ސުވާލު :
މުސްލިމުންނާއި ހަނގުރާމަކޮށް، ބިން ތަކަށް ވެރިވެގަނެ، ލޫޓޫވާ، މަރާ، އިއްފަތް ފޭރޭ ކާފަރުންނާއި ދެކޮޅަށް ހަމައެކަނި ދުއާ ކޮށްލުމުން އަހަރުމެންގެ ބޮލުގައި އެޅިފަ އޮތް ޖިހާދު ގެ ފަރުޟު ކެނޑޭނެތޯ؟ އަދި މި ހިނގާ ޖަރީމާ ތާކާ ދެކޮޅަށް އެމީހުންނާއި ހަނގުރާމަ ކުރުމަށް ނުގޮވާލަނީ ކީއްވެތޯ؟ ހަނގުރާމަކޮށް މުސްލިމުން ދިފާއު ކުރުމުގެ ޒިންމާ އަޅުގަނޑުމެންގެ ބޮލުގައި ނޭޅެނީތޯ؟ އެހެން ގައުމުތަކެއްގެ ބަޔަކަށް ވުމުން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށް ހަމަ ބަލަން ތިބެންވީތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މުސްލިމުންނަށް ލިބެމުންދާ އަނިޔާ އާއި ނިކަމެތިކަމުން ސަލާމަތްވޭތޯ ދުޢާ އެކަނި ކޮށްގެން ނުފުދޭނެއެވެ. އަދި ކިއެއް، އެކަމަށްޓަކައި ޢަމަލީ ގޮތުން މަސައްކަތް ކޮށް ޖިހާދު ކުރުމަކީ މިއުންމަތުގެ ކޮންމެ ފަރުދެއްގެ ވާޖިބެކެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް ކުޅަދާނަ މިންވަރުން އެކަލާނގެ ދީނަށްޓަކައި އަދި މުސްލިމުންގެ ލާބައަށްޓަކައި މަސައްކަތް ކުރުމަށް ގޮވާލަމެވެ. ދުނިޔޭގެ ކޮންމެ ތާކު މުސްލިމަކު ހުރިނަމަވެސް އެއީ އަހަރުމެންގެ އަޚެކެވެ. އެމީހަކަށް ކަމެއް ޖެހޭ ހިނދު ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަ ވަރަކުން އެހީވުމަކީ އަޅުގަނޑުމެންގެ ދީނީ ވާޖިބެކެވެ. މިއުންމަތުގެ ހާލަތާއިމެދުގައި ވިސްނައި އެކަމާއި އަޅާނުލާ މީހަކީ އަހަރުމެންގެ ތެރެއިން ވާމީހެއް ނޫނެވެ.
وبالله التوفيق، وصلى الله على محمد وآله وصحبه وسلم

















އަޅުގަނޑު އެދެނީ އިސްލާމް ދީނަށްޓަކައި ޖިހާދުކޮށް ޝަހީދު ވާން.. ސީރިއާގެ އަހުންނާއި އުހުތުންނަށް އެހީވާން ކެއްމަދު ވެފަ މިހުންނަނީ.. އެތަނަށް ދެވޭނެ ގޮތެއް ނެތްބާ..؟؟
جزاك الله خير
އެހެންވީމަ ރާއްޖޭގެ މުސްލިމުންނަށްވެސް އެގައުމުތަކަށް ގޮސް ޖިހާދުކުރުން ވާޖިބު ވީ ދެއްތޯ!!!! އެހެން ނޫނީ އެކަމަށް އަޅާނުލީކަމުގަތޯވާނީ؟؟؟