އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީން ވަނީ ބާރު އަޅުއްވާފައި ކަމަށް އައްޝައިޚް ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.
އައްޝައިޚް ސައުދާން މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަން އިން ކުރިއަށް ގެންދަވަމުންދާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ އަމިއްލަ ގޭގައި ހަދާ ތަކެތި އަވައްޓެރިންނަށް ދިނުމަކީވެސް ސަވާބު އިތުރުވާ ކަމެއްކަމަށެވެ.
ޝައިޚް ސައުދާންގެ ވާހަކަ ފުޅުގައި ވިދާޅުވީ "ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. އަވައްޓެރިންނަކީ ވާރުތަވެރިން ކަމަށް ހީފުޅުވާ ވަރަށް ޖިބްރީލްގެފާނު އެމީހުންނަށް ހެޔޮކޮށް ހިތްތެވުމަށް ތިމަން ކަލޭގެފާނަށް ވަސިއްޔަތް ކުރެއްވިއެވެ. އަދި ހަމަ އެހެންމެ އަވައްޓެރިންނަށް ދުއްތުރާ ކުރުމަކީ އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަމެކެވެ. ރަސޫލާ މުހައްމަދު ސައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. އެމީހެއްގެ އުނދަގުލުން އޭނާގެ އަވައްޓެރިޔާ ސަލާމަތް ނުވާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ."

















ޚިޔާލު