އެހެނިހެން

ދުނިޔޭގެ އެންމެ ކުޅަދާނަ ކުއްޖާ ( ޖޫލިއާނޯ ) ؟

ޖޫލިއާނޯ

ދުނިޔޭގެ އެންމެ ކުޅަދާނަ ކުޑަކުއްޖަކީ ޖޫލިއާނޯ ކަމަށް ބުނުމަކީ ބޭ އިންސާފަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެން ނަމަވެސް ޖޫލިއާނޯ އަށް ލިބިފައިވާ އާދަޔާ ޚިލާފު ކުޅަދާނަ ކަމާއި ބާރު ގަދަކަމަށް ބަލާ އޭނާ އަށް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ދީފައެވެ.
ކުޑަކުދިންނަކީ ބޮޑެތި މީހުން އެކުދިންގެ މޫނު ބަލާ ލޯގަނޑުގެ ގޮތުގައި ދެކޭ ކުދިބަޔަކަށް ވާއިރު، ތުއްތު ކުދިން ތަރުބިއްޔަކު ކުރުމުގެ އެންމެ ބޮޑު މަސްއޫލުވެރިންނަކީ އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނެވެ.
ތުއްތު ކުދިންގެ ރޯލް މޮޑެލް ނުވަތަ ނަމޫނާ އަކީ އެކުދިންގެ ބެލެނިވެރިން ނުވަތަ މައިންބަފައިންނަށް ވާއިރު، ކުއްޖާގެ މައިންބަފައިންނަކީ ދީންވެރި ޚުލްޤު ރަނގަޅު ޞާލިޙު ބަޔަކަށް ވާނަމަ ތުއްތު ކުއްޖާގެ ކިބައިގައި ވެސް މި ސިފަތައް އަށަގަނެއެވެ.
އަދި ކުއްޖާގެ މައިން ބަފައިން ނުވަތަ ބެލެނިވެރިންނަކީ ފިލްމު ސްޓާރުން ނުވަތަ ފުޓުބޯޅަ ކުޅުންތެރިންނަމަ އެކުދިންގެ ގައިގައި އަށަގަންނަނީ އެ ސިފަތަކެވެ. އެ އާދަ ތަކެވެ.
މިސާލަކަށް ތުއްތު ޖޫލިއާނޯ އަށް ބަލަމާ ހެއްޔެވެ. މިއީ އޭނާގެ މައިންބަފައިން ހަމަ ބޭނުްންވާ ގޮތެވެ. އެމީހުން ބޭނުންވަނީ ޖޫލިއާނޯ މިގޮތުގައި ބޮޑުވެ އެމީހުންނަށް މުސްއަނދި ކަން ލިބުމަށެވެ.
ތުއްތު ޖޫލިއާނޯގެ ޙަރަކާތްތައް ބެއްލެވުމަށް މި ލިންކު ޚިޔާރު ކުރައްވާ . . .

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *