- ސުވާލު: ގެއްލިފާ ވާ ރޯދާގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއް ތޯ އެވެ؟ ކުރީގައި އަޅުގަޑަކީ މަސްތުވާތަކެތި ބޭނުން ކުރި މީހެކެވެ. އޭރު ދޫކުރެވިފައިވާ ރޯދައިގެ އަދަދު ނޭގޭތީ އެވެ.
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ގެއްލިފައިވާ ރޯދަ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަދާ ކުރަން ޖެހޭ ދަރަންޏެކެވެ. އެހެންކަމުން، އެދަރަނި އަދާ ކުރެވުނު ކަމާއި މެދުގައި ޝައްކުވާނަމަ ޝައްކު ފިލުވާލުމަކީ އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ.
މީގެ އިތުރުން ﷲ ގެ މަގުގައި ރޯދަ އެއް ހިފާ ކޮންމެ ދުވަހަކު ރޯދަވެރިޔާގެ މޫނު ހަތްދިހަ ހާސް ޚަރީފްގެ ރާސްތާ އަށް ނަރަކައިން ދުރުކުރައްވާނެ ކަމުގައި ޞައްޙަ ޙަދީޘްގައި އައިސްފައިވެއެވެ. ވީމާ، ރޯދަ ހިފުމަކީ ބުރަ ކަމެއް ކަމުގައި ނުހައްދަވާށެވެ. والله أعلم

















ޚިޔާލު