ރާއްޖޭގެ ޚަބަރު ލޮނުޒިޔާރަތް ކޮޅުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ރޫޅާލި މައްސަލަ ކޮޓަށް

ލޮނުޒިޔާރަތް ކޮޅުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ރޫޅާލި މައްސަލަ ކޮޓަށް

ލޮނުޒިޔާރަތް ކޮޅުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ރޫޅާލި މައްސަލަ ކޮޓަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އެމްޑީޕީ ޖަގަހަތައް ރުޅާލަނީ. ދިއިސްލާމް ފޮޓޯ: އަޝްވާގު

ލޮނުޒިޔާރަތް ކޮޅުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ރޫޅާލި މައްސަލަ ކޮޓަށް ވައްދައިފިއެވެ.

އިއްޔެ ހަވީރު ސަލާމަތީ ބާރުތަކުން ލޮނުޒިޔާރަތްކޮޅަށް އަރާ އެސަރަހައްދު ބަލާ ފާސްކުރުމަށްފަހު އެތާ ހުރި ޖަގަހަތައް ރޫޅާލާފައިވާ މައްސަލާގައި އެމްޑިޕީއިން ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ރޭ 8 ޖަހާއިރުގައިކަމަށް ޚަބަރު ލިބެއެވެ. ދިއިސްލާމް އަށް ކަބަރު ލިބިފައިވާ ގޮތުގައި އެމްޑިޕީއިން މިމައްސަލަ ހުށައަޅާފައިވަނީ ސިވިލް ކޯޓަށެވެ. ލޮނުޒިޔާރަތްކޮޅަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާތަނެއް ނޫންކަމަށް ބަންޑާރަ ނައިބް ވިދާޅުވެފައިވާއިރު އެމްޑިޕީއިން ބުނަނީ އެތަން އެމްޑިޕީއަށް ދީފައިވަނި ސިޓީ ކައުންސިލުން ޤާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.

އެމްޑީޕީއިން މިމައްސަލާގައި ބުނެފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެމްޑީޕީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. އަދި ސިފައިންނާއި ފުލުހުން ގެންގޮސްފައިވާ މުދާ އެ ޕާޓީ އާއި ހަވާލުކޮށްދެއްވުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވާނެ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރާޅުގަނޑު ސަރަހައްދު އެމްޑީޕީއަށް ދީފައި ވަނިކޮށް ޕާޓީގެ އެންގުމަކާއި ނުލައި ސަލާމަތީ ބާރުތަކުން އެތަނަށް ވަދެ އެތާގައި ހުރި ޕާޓީގެ މުދާ ނުގެންދެވޭނެ ކަމަށެވެ

އެމްޑީޕީގެ ޖަގަހަތައް ނެގި މައްސަލަ ކޯޓަށް ވައްދާފައިވާއިރު މީގެ ކުރިން  އެކި ޖަލްސާތަކުގައި ކޯޓުތައް ޤަބޫލު ނުކުރާކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.