މިސްކިތުގެ މާތްކަން
ހަމަކަށަވަރުން، އަޅުކަންކުރާ ތަންތަނަކީ މީސްތަކުންނަށް ހުންނަ އަމާންކަމުގެ ނިޝާނެކެވެ. ޖިހާދުގެ ނަތީޖާއެއްގެ ގޮތުން މިސްކިތްތަކުގެ މާތްކަން ދަމަހައްޓައި އަޅުކަންކުރުމަށްޓަކައި އެތަންތަން ހުޅުވިފައި ހުރެއެވެ. އެހެންކަމުން މާތް ﷲ سورة حج ގައި ވަހީކުރައްވަނީ މިފަދައިންނެވެ.
أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ [٢٢:٣٩]
މާނައީ: "ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ".
الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ [٢٢:٤٠]
މާނައީ: "އެއުރެންނީ، ތިމަންމެންގެ ވެރި ރައްބަކީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެއިލާހު نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ފަރާތްކަން ކަށަވަރެވެ".
އެހެންކަމުން، ތައުޙީދުގެ ކަލިމަ ދުނިޔެމަތީގައި މަތިވެރިކުރުމަށްޓަކައި ޖިހާދުގެ ދިދަ އުފުލުމަކީ މުސްލިމުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އަނިޔާވެރިކަމާއި ބޭއިންސާފު ނެތިކޮށްލުމަށްޓަކައެވެ. އަދި މުސްލިމުން ދިފާޢުކޮށް ހިމާޔަތްކުރުމަށްޓަކައި ވެސްމެއެވެ. މުސްލިމުން ކަނޑިއުފުލައި ނުލައިފިނަމަ ދުނިޔޭގެ އަނިޔާވެރި ޚުދުމުޚުތާރުވެރިން، ނިކަމެތި ބަލިކަށި މީހުންގެ މައްޗަށް އަތްގަދަކޮށް ބާރުފޯރުވާނެއެވެ. މިސްކިތްތަކާއި ނަޞާރާއިންގެ ފައްޅިތަކާއި ރާހިބުން އަޅުކަންކުރަންތިބޭ ތަންތަނާއި ޔަހޫދީންގެ ފައްޅިތަކާއި އަޅުކަންކުރުމަށް ބޭނުންކުރެވޭ އެންމެހައި ތަންތަން ހަލާކުކޮށް ނެތިކޮށްލާނެއެވެ. އިހުގެ ރުސީ ސަރުކާރުން (ސޯވިއެޓް ޔޫނިއަން) ދީންތައް މުގުރާލައި އަޅުކަންކުރާ ގެތަށް ފަޅުކޮށްލި ކޮއްލުމަކީ އަދުގެ ދުނިޔެއަށް އޮތް ޢިބްރަތްތެރި ފިލާވަޅެކެވެ.
ﷲގެ ގެކޮޅުތައް އާބާދުކުރާނެ މީހުންގައި އަންނަނިވި ސިފަތައް އެކުލެވެއެވެ.
۞ اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ [٢٤:٣٥]
މާނައީ: "اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެއިލާހުގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ".
فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ [٢٤:٣٦]
މާނައީ: "އެތަންތާނގައި، އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، اللَّه إذن ދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް تسبيح ކިޔައި އުޅެތެވެ".
رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ [٢٤:٣٧]
މާނައީ: "އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيح ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް اللَّه ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائم ކުޅައުމުންނާއި، زكاة ދިނުމުން، އެއުރެން مشغول ކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެން ބިރުވެތިވެތެވެ".
لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُم مِّن فَضْلِهِ ۗ وَاللَّهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ [٢٤:٣٨]
މާނައީ: "އެއުރެން عمل ކުޅަ އެންމެހެޔޮގޮތަށް، اللَّه އެއުރެންނަށް ހެޔޮ ޖަޒާ ދެއްވުމަށްޓަކައެވެ. އަދި އެއިލާހުގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. اللَّه، އެއިލާހު އިރާދަކުރައްވާ މީހަކަށް، ވަކި މިންވަރެއްނެތި رزق ދެއްވަތެވެ".
ހަމަޔަޤީނުންވެސް، ކާފިރުން އުޅެމުންދަނީ ކަނުއަދިރި ޙަޔާތެކެވެ. ނަމަވެސް، އެއިން މީހަކު މާތް ﷲ އަށް އީމާންވެއްޖެނަމަ، އޭނާއަށް މުޅި ކައުނު ނޫރުން ފުރިފައިވާ ކަމުގެ އިޙުސާސް ކުރެވެއެވެ. އެހެންކަމުން، އީމާންކަމުގެ މި ސާފު ނޫރަކީ سورة نورގެ އިސްވެދިޔަ އާޔަތުގެ މަޢުޟޫވެސްމެއެވެ. މި އާޔަތުގައި ބަޔާންވެގެންވާ އާނގައަކީ، މާތްﷲ އަށް އީމާންވެފައިވާ މީހެއްގެ ހިތެވެ. މިފަދަ އާނގަކީ ކޮންމެ ކޮންމެތާކުން ފެންނާނެ އެއްޗެއްނޫނެވެ. އެހެންކަމުން، ﷲ ތަޢާލާ ހަނދުމަކުރުމަށްޓަކައި ބިނާ ކުރެވިފައިވާ ގެތަކުން ފިޔަވައި މިދެންނެވިފަދަ އާނގެއް ނުފެންނާނެއެވެ. މިފަދަ ގެތައް ނުވަތަ މިސްކިތްތަކަށްވަދެ އުޅެނީ އާދައިގެމީހުންނެއްނޫނެވެ. ނަމަވެސް މަތިވެރި ޚުލްޤުގެވެރި ޚާއްޞަ މީހުންނެވެ. އެހެންކަމުން މާތް ﷲ އެބައިމީހުން ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.
1. އެމީހުންނީ މިސްކިތްތަކުގައި ހެނދުނާއި ހަވީރު ﷲތަޢާލާގެ ނަންފުޅު މަތިވެރިކުރާ މީހުންނެވެ.
2. އެމީހުންގެ ވިޔަފާރީގެ މުޢާމަލާތްތަކާއި ދުނިޔޭގައި ލިބޭ ފައިދާތަކުގެ ސަބަބުން ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމުގެ މަތިން އެމީހުން ހަނދުމަ ނުނެތެއެވެ.
3. އެމީހުންނީ އަބަދުވެސް އާޚިރަތް ދުވަހަށް ބިރުވެރިވާ ބައެކެވެ. އެދުވަހަކީ ހުރިހާ ފުރާނައެއް އަލުން ދިރުއްވަވައި ﷲ ތަޢާލާގެ ކުރިފުޅުމަތީގައި އޭނާ ދުނިޔެމަތީގައި ކޮށްފައިވާ ކޮންމެ ޢަމަލަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެވެ.
ނަމާދު: ﷲގެ ކޮންމެ ނަބިއްޔަކަށް އެނގިފައިވާ މަސްއޫލިއްޔަތެއް
ابرهيم عليه اسلام މައްކާގައިވާ ކަޢުބާގެ ފާރުތައް ބިނާ ކުރައްވަމުން ދުޢާ ކުރެއްވިއެވެ. އަދި މިދުޢާ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކޮށްދެއްވާފައިވެއެވެ. އެގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ.
رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ [١٤:٣٧]
މާނައީ: “އަޅަމެންގެ ވެރިރައްބެވެ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަ ﷲގެ ގެފުޅު ކައިރީގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރައްބެވެ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ”.
އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށާއި އެކަލޭގެފާނުގެ ބޭފުޅުންގެ މައްޗަށް ދުޢާފުޅު ކުރެއްވިއިރު ابرهيم عليه اسلام އެދިލެއްވީ ތަނަވަސްކަމާއި މަޝްހޫރުކަމަކަށްނޫނެވެ. މިއާއި ޚިލާފަށް އެކަލޭގެފާނުގެ އާދޭސްފުޅަކަށްވީ މިފަދައިންނެވެ.
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ [١٤:٤٠]
މާނައީ: “އަޅުގެ ވެރިރައްބެވެ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރައްބެވެ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!”
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ [١٤:٤١]
މާނައީ: “އަޅަމެންގެ ވެރިރައްބެވެ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!”
އަދި ހަމައެހެންމެ، މާތް ﷲ ގެ ނަބިއްޔާ އަދި އިބްރާހީމްގެ ފާނުގެ ދަރިކަލުން اسماعيل عليه السلام އަކީވެސް އެކަލޭގެފާނުގެ ޚުލްޤުފުޅުގެ ހެއޮފުޅުކަމާއި މެދު ކީރިތި قران ގައި ތަޢުރީފުގެ ބަސްފުޅުތައް ބާވައިލެއްވިފައިވާ ނަބިއްޔެކެވެ.
وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا [١٩:٥٤]
މާނައީ: “ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.
وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا [١٩:٥٥]
މާނައީ:”އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރައްބުގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ”.
މާތް ﷲ ގެ ނަބިއްޔާ ذكريا عليه اسلام އަކީ މުސްކުޅި ޢުމުރުފުޅަށް ވާޞިލްވީ އިރުވެސް ދަރިކަލަކު ލިބިވަޑައިގެންފައިވާ ބޭފުޅެއްނޫނެވެ. އަދި ފިރިހެން ބޭފުޅަކު ލިބިވަޑައިގަތުމުގެ ޝާއުޤުވެރިކަމުގައި އެކަލޭގެފާނު އަބަދުވެސް ހުންނެވިއެވެ.
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ [٣:٣٨]
މާނައީ: “އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރައްބުގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރައްބެވެ! އިބަ ﷲގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަ ﷲއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ފަރާތެވެ”.
އަދި އެކަލޭގެފާނު ﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި ހުންނެވި ހިނދު އުފާވެރި ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ [٣:٣٩]
މާނައީ: “ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ”.
عيسى عليه السلام އަށް ވަޙީބާވައިލެއްވުނުއިރު އެކަލޭގެފާނަކީ ވަރަށް ތުއްޕުޅު ބޭފުޅެކެވެ. އެހެންކަމުން، މާތް ﷲ، އެކަލޭގެ ފާނުގެ ވާހަކަ ކީރިތި ޤުރުއާނުގައި މިފަދައިން ބަޔާންކުރައްވާފައިވެއެވެ.
قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا [١٩:٣٠]
މާނައީ: “އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެއިލާހު މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ”.
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا [١٩:٣١]
މާނައީ: “އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެއިލާހު މިއަޅާޔަށް وصية ކުރެއްވިއެވެ”.
އެހެންކަމުން ނަމާދަކީ ﷲގެ ރަސޫލާ މުޙަންމަދު صلﷲعليه وسلم، އަލަށް ތަޢާރަފްކުރެއްވި ޢަމަލެއްނޫނެވެ. ނަމާދަކީ ﷲއާއި އަޅާއާއި ދެމެދު ކުރެވޭ ޚާއްސަ މުޢާމަލާތެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ އިންސާނާ އާދަމްގެ ފާނު ބިންމަތީގައި ލެއްވުނު އިރުން ފެށިގެން މި ނަމާދުގެ ޢުމުރު ކުރިޔަށްދެއެވެ.
(ނުނިމޭ)
ތަރުޖަމާ: އަލްއުޚުތު އުއްމު ފާޠިމާ
އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން

















ޚިޔާލު