އަރަބިދުނިޔެ

ފޭސްބުކުގައި ތިންވަނަ އިންތިފާޟާއަށް ގޮވާލާ ޞަފްޙާ އެވިޔުގައިން އުނިކޮށްފި

ފަލަޞްޠީނުގެ މުޤާވަމާ ނުވަތަ އިސްރާއިލާ ދެކޮޅު ޙަރަކާތުން 3ވަނަ އިންތިފާޟާއަކަށް ނުކުތުމަށް ގޮވައިލާ، އިޖުތިމާޢި ވިއުގަ، ފޭސްބުކުގައި އުފެއްދި ޞޮފްޙާ، އެސައިޓުންވަނީ އުނިކޮށްފައެވެ. އަދި އުވާލާފައެވެ. މިޞަފްޙާގެ ނަމަކީ "ފަލަޞްތީނުގެ ތިންވަނަ އިންތިފާޟާ"އެވެ. މިޙަރަކާތުގައި ގޮވާލައިފައިވަނީ އަނިޔާވެރިކަމާއި ކަރަޕްޝަނާއި އިސްތިޢުމާރާ ދެކޮޅަށް ތެދުވުމަށެވެ. މިޞަފްޙާ އުނިކޮށްފައިވަނީ މިޞަފްޙާގެ މެންބަރުންގެ ޢަދަދު 340000 (ތިންލައްކަ ސާޅީސް ހާސް)އަށްވުރެ މައްޗަށް އަރައިފައިވަނިކޮށެވެ.

އިންތިފާޟާގެ މާނައަކީ ގުޑުވާލައި ލުހެލުމެވެ. މިޙަރަކާތުގެ މަޤްޞަދަކަށްވެފައިވަނީ ޞިހުޔޫނީ ވަކިތަކުން ފަލަޞްތީން މިނިވަންކޮށް އިސްތިޢުމާރު އޭގެ މުލުން ލުހެލައި ބޭރުކޮށްލުމެވެ. މިޞަފްޙާގައި ގޮވާފައިވަނީ 15މޭގައި އިންތިފާޟާއަކަށް ނުކުތުމަށެވެ. އަދި އެދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަޞްތީނުގެ ރެފިއުޖީން އެމީހުން ތިބި ޤައުމެއްގައި ހުންނަ އިސްރާއިލީ އެމްބަސީއެއްގެ ދޮށަށް އެއްވެ، އިސްތިޢުމާރާ ދެކޮޅަށް އަޑުއުފުލުމަށް މިޞަފްޙާގައިވަނީ ނިންމާފައެވެ. އަދި މޭ 15އަކީ 1948ގެ ބޮޑު ހިތާމައިގެ ހަނދާންތައް ފަލަޞްތީނުގެ ރައްޔިތުން އާކުރާދުވަހެކެވެ. އިސްރާއީލުގެ ދައުލަތް އުފެއްދުމުގެ ނިޔަތުގައި އެތައް ހާސް ފަލަޞްޠީނު ރައްޔިތުންތަކެއް އެމީހުންގެ ގެދޮރުން ބޭރުކޮށްލި ދުވަހުގެ ހަނދާނެވެ.

ފޭސްބުކުގެ ފަރާތުން މިޞަފްޙާ އުނިކޮށްފައިވަނީ، މިޞަފްޙާގައި ރުޅިއާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބެނެވި ޢިބާރާތްތަކެއް ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށެވެ. ފޭސްބުކުގެ ފަރާތުން ވާހަކަދައްކަވާ ބޭފުޅެއްކަމުގައިވާ އެންޑުރިވު ނޯއިސް ވިދާޅުވެފައިވަނީ ފޭސްބުކުއަކުން އެއްވެސް ޚިޔާލެއް އަދި ވިސްނުމެއްވެސް ނުހުއްޓުވާނެކަމަށެވެ. ދީންތަކާއި ދައުލަތްތަކާ ދެކޮޅަށް ދައްކާވާހަކަތައް އުނިކޮށް ނަހައްދަވާކަމަށެވެ. އެހެންނަމަވެސް ސީދާ ނަފްރަތާއި ހަމަނުޖެހުމަށް ގޮވާލުމުން އިންތިފާޟާގެ ޞަފްޙާ އުނިކުރެއްވީކަމަށެވެ.

އިސްރާއިލްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރު ލިބޭ ގޮތުގައި، ޞިހުޔޫނީ ދައުލަތުގެ ޚާރިޖީ ވަޒީރު، ޔޫލީ އެޑައިލްސްޓައިންވަނީ ނުރަސްމީ ސިޓީއެއް ފޭސްބުކުގެ މުއައްސިސު މާރކު ޒެކަރބާގުއަށް ފޮނުވާފައެވެ. މިސިޓީގައި ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި ރުޅިވެރިކަން ފެތުރުމާ ދެމެދުގައި ފަރަޤެއްވާނެކަމަށް ބުނެފައިވެއެވެ. އަދި ހަމައެފަދައިން މިޞަފްޙާ އުނިކުރުމަށް އެދިފައިވާކަމުގައިވެސް އިސްރާއިލްގެ މީޑިޔާތަކުން ޚަބަރު ފަތުރައެވެ.

އިންތިފާޟާގެ ނަމަކީ ޞިހުޔޫނީން ނިކަން ބިރުގަންނަ ނަމެކެވެ. ފާއިތުވި ތަނުގެ ފަލަޞްޠީނުގެ ޢާންމުންވަނީ ތިން ފަހަރެއްގެ މަތިން އިންތިފާޟާއެއް ބާއްވާފައެވެ. އެއީ 1987ގައި އެންމެ ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވުނު އިންތިފާޟާއެވެ. އެފަހަރުވެސް ޞިހުޔޫނީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދެވަނަ ފަހަރަށް 2000ވަނަ އަހަރު ފެށިގެން އައި އިންތިފާޟާއަކީ ފަލަޞްޠީން ޞިހުޔޫނީންގެ މައްސަލާގައި ހިގައިދިޔަ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ. އެފަހަރުވެސް އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބުރާސްފަތި ދުވަހުގައި އިންތިފާޟާއަށް ގޮވާލާ ޞަފްޙާގެ އެޑުމިނެސްޓުރޭޓަރު ލިޔުއްވާފައިވާ ޢިބާރާތްކޮޅުގައިވަނީ އަންނަނިވި ފަދައިންނެވެ.

If this page specifically, which is the largest Palestinian page on the social network, was closed, then all nations would see the hidden and real face of the Facebook administration

މާނައީ: ފަލަޞްޠީނަށް ނިސްބަތްވާ އެންމެ ބޮޑު ޞަފްޙާ ކަމުގައި ހިމެނޭ، މިޞަފްޙާ ވަކިން ބަންދުކޮށްފިނަމަ، ހުރިހާ ޤައުމުތަކަށް ފޭސްބުކު އިދާރާގެ ފޮރުވިފައިވާ ޙަޤީޤީ މޫނު ކަޝްފުވެ ފެންނާނެއެވެ.

އާދޭހެވެ. މީޑިޔާ ޞިހުޔޫނީންގެ އަތްދަށުގައި އޮތް މިންވަރާއި އެމީހުންގެ ބާރުވެރިކަން ފެނިއްޖެއެވެ. އަރައިގެން އަންނަ އިރު އޮއްބައިލައި ފޮރުވޭނެ ހެއްޔެވެ؟ ރޯވަމުން އަންނަ އަލިފާންގަނޑު ނިއްވާލާނެ ހިތްވަރެއް ޞިހުޔޫނީ ދައުލަތުގައާއި އެމީހުންގެ ވާގިވެރިންގެ

ކިބައިގައި އެބަހުރިހެއްޔެވެ؟ އަދި ތޫނިސްގެ އަހުލުވެރިންނާއި މިޞްރުގެ އަހުލުވެރިން ކިބައިން ހިތްވަރު ލިބިގެން ފަލަޞްޠީނުގައި ފެށޭ އިންތިފާޟާ ހަންމަތަކުރާނެ ގޮތެއް އިސްރާއީލަށް އެގޭ ހެއްޔެވެ؟ -- ފޮކްސްނިއުސް

މަސްދަރު : ތަރަހަ

ގުޅުންހުރި

1 ޚިޔާލު

  1. facebook hingany yahoodhe kuhjje :)zukubar aky yahoodhy eh

Your email address will not be published. Required fields are marked *