސް] އެކަން ކުރާނެ ކަމަށެވެ.
އަދި ރާއްޖެ ހަމަމަގަށް އަޅުވައި އަލުން ޑިމޮކްރަސީ ގާއިމުކުރަން ޖެހޭ ކަމަށް ނަޝީދު ބުނެފައިވެއެވެ. އޭގެ އިތުރުން އަވަސް އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ވެރިކަމުގައި ތިބި ފަރާތްތަކުގެ ބާރު ގަދަވާނެ ކަމަށާއި "ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކުގެ ދުވަސް ދުއްވާލާނެ" ކަމަށްވެސް ނަޝީދުގެ ބަސްދީގަތުމުގައި ބުނެފައިވެއެވެ.
އެބަސްދީގަތުމުގައި ނަޝިދު ބުނެފައިވަނީ "ހަރަކާތެއްގެ ގޮތުގައި އިސްލާމް ދީނުގައި ހައްދު ފަހަނައަޅާ ދިއުން ރާއްޖޭގައި ހިނގަން ފަށާފައިވަނީ ވަރަށް ކުރީގައި. ހާއްސަކޮށް ހުދުމުހުތާރު ވެރިކަންތަކުގެ ދުވަސްވަރު. އެމީހުންނަކީ މިސްކިތްތަކަށް އެއްވާ މީހުން. ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނުމުގެ ފުރުސަތު ލިބެނީ ހަމައެކަނި އެގްރޫޕްތަކުގެ ތެރެއިން. އެމީހުންނަކީ އަންޑަ ގްރައުންޑްކޮށް މަސައްކަތް ކުރަން މޮޅު ބައެއް. އެހެންވީމާ ސަރުކާރަށް ގޮންޖަހަން ބޭނުންވާ ކޮންމެ މީހަކުވެސް ގުޅެނެނީ އެމީހުންނާ." ކަމަށެވެ.
ފަހަކަށް އައިސް ބޭރުގެ މީޑިއާތަކަށް ނަޝީދު ދެއްވާ އިންޓަވިއުތަކުގައި މިފަދަ އެތައް ވާހަކަ ތަކެއް ދަނީ ދައްކަމުންނެވެ. އަދި މިފަދަ ވާހަކަތަކުން ގިނަ ބަޔަކު ފޭސްބުކްފަދަ ސޯޝަލް ނެޓްވޯކްތަކުގައި ދަނީ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ.
ޚަބަރާ ގުޅޭ :
http://www.indianexpress.com/news/i-will-go-to-hell-and-back-to-bring-democracy-back-to-maldives/939814/0

















advertisment
ނަރަކާގެ ބިރުވެރިކަން އެގޭހެއްޔެވެ؟ ﷲއަށް ބިރުވެތިވުމަށާއި ތައުބާވުމަށް ބޮވާލަން.
ިުމަގޭހިތަށް އަރާ މީނަ އަށް މިކިޔޭނުކިޔޭ އެއްޗެއް ޙުދު މީނައަށް އިނގޭ ބާވައޭ! މީނައަކަށް ނޭގެ މީނަ އަމިއްލައަށް މުރުތަދު ވެގެން ދާއިރުވެސް……………..މީ އަޅެ ކާކު؟ ތަނަކު ހުރި މަރުލޯމެއް ނޫންބާ މީ؟ މީހަކު ފަހެ އަޖާބުވެ އަންތަރީސް ނުވިއްޔާ ދެރަ؟
ކޮބާ ތިހަބަރުގެ ރިފަރެންސަކީ؟ އެއްވެސް ވަރަކަށް ޒިއްމާދާރުކަމެއް ނެތް، ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުމުގެ އިތުރު ބޮޮޅެއްކަމަށް ފެނޭ.
އެއްދޮގު ފޫބައްދަން ހަދާނެ އަނެއްދޮގު. ތިހެން ނޫޅެ ﷲއަށް ބިރުވެތިވުމަށާއި ތައުބާވުމަށް ގޮވާލަން. ނަރަކާގެ ބިރުވެރިކަން އެގޭހެއްޔެވެ؟
މީނަޔަށް މަރުގެ ހުކުމް އިސްލާމީ ޝަރީއަތުގަ އައްނާނެބާ؟
ރިފަރެންސް ދީފައިންތަނެއް ނުފެނޭތޯ؟ “ބޭސްތީ” ނުފެންނަންޏާދެން ކުރާނެކަމެއްނެތް؟
http://www.indianexpress.com/news/i-will-go-to-hell-and-back-to-bring-democracy-back-to-maldives/939814/2
މި ގޮތެއް ފޮތެއް ނެތް މީހާގެ ވާހަކަ ނުދައްކާ ކިހިނެއް މަޑުން ހުންނާނީ،
ތިޚަބަރުގެ ރިފަރެންސްދީފައި ތިވަނީ އިނގިރޭސިބަހުން ލިޔެވިފައިވާ އާޓިކަލަކަށް. އިނގިރޭސި ބަހުގައި ހެލް މިބަހަކީ ވަރަށް ފުޅާދާއިރާއެއްގައި މާނަކުރެވޭ ބަހެއް. ދަތި އުނދަގުލާއި ގެއްލުމާއި ހަލާކާއި ވޭނުމާއި ކެކުޅުމަށްވެސް މިބަސްބޭނުން ކުރެވެއެވެ.
މީނާޔާއި މީނާގެ އައުވާނުންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން
ހެލް އޭ ބުނާ ކޮންމެ ފަހަރަކު އެބުނެވެނީކީ ނަރަކަ އެކޭ ނޫން ދޯ…. ދީިން ހަތިޔާރަކަށް ހެދިޔަސް ތަންކޮޅެއް ބޮޑު ވަރުތީ ދެން… އެންމެ ދީން އިގޭ މީހުން އުޅެންވާ ވައްތަރު ތަ ތީ؟
ދީނަށް އުޅެންނޭނގޭ މީހުންނަށް ދީންވާނީ ހަތިޔާރަކަށް…
އަޅެފަހެ މީ ބުރާންޗެއްތަ ؟
ޔޯމޭން! އިނގިރޭސި ބަހުގެ އަސްލާއި އުސޫލުތައް ދަސްކުރާށެވެ! އޭގައި ނަރަކަ ބޭނުންކޮށްފައިވާ އުސޫލު އޭރުން އިނގޭނެއެވެ! އެއަށް ކިޔަނީ އެކްސްޕޮރެޝަން! އެކަހަލަ ފިނޑިންގެ ވާހަކަތަކަށް ސަމަލުނުވިއްޔާ ރަނގަޅި ވާނީ. ލީވް ހިމަ ތު ގޯ ދެއަރ………..
އަހަރެން ޢަޖައިބުވާ ކަމަކީ ރާއްޖޭގައި މިތިބަ ބައެއް ހަރުކުލައިގެ މީހުންނަށް މިކަލޭގެ ރަގަޅު ވެގެން އުޅޭތީ.،
ހެލް ގެ އިންގްލިޝް ޑިކްޝަނަރީގެ މާނައަކީ ވަރަށް ދަތި އުނދަގޫ ވޭން ހުރި ކެކުޅުން. ބާޢީން ދީން ހަތިޔާރަކަށް ހަދައިގެން މީހުންގެ ސިކުޑިއާ ކުޅެން ނޫޅުމަށް ގޮވާލަން..ހެޔޮ ވިސްނޭ މީހުން ކަލޭމެންގެ ބަހެއް ނާހާނެ
ޭ
ރަނގަޅަށް ވާނުވާ އިގިގެން އާޓިކަލް ތައް ލިޔެބަލަ. ތިހާ ފެންވަރު ދަށިއްޔާ މިކަހަލަ ކަންތަކުގަ ނޫޅޭނީ ބްރޯ.10 ނިންމާފަ ހުރި މީހަކަށްވެސް މިވަރު އެގޭނެ. ” ހެލް ” ގެ މާނަ އެއީ ހަމަ އެކަނި ނަރަކަ ސިފަކުރަން ކިޔާއެއްޗެއް ނުން . ދީން ހަތިޔާރަކަށް ހެދިޔަސް މި ފުކެއް ބޮޑުވަރު ދޯ..ލަދުންވެސް ބޯ ހަލާކު
“go to hell and back”
މީ ރައީސް ނަޝީދު އިނގިރޭސި ބަހުން ވިދާޅުވި ބަހަކީ..އެ ކަހަލަ ބަސްބަހަށް އިގިރޭސިން ކިޔަނީ “އިޑިއަމްސް”
Definition
to live through an extremely unpleasant, difficult or painful experience:
. ތަނެއް ދޮރެއް ނޭނގޭ އިރު ކީއްކުރަންބާ ނޫސްބެރިކަމުގަ ތިއުޅެނީ؟؟”
މިއީ އިގެރޭސިބަހުން ނަޝީދު ވިދާޅުވެފައިވާ ޖުމްލައެއް. އޭގެ ތަރުޖަމާއަކީ އެއްވެސް ހާލެއްގައި ދިވެހި ބަހުގައި ބުނާ “ނަރަކަ” އެއް ނޫން. އިގިވަޑައި ނުގަންނަވަންޏާ އުގެނިވަޑައިގަންނަވަންވީ ނޫންތޯ؟ މިއޮތީ ކެމްބްރިޖް އިންގްލިޝް ޑިކްޝަނަރީގައި އެ ލަފްޒުގެ މާނަ:http://dictionary.cambridge.org/dictionary/british/go-to-hell-and-back
“go to hell and back”
Meaning. ” to live through an extremely unpleasant, difficult or painful experience”
OLHUVAANULAATHI..!!! >.<
އެހެންވެެ ދޯ ދިވެހިން ލިޔުން އިރުވެސް “ނަރަކަ” މި ބަސް ކޮމާކޯޅި ތެރޭގައި އެ އިނީ
މިތާ ނަޝީދުގެ ދިފާޢުގަ ކޮމެންޓު ކުރައްވާ ބޭފުޅުން އެ ޖުމުލަ އެއްކޮށް ވިދާޅު ނުވަނީބާ..؟ އިނގިރޭސި ބަހުގަ އެއް ބަހަކުން ތަފާތު މާނަ ނެގޭ އިރު މިތާ ހެލް ބޭނުން ކޮށްފަ އެ އިނީ ކޮން މާނައެއްގަ ކަން މިހާރު ނާސަރީގަ އުޅޭ ކުއްޖާޔައްވެސް އިނގޭނެ..”އައި ވިލް ގޯ ޓު ހެލް” އޭ ބުނީމަ މިތާ މި ބުނަނީ ތަނެއްގެ ވާހަކަ ކަން ހަމަ ވަރަށް ސާފު. ދެން އެހެން ނޫނީ ބުނެވޭނީ ނަޝީދަށް ނޭގެނީއޭ ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކަން..
go to hell and back – Definition-to live through an extremely unpleasant, difficult or painful experience.
އަންނިގެ ދިފާއުގަ ކޮމެންޓް ކޮށްފަ ތިބި ހުރިހާ މީހުން ގޮވައިގެން ތި ދާތަނަކަށް އަންނި ދާތި!މިހާރު ތިބައިގަޑާހެދި ބޮޑު މުސީބާތަކަށް ވެއްޖެ.ރީނދޫ ޕާޓީ ޤައުމުގެ ހަލާކު.
ތިދާ ނަރަކަޔަކަށް ކަލޭގެ ފަހަތުން އުޅޭ މީހުންކޮޅުވެސް ގޮވައިގެން ދޭ. ކިހާ ދެރަކަމެއް މީ
އެހެންވީމަ އައިށާ ތިއަހަނީ ވަރަށް ވިސްނޭ މީހެއްގެ ބަސް
އައްނި ބުނީމާ އޭތި ބަދަލުވެދާނެ ދޫންނަކައްވެސް ވަރަށް ހެއްވާ ބައެއް އައްނިގެ ފަހަތުގައި އުޅެނީ އޭނަ ބުނާ ކޮންމެ އެއްޗަކަށް ބޯލަބައިގެން އުޅޭ ބައިގަޑެއް
ބަލަގަ “ނަރަކަ”އަކީ ވަރަށް އެއްމެ ބޮޑަށް ވޭނާ ކެކުޅުން ހުރިތަންކަން އެހެން ބުނި މީހާކު ނުދަންނަނީތަ؟ މީ މާމޮޅަށް އިގެރޭސި ބަސް އެގޭ ބަޔަކޯ! އަޅެ މީހަކު ހައިރާނެއް ނުވާނެތަ؟ އެއްމެ ބޮޑު ބާޢީ 7ފެބްރުއަރީ 2012ގައި ރާއްޖޭގެ ވެރިކަމުން ފާބައިފި.
ދެން ކޮބައިބާ؟ އިގެރޭސި ބަހުން ހަމައެކަނި ނަރަކަ މިހެން ބުނެވޭ ބަހެއް؟