އަރަބިދުނިޔެދުނިޔެ

ރެއިން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް އިޒްރޭލުގެ ޙަމަލާތަކުގައި 20 އަށްވުރެ ގިނަ މަރު

ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުގެ ސިފައިން ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމަޔަށް ދިން ޙަމަލާތަކުގައި ފަލަޞްތީނުގެ ޢާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި އިންސާނީ އެހީ ހޯދަން މަސައްކަތް ކުރަމުން ދިޔަ މީހުން ވެސް ހިމެނެއެވެ.

ޣައްޒާގެ ނުސެއިރާތު ރެފިއުޖީ ކޭމްޕްގައި އިޒްރޭލުން ވައިގެ މަގުން ދިން ޙަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު އާންމު ރައްޔިތުން މަރުވިއެވެ. މީގެ އިތުރުން ޣައްޒާ ސިޓީގެ ހުޅަނގު އަލް-ޝާޠީ ރެފިއުޖީ ކޭމްޕްގައި އަލް-ހަދީދީ އާއިލާގެ އެޕާޓްމަންޓަކަށް އަމާޒުކޮށް ދިން އިސްރާއީލީ ހަމަލާއެއްގައި އިތުރު ހަތަރު މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ގައްޒާ ސިޓީގެ އުތުރުގައިވާ ޝެއިޚް ރަދްވާން ސަރަހައްދުގެ އަލް-ނޫރު އަލް-މުހައްމަދީ މިސްކިތާ ކައިރީގައިވާ ޒަޤޫތު އާއިލާގެ ގެއަށް އިސްރާއީލުން ދިން އިތުރު ވައިގެ ޙަމަލާއެއްގައި ތިން އާންމު ރައްޔިތުން މަރުވެ އެހެން ބަޔަކު ޒަޚަމްވެފައިވެއެވެ.

ޚާން ޔޫނިސްގެ، ހުޅަނގު ކޭމްޕްގައިވާ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އާންމު ރައްޔިތަކާއި، އޭނާގެ އަނބިމީހާއާއި، ދަރިން މަރުވެފައިވާއިރު، ސިޓީގެ ހުޅަނގުގައިވާ ޑްރީމް ހޯލް ކައިރީގައިވާ ޓެންޓަކަށް ދިން ޙަމަލާއެއްގައު އަންހެން ކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވިއެވެ. މީގެ އިތުރުން ޚާން ޔޫނިސްއިން ގެދޮރު ގެއްލިފައިވާ މީހުނަނަށް ހިޔާ ދެމުންދާ ޓެންޓަކަށް ދިން ޙަމަލާއެއްގައި ދެ އަންހެނުން މަރުވެފައިވެއެވެ.

ހަމައެހެންމެ، ޣައްޒާގެ ދެއިރް އަލް-ބަލަހް ސިޓީގައި އިންސާނީ ހޯދަން މަސައްކަތް ކުރަމުން ދިޔަ ޢާންމު ރައްޔިތުންތަކަކަށް އިޒްރޭލުން އަމާޒުކޮށް ދިން ޙަމަލާއެއްގައި ފަސް މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވެއެވެ.

އިޒްރޭލުގެ ޢުދުވާނުތަކުގައި 2023 ގެ އޮކްޓޫބަރުއްސުރެ މަރުވެފައިވާ ފަލަޞްތީނު ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 61000 އަށްވުރެ ގިނަވެފައެވެ. ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އިޒްރޭލަށް ޕްރެޝަރުކުރަމުން ދިޔަ ނަމަވެސް އިޒްރޭލުން މިހާރު ތައްޔާރުވަމުން ދަނީ ޣައްޒާގެ ބިން އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *