ދީންސުވާލާއި ޖަވާބު

ފާޙިޝް މަންޒަރުތައް ބެލުން ހުއްޓާލާނީ ކިހިނެއްތޯ ؟

ސ : ފާޙިޝް މަންޒަރުތައް ބެލުން ހުއްޓާލާނީ ކިހިނެއްތޯ ؟

ޖ : ފާޙިޝް މަންޒަރުތައް ބެލުން ހުއްޓާލެވޭނީ އެބައެއްގެ އަޤީދާ ހަރުދަނާކުރެވިގެންނެވެ. އެކަމަށް މަގުފަހިވާ ވަޞީލަތެއް ހުރިނަމަ، އެވަޞީލަތަކާއި ގާތްނުވާށެވެ. މިސާލަކަށް، ފާޙިޝް މަންޒަރުތައް އޭނަ ބަލަނީ ގޭގައި ހުންނަ ޓީވީ އިން ކަމުގައި ވާނަމަ، ނުވަތަ ވަކި ޗެނަލަކުން ކަމުގައި ވާނަމަ، އެންމެ ފުރަތަމަ ކަމަކީ އެޗެނަލެއް ކަނޑާލުމެވެ. އެވަޞީލަތް ގޭގައި ބަހައްޓައިގެން، އެފަދަ މަންޒަރުތައް ފެންނަ ކަމުގައިވާނަމަ ޝައިޠާނާ ދޭތެރެ ދޭތެރެ އިން އޭނަ އެކަނިވާ ވަގުތު ނަމަވެސް، ކޮންމެވެސް ގޮތަކުން އޭގެ ތެރެއަށް ވައްދާނެއެވެ. ނޫނީ އެކަން ކަން އޭނާ ކުރަނީ އިންޓަނެޓުން ކަމުގައިވާނަމަ، އިންޓަނެޓް ވެސް އެންމެންނަށް ފެންނަ ހިސާބުގައި ކޮމްޕިއުޓަރ ބެހެއްޓުމުން އެކަން މަނާވާ ސަބަބަކަށް ވާނެއެވެ. ނޫނީ އިންޓަނެޓް ކަނޑާލާށެވެ. ހަމަޤައިމުވެސް، އިންޓަނެޓް ނެތަސް މީހަކު މަރެއް ނުވާނެއެވެ.

އެހެންވީމާ، އެންމެ ފުރަތަމަ ކަމަކީ އޭނާ ﷲ އަށް ބިރުވެތިވުމެވެ. އެއަށްފަހުގައި އޭނަ އަށް އެކަމަށް އަރައިގަނެވޭ ސަބަބުތަކުން ދުރުހެލިވުމެވެ. އޭގެ ބަދަލުގައި ޝަރުޢީގޮތުން ރައްކާތެރިވެވޭ ސަބަބުތަކުގައި ހިފުމެވެ. މިސާލަކަށް، ރޯދަ ހިފުމާއި، ޝަރުޢީ ކައިވެނި ކުރުމެވެ. އަދި ލޯތިރިކޮށްގެން ހިނގުމެވެ. މިކަމުގައި ރައްކާތެރި ފިޔަވަޅަކީ މިއީއެވެ.

ޖަވާބު ދެއްވީ : ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް

________________________________________________

ނޯޓް : މިއީ ޖަމްޢިއްޔަތުއްސަލަފާއި ސަން އެފް.އެމް ގުޅިގެން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 22:00 ން 23:00 ށް ގެނެސްދޭ ދީނީ ޕްރޮގްރާމް "ސުވާލަކީ ކޮބާ" ގެ 5 އޭޕްރީލް 2011 ވަނަ ދުވަހުގެ ރޭ ފޮނުވި ޕްރޮގްރާމްގައި އެހުންތެރިއަކު ކޮށްފައިވާ ސުވާލަކަށް ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ދެއްވާފައިވާ ޖަވާބެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން