ލޮނުޒިޔާރަތް ކޮޅުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ރޫޅާލި މައްސަލަ ކޮޓަށް ވައްދައިފިއެވެ.
އިއްޔެ ހަވީރު ސަލާމަތީ ބާރުތަކުން ލޮނުޒިޔާރަތްކޮޅަށް އަރާ އެސަރަހައްދު ބަލާ ފާސްކުރުމަށްފަހު އެތާ ހުރި ޖަގަހަތައް ރޫޅާލާފައިވާ މައްސަލާގައި އެމްޑިޕީއިން ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ރޭ 8 ޖަހާއިރުގައިކަމަށް ޚަބަރު ލިބެއެވެ. ދިއިސްލާމް އަށް ކަބަރު ލިބިފައިވާ ގޮތުގައި އެމްޑިޕީއިން މިމައްސަލަ ހުށައަޅާފައިވަނީ ސިވިލް ކޯޓަށެވެ. ލޮނުޒިޔާރަތްކޮޅަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާތަނެއް ނޫންކަމަށް ބަންޑާރަ ނައިބް ވިދާޅުވެފައިވާއިރު އެމްޑިޕީއިން ބުނަނީ އެތަން އެމްޑިޕީއަށް ދީފައިވަނި ސިޓީ ކައުންސިލުން ޤާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
އެމްޑީޕީއިން މިމައްސަލާގައި ބުނެފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެމްޑީޕީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. އަދި ސިފައިންނާއި ފުލުހުން ގެންގޮސްފައިވާ މުދާ އެ ޕާޓީ އާއި ހަވާލުކޮށްދެއްވުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވާނެ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރާޅުގަނޑު ސަރަހައްދު އެމްޑީޕީއަށް ދީފައި ވަނިކޮށް ޕާޓީގެ އެންގުމަކާއި ނުލައި ސަލާމަތީ ބާރުތަކުން އެތަނަށް ވަދެ އެތާގައި ހުރި ޕާޓީގެ މުދާ ނުގެންދެވޭނެ ކަމަށެވެ
އެމްޑީޕީގެ ޖަގަހަތައް ނެގި މައްސަލަ ކޯޓަށް ވައްދާފައިވާއިރު މީގެ ކުރިން އެކި ޖަލްސާތަކުގައި ކޯޓުތައް ޤަބޫލު ނުކުރާކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

















advertisment
ކޯޓުތައް ޤަބޫލް ނުކުރާ މީހުން ދޯއެއީ… ކިހިނެއް މިވީ!!!
ފުރަތަމަ ތިތަން މޑޕ ން ފޭރިގަތީވެސް ޤާނޫނާ ޙިލާފަށް!! ތިޔައީ އެމް.އެން.ޑީ.އެފް އަށް ދޫކޮށްފައިވާ ތަނެއް!! ތިތާގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތަށް ފާޙިޝް ޢަމަލުތަކެއް ހިންގާ!! 01 މާރޗްގައިވެސް ތިތަނުން ނިކުމެ ޓެރަރިޒމްގެ ޢަމަލުތައް ހިންގި ބަޔަކު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ!! ބިޔަރުދަޅުތަކާއި ކޮންޑަމު އެއީ ތިބަމެންގެ ހަރުމުދާތަ!! އޭތިކޮޅު ގެއްލުނީމާ ހިތައްކެތްނުކުރެވެނީކަމަށްވާނީ!! މިވަރުގެ ގޮތްކުޑަބައެއް މިބިންމަތިން ނުދެކެން!!