ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ޙަމަލާތައް ހުއްޓާނުލާނެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ޓެލްއަވީވުގައި ދިން ބަޔާނެއްގައި ނަތަންޔާހޫ ބުނެފައިވަނީ ޣައްޒާގެ ވެރިކަމުން ޙަމާސް ދުރުކޮށް އެޖަމާޢަތް އެއްކޮށް ބަލިކޮށް އިނދަޖައްސައި ނުލެވެނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ. ޙަމާސްއިން އޮކްޓޫބަރު 7 ގައި ދިން ޙަމަލާތަކާ ގުޅިގެން އިޒްރޭލުން ހުއްޓުމެއްނެތި ޙަމަލާތައް ދެމުންގެންދާތާ ދެ އަހަރު ވާން ގާތް ވެފައިވާއިރު މިއިން އެއްވެސް މަޤުސަދެއް އިޒްރޭލަށް ޙާޞިލުވެފައެއް ނުވެއެވެ.
ނަތަންޔާހޫ އިތުރަށް ބުނެފައިވަނީ އިޒްރޭލުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެކަމަށާއި އިޒްރޭލުން ބޭނުންވާ ކޮންމެކަމެއް ބޭނުން ގޮތަކަށް ކުރާނެ ކަމަށެވެ.
އޭނާ ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި، ބޮން އަޅައިގެން މެރުމުގެ ޖަރީމާއާ ބެހޭ ގޮތުން ވާހަކަދައްކަން އިންކާރުކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުން ދިރިތިބެން ބޭނުން ނަމަ ޣައްޒާ ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރުމުގެ ފުރުޞަތު އޮތްކަމަށް އޭނާ ބުނެފައިވެއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމުގެ ތުހުމަތުގައި ނަތަންޔާހޫ ހައްޔަރުކުމުގެ އަމުރެއް ނެރެފައެވެ. މިއަމުރު ނެރުމާއެކު އެމެރިކާއިން ވަނީ އެކޯޓަށް ބިރުދައްކައި އެކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުތުމުގެ ފިޔަވަޅުތައް އަޅާފައެވެ.

















ޚިޔާލު