ސުވާލު:
ފަރުޟު ނަމާދުގެ ސަޖިދައިގައި ގުރުޢާނުން ވާރިދު ވެފައި ހުރި ދުޢާތައް ކުރެވިދާނެތޯ؟ މިހެން މިދެންނެވީ ސަޖިދައިގައި ޤުރުޢާން ކިޔެވުން ވަނީ މަނާ ކުރައްވާފަވާކަމަށް އަޅުގަނޑު އަޑުއަހާފަ ވާތީ ...
ސަޖިދާގައި ކިޔާ ދުޢާ
"سُبْحَانَ رَبِّيَ الأَعْلَى" (ތިން ފަހަރު).
މާނަ: މިއަޅާހައްދަވައި ބޮޑުކުރައްވާ ގެންގުޅުއްވާ މަތިވެރިވަންތަ ﷲގެ ހުސްޠޯހިރު ވަންތަ ކަމާއެވެ.
"سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اَللَّهُمَّ اغْفِرْ لِيْ "
މާނަ: މިއަޅާގެވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އަށް ޙަމްދު ހުއްޓެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވާ ދެއްވާފާނދޭވެ.
"سُبُّوْحٌ, قُدُّوْسٌ, رَبُّ الْمَلاَئِكَةِ وَالرُّوْحِ"
މާނަ: މިއަޅާގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. އެއިލާހީ އެންމެހައި ޢައިބު ތަކާއި އުނި ޞިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އެކަލާނގެއީ މަލާއިކަތް ބޭކަލުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ހެއްދެވި އިލާހެވެ.
اَللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ, وَلَكَ أَسْلَمْتُ، سَجَدَ وَجْهِيَ لِلّذِيْ خَلَقَهُ, وَصَوَّرَهُ, وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أَحْسَنُ الْخَالِقِيْنَ .
މާނަ: އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އިބަ އިލާހަށް ސަޖިދަ ކޮށްފީމެވެ. އަދި މިއަޅާ އިބަ އިލާހަށް އީމާންވެއްޖައީމުއެވެ. އަދި މިއަޅާ އިބަ އިލާހަށް ކިޔަމަން ގަންފީމެވެ. މިއަޅާގެ މޫނު، ހައްދަވައި އަދި އޭގައި ކަންފަތާއި، ލޮލާއި އެކަލާނގެ ކުޅަދުންވަންތަކަމާއި ބާރު ލެއްވި ފަރާތަށްޓަކައި ސަޖިދަ ކޮށްފިއެވެ. ފަހެ ޚަލްގު ކުރެއްވުމުގައި އެއްމެ ފުރިހަމަ ރަސްކަލާނގެ ﷲ މާތްވެގެންވެއެވެ.
"سُبْحَانَ ذِي الْجَبَرُوْتِ وَالْمَلَكُوْتِ ، وَاْلكِبْرِيَاءِ وَالْعَظَمَةِ"
މާނަ: ގަދަފަދަކަމާއި، ވެރިކަމާއި، ބޮޑުކަމާއި، މަތިވެރިކަމުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ!
"اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ ، دِقَّهُ وَجِلَّهُ ،وَأَوَّلَهُ وَآخِرَهُ، وَعَلاَنِيَتَهُ وَسِرَّهُ "
މާނަ: އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ހުރިހާ ފާފަ އެއް ފުއްސަވާ ދެއްވާންދޭވެ. ފޮރުވިފައިވާ ފާފަ ތަކާއި ފައުޅު ވެފައިވާ ފާފަ ތަކެވެ. ކުރިންނާއި ފަހުން ކުރެވިފައިވާ ފާފަ ތަކެވެ. ސިއްރާއި ފައުޅުގައި ކުރެވިފައިވާ ފާފަ ތަކެވެ.
"اَللَّهُمَّ إِنِّي أَعُوْذُ بِرِضَاكَ مِنْ سَخَطِكَ, وَبِمُعَافَاتِكَ مِنْ عُقُوْبَتِكَ، وَأَعُوْذُ بِكَ مِنْكَ لاَ أُحْصِيْ ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ"
އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! ހަމަކަށަވަރުން މިއަޅާ އިބަ ﷲގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަ ﷲގެ ޢަފޫކުރެއްވުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަ ﷲގެ ޙަޟަރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲގެ ހަޟްރަތަށް ދަންނަވަމެވެ. އިބަ ﷲ އަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދު ނުކުރެވޭހާ ގިނައެވެ. އިބަ ﷲއީ އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ ފަރާތެވެ.

















ޖަވަބުގައި ނުކިޔެވޭނެ ވާހަކަ ނެތީމަ އެހެން ދުއާތައް ވެސް ކިއިދާނެތޯ؟