ދީނީ ލިޔުންދީން

ކައިވެނީގެ ފުރަތަމަރޭ މަންމަޔަކު ދަރިފުޅަށް ދިން ނަޞޭޙަތް

ކިންދާގެ ރަސްގެފާނު ޢަމްރު ބުނު ޙަޖަރު، އުއްމު އިޔާސް ބިންތު ޢަޥްފު ބުން މުޙައްލިމު އައްޝައިބާނީ އާ ކައިވެނި ބައްލަވައިގަތެވެ. އަދި ރޭކުރުމުގެ ވަގުތު އައުމުން، އެކަނބުލޭގެ މަންމާފުޅު ނަޞޭހަތް ދެއްވަމުން ވިދާޅުވިއެވެ.

  • ތިބާ ފުދުންތެރިއަކަށްވާށެވެ! (ފިރިމީހާ ދޭ މިންވަރުން ހިތްހަމަޖައްސާލާ މީހަކަށްވާށެވެ.)
  • ރިވެތިގޮތުގައި ފިރިމީހާގެ ބަސްއަޑު އަހައި ކިޔަމަންތެރިވާށެވެ!
  • ފިރިމީހާ ނުރުހޭ ކަންކަމާއި ނުރުހޭ ވަސްތައް ފާހަގަކޮށް ދަނެގަންނާށެވެ! ދަރިފުޅުގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ފެނުނަ ނުދޭށެވެ. އަދި ދަރިފުޅުގެ ހަށިގަނޑުން އެންމެމީރުވަސް މެނުވީ ދުވިޔަ ނުދޭށެވެ!
  • ފިރިމީހާ ނިދާ ގަޑިތަކާއި ކާގަޑިތައް ފާހަގަކޮށް ދަނެގަންނާށެވެ! ފަހެ ކަށަވަރުންވެސް ބަނޑުހައިވުމަކީ ރުޅިއައުމުގެސަބަބެކެވެ. އަދި ނިދި ހަމައަށް ނުލިބުމަކީވެސް ރުޅިއައުމުގެ ސަބަބެކެވެ.
  • ފިރިމީހާގެ މުދަލަށް ރައްކާތެރިވާށެވެ! އަދި ފިރިމީހާގެ ބެލުމުގެ ދަށުގައިވާ މީހުންނަށާއި ޚާދިމުންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށްހިތައި އަޅައިލާށެވެ!
  • ފިރިމީހާގެ އަމުރަކަށް ނުކިޔަމަންތެރިނުވާށެވެ! ނުކިޔަމަންތެރިވެއްޖެނަމަ ދަރިފުޅުދެކެ ފިރިމީހާ ރުޅިއަންނާނެއެވެ.
  • އަދި ފިރިމީހާގެ ސިއްރެއް ފަޅާއަރުވާނުލާށެވެ! ސިއްރެއް ފަޅާއަރުވާލައިފިނަމަ ދަރިފުޅު ޣައްދާރުނުވާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރާނެއެވެ.
  • އަދި ފިރިމީހާ ނުތަނަވަސްވެ ކަންބޮޑުވެފައިވާނަމަ އޭނާގެ ކުރިމަތީގައި އުފާނުކުރާށެވެ! އަދި ފިރިމީހަ އުފާވެފައިވާނަމަ އޭނާގެ ކުރިމަތީގައި ހިތާމަޔާއި މޮޅިވެރިކަން ނުދައްކާށެވެ!

 

(ސައްޔިދުއްސާބިޤު ލިޔުއްވާފައިވާ ފިޤުހުއްސުންނާ 2ވަނަބައިގެ 151 ވަނަ ޞަފްޙާއިން)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *