އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ހާވާރޑް ޔުނިވަރސިޓީގެ ހާވާރޑް ލޯ ސްކޫލްގެ ބޭރު މައި ދޮރުއަށީގައި ކީރިތި ޤުރުއާނުގެ އާޔަތެއްގެ ތަރުޖަމާ ހަރުކޮށް، އެއީ އިންސާނީ ތާރީޚްގައި ޢަދުލުވެރިކަން ދައްކުވައިދޭ މަތިވެރި މިސާލުތަކުގެ ތެރެއިން މަތިވެރި މިސާލެއްކަމަށް ސިފަކޮށްފިއެވެ.
ހާވާރޑް ލޯ ސްކޫލަށް ވަންނަ ދޮރުއަށީގައި ހަރުކޮށްފައިވަނީ، ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގެ އިނގިރޭސި ތަރުޖަމާއެވެ. އެއީ،
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފް ޤާއިމް ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، އަވްލާ ކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލްވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
ހާވަރޑްގައި ތަޢުލީމު ޙާޞިލްކުރަމުންދާ ސަޢުދީ ޢަރަބިއްޔާގެ ދަރިވަރެއް ކަމުގައިވާ ޢަބްދުﷲ ޖުމާ، މިތަން ފޮޓޯ ނެގުމަށްފަހު އޭނާގެ ޓްވިޓާރ ޕޭޖަށް ލުމުން މިކަން ބައިނަލް އަޤްވާމީ ނޫސްތަކަށް އެރިއެވެ. މިކަމާ ގުޅިގެން އިސްލާމްދީނާއި އިސްލާމީ ޝަރީޢާތާ ދެކޮޅަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން ވަނީ އިސްލާމްދީނުގެ ނަން ހުތުރުކުރުމުގެ ގޮތުން ތަފާތު މަސައްކަތްތަކެއް ފަށާފައެވެ.
ހާވާރޑް ޔުނިވަރސިޓީއަކީ މީލާދީން 1636 ގައި އުފެދުނު އެމެރިކާގެ އެންމެ ދުވަސްވީ އަދި އެންމެ ޤަދަރުވެރި ޔުނިވަރސިޓީއެވެ.















އިން ޔޯ ފޭސް ކުއްފާރް!