ﷲ سبحانه وتعالى އިންސާނާގެ ގާތަށް މަރު އަންނަ ހިނދު ވާނެގޮތް ޞިފަކުރައްވާ ވަޙީކުރައްވާފަވެއެވެ.
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
" އިންސާނާގެ ގާތަށް މަރު އަންނަ ހިނދު އޭނާ ބުނާނެއެވެ. ތިމަންނާގެ ވެރިރައްބޭ ތިމަންނާ އެނބުރި ދުނިޔެއަށް އަދި ފޮނުވާށެވެ."
لَعَلِّىٓ أَعْمَلُ صَـٰلِحًۭا فِيمَا تَرَكْتُ
"އެހެނީ ތިމަންނާ ދުނިޔޭގައި ނުކޮށް ދޫކޮށްލި ހެޔޮ ޢަމަލުތައް ކުރުމަށްޓަކައެވެ."
އެހެނަސް އޭނާއަށް ބުނެވޭނެއެވެ. كَلَّآ "ހަމަހިލާ އެހެނަކުން ނުވާނެއެވެ."
إِنَّهَا كَلِمَةٌ هُوَ قَآئِلُهَا
"އެއީ ހަމައެކަނި އޭނާ ބުނެލާ ބަސްތަކެކެވެ."
އޭނާ އެ ބަސްތަކުގައި ތެދުވެރިވިނަމަ އޭނާ ދުނިޔޭގައި ހެޔޮކަންކޮށް އުޅުނީހެވެ.
وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ
"އަދި އޭނާ އެވަނީ ބަރުޒަޚުގެ ޢާލަމަށް ދަތުރުކޮށް އަދި އެއަށްފަހު އެނބުރި އައުމެއް ނުވާ ޢާލަމަކަށް ދަތުރުކޮށްފައެވެ. ދެން އޭނާއަކަށް އަނބުރާ ދުނިޔެއަށް އާދެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ."
އެހެންކަމުން އަޅުގަނޑުމެންނަށް ދުނިޔޭގައި މި ޙަޔާތް ލިބިފައިވާ ހިނދު އަޅުގަނޑުމެން ވީ އާޚިރަތަށްޓަކައި ތައްޔާރުވެ މި ދުނިޔޭގެ ބޭނުން ހެޔޮގޮތުގައި ކޮށް މި ދުނިޔޭގެ ވަޤުތުތައް އަޅުގަނޑުމެން އާޚިރަތަށްޓަކާ ހެޔޮ ޢަމަލުތައް ކުރާ ތަނެއްކަމުގައި ހެދޭތޯ މަސައްކަތްކުރާށެވެ.

















ޚިޔާލު