ރާއްޖޭގެ ޚަބަރު

ރާއްޖެ އިސްލާމްވި ހާދިސާއާ ބެހޭ ކުޑަކުދީންގެ ވާހަކައެއް ޔޫއޭއީގައި ޝާއިޢުކޮށްފި

ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް ޔޫއޭއީގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފިއެވެ. "މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެފައިވާ މި ވާހަކަ ނެރެފައިވަނީ ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުންނެވެ.

މި މަހުގެ 22 އިން 26 އަށް ޝާރުޖާގައި ބޭއްވުނު "ޝާރުޖާ ނެރޭޓަރސް ފޯރަމް 2025" ގައި ނެރުނު މި ވާހަކައިގެ މުސައްނިފަކީ ނޫރާ ޚައްޔާލެވެ. ޔޫއޭއީގެ މި ޒުވާން ލިޔުންތެރިޔާގެ އުފަން ދުވަހާއި ދިވެހިރާއްޖެ އިސްލާމްވި ދުވަސް ދިމާވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

މި ވާހަކައިގެ ކޮޕީއެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ވެދުން ކުރުމުގެ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ނޫރާ ވިދާޅުވި ގޮތުގައި، "މި ފޮތް ނެރެ ދިވެހިރާއްޖޭގެ ވަޒީރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށް ޓަކައި ވަރަށް އުފާކުރަން".

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ނޫރާއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާ ބެހޭ މިފަދަ މުހިންމު ވާހަކައެއް ލިޔުއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުކޮށްދޭ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް އަރުވާފައިވެއެވެ.

ޝާރުޖާގައި އުފަންވި މި ލިޔުންތެރިޔާގެ ވާހަކައިގެ އިނގިރޭސި ތަރުޖަމާއެއް ވެސް މިހާރު ވަނީ ނެރެފައެވެ. މި ވާހަކައަކީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚު ކުޑަކުދީންނަށް ފަހުމްވާނެ ގޮތަށް ލިޔެފައިވާ މުހިންމު އަދަބީ މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *