ދީނީ ލިޔުންދީން

ޤިޔާމަތްދުވަހު، މާތް ﷲ ބަސްވަޙީނުކުރައްވާނޭ 6 ބާވަތެއްގެ މީހުން

  1. މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހާ

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ يَنْظُرُ إِلَيْهِمْ وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ" (رواه مسلم)

މާނައީ: މާތް ﷲ ޤިޔާމަތް ދުވަހު ތިން މީހަކާ ބަސްވަޙީނުކުރައްވާނެއެވެ. އަދި ޠާހިރު ނުކުރައްވާނެއެވެ. އަދި ވޭންދެނިވި ޢަޛާބު އެއުރެންނަށް ހުއްޓެވެ. (އެ ތިން މީހުންނަކީ) މުސްކުޅި ޙާލުގައި ޒިނޭކުރާމީހާއާއި ދޮގުވެރި ވެރިޔާއާއި އަދި ފަޤީރު ޙާލުގައި ކިބުރުވެރިވެ ބޮޑާވާމީހާއެވެ.

 

  1. ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ

ޤިޔާމަތް ދުވަހު މާތް ﷲ ބަސްވަޙީނުކުރައްވާނޭ މީހުންގެ ތެރޭގައި ފަޤީރު ޙާލުގައި ބޮޑާވެގަންނަމީހާ ހިމެނެއެވެ. ދަލީލަކީ އިސްވެ ބަޔާންކުރެވުނު ޙަދީޘެވެ.

 

  1. ދޮގުހަދާ ރަސްކަލުން(ވެރިން)

ދޮދުހަދާ ރަސްކަލުން ހިމެނެނީ ޤިޔާމަތް ދުވަހު މާތް ﷲ ބަސްވަޙީނުކުރައްވާނޭ މީހުންގެ ތެރޭގައެވެ. ދަލީލަކީ އިސްވެ ބަޔާންކުރެވުނު ޙަދީޘެވެ.

 

  1. މީހުންނަށް އިޙުސާންތެރިވެފައި ކަލަގޮވާ މީހާ

މިއީވެސް ޤިޔާމަތް ދުވަހު މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަލީލު ފަހުން ބަޔާން ކުރާނަމެވެ.

 

  1. ދޮގުހުވާކޮށްގެން މުދާވިއްކާ މީހާ

ދޮގުހުވާކޮށްގެން މުދާވިއްކާ މީހާއަކީވެސް ޤިޔާމަތް ދުވަހު މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަލީލު އަންނަނިވި ނުކުތާގެދަށުން ބަޔާންކޮށްލާނަމެވެ.

 

  1. ތަނބިކަށިން ތިރިއަށް އިޒާރުގެ ފައިކުރި ތިރިކުރާ ފިރިހެނާ

‏ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. "‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ الْمَنَّانُ الَّذِي لاَ يُعْطِي شَيْئًا إِلاَّ مَنَّهُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْفَاجِرِ وَالْمُسْبِلُ إِزَارَهُ" (رواه مسلم)

މާނައީ: "ޤިޔާމަތް ދުވަހު މާތް ﷲ ތިން މީހަކަށް ބަސްވަޙީނުކުރައްވާނެއެވެ. (ފުރަތަމައީ) ކަލަގޮވާމީހާއެވެ. ކަލަނުގޮވައި އޭނާ މީހަކަށް އެއްޗެއް ނުދޭނެއެވެ. އަދި (ދެވަނައީ) ދޮގުހުވާކޮށްގެން މުދާވިއްކާމީހާއެވެ. އަދި (ތިންވަނައީ) ތަނބިކަށްޓަށްވުރެ ތިރިއަށް އިޒާރުގެ(ތިރިން ލާ/އަންނަ ފޭރާމުގެ) ފައިކުރި ބަހައްޓާ ފިރިހެނާއެވެ."

މާތް ﷲ އަޅަމެން، ޤިޔާމަތް ދުވަހު އެކަލާނގެ ބަސް ވަޙީނުކުރައްވާ މީހުންގެ ތެރެއިން ނުލައްވާށިއެވެ! އާމީން!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *