الزنا މި لفظ ގެ لغوي معنى އާއި شرعي މާނައަކީ: ފިރިހެނަކު، އޭނާގެ مِلْك ވެރިކަމުގައިނުވާ އަދި އެއްވެސް شبهة އެއްނެތި، އަންހެނެއްގެ ކުރިމަތި ފަރާތުން وطء ކުރުމެވެ.[1]
الشبهات އާއި އެއިގެ ބައިތައް-
شافعي مذهب ގެ ދަންނަބޭކަލުންގެ އަރިހުގައި شبهة ތިންބަޔަކަށް ބެހިފައިވެއެވެ.
1) شبهة في المحلّ (محل ގައި شبهة އުފެދިފައިވުން).
މީގެ މިސާލަކީ ފިރިމީހާ އޭނާގެ حيض ވެފައިވާ އަނބިމީހާއާ وطء ކުރުމެވެ. ނުވަތަ ރޯދައަށް ހުރި އަނބިމީހާއާ وطء ކުރުމެވެ. ނުވަތަ އަނބިމީހާގެ ފުރަގަސްފަރާތުން وطء ކުރަމެވެ. މިތަނުގައި حرام فعل ގެ محل ގައި شبهة އުފެދިފައިވެއެވެ.
އެއީ محل އަކީ ފިރިމީހާއަށް ملك ވެފައިވާތަނެވެ. އޭނާއަށް އޭނާގެ އަނބިމީހާއާ جماع ކުރުމުގެ حق ލިބިފައިވެއެވެ. ނަމަވެސް އޭނާ (ފިރިމީހާ) އޭނަގެ حيض ވެފައިވާ އަނބިމީހާއާ ނުވަތަ ރޯދައަށް ހުރި އަނބިމީހާއާ ނުވަތަ އަނބިމީހާގެ ފުރަގަސްފަރާތަށް وطء ކުރުން ހުއްދަވެގެނެއްނުވެއެވެ. މިތަނުގައި شبهة އޮތޭބުނެވޭނީ، މި محل އަކީ ފިރިމީހާގެ ملك ވެރިކަމުގެ ދަށުގައި ވާއިރު ފިރިމީހާއަށް އެ ބޭނުންކުރުމުގެ حق ލިބިފައިވާތީއެވެ. ވީމާ މިފަދަ شبهة لازم ކުރަނީ حد ނުޖަހައި ދޫކޮށްލުމަށެވެ. އެކަން ކުރިމީހާ އެކަންކުރީ އެއީ ހުއްދަކަމެއް ކަމަށް قبول ކުރާތީކަމުގައިވިޔަސް އަދި حرام ކަމެއްކަމަށް ޤަބޫލުކުރާތީ ކަމުގައިވިޔަސް އަދި حرام ކަމެއްކަމަށް قبول ކޮށްގެންހުރެ ކުރިޔަސް އެ شبهة އިގެ ސަބަބުން حد އެއް ނުޖެހޭނެއެވެ. މިތަނުގައި شبهة އިގެ أساس އަކީ اعتقاد އާއި އޭނާ ހީކުރާ ގޮތެއް ނޫނެވެ. އަދިކިއެއްތަ أساس އަކީ فعلގެ محل އެވެ. އަދި شرعي ގޮތަށް އެ محل އަށް فاعل ގެ ملك ވެރިކަން ޘާބިތުވެފައި ވުމެވެ.
2) شبهة في الفاعل (ފާޢިލް (ކަންކުރާމީހާ) ގައި شبهة އުފެދިފައިވުން). މިގޮތުން އޭނާގެ އަނބިމީހާކަމަށް ހީކޮށް، އަލަށް ކާވެނިކުރިމީހާ އެހެން އަންހެނަކާ وطء ކުރުމަށްފަހު އެއަންހެނާއަކީ އޭނާގެ އަނބިމީހާނޫންކަން އެނގުމެވެ. މިތަނުގައި شبهة ގެ أساس އަކީ فاعل ގެ ظن އެވެ. އަޤީދާއެވެ. އެއީ އެނާ فعل ކުރިއިރު އޭނާ ހީކޮށްގެން ހުރީ އެކުރަނީ حرام ކަމެއްނޫންކަމުގައެވެ. މި فاعل މި ظن އާއި إعتقاد އޮތުން އެއީ شبهة އުފެދޭ ކަމެކެވެ. އެ شبهة އޭނާ حد ން ސަލާމްކުރެއެވެ. ނަމަވެސް فاعل އަށް އެ فعل އަކީ حرام ކަމެއްކަން އެނގިހުރެ ކޮށްފިނަމަ އެޔަކު އެއްވެސް شبهة އެއްނުވެއެވެ.
شبهة في الجهة: (فعل ޙަލާލުވުމާއި حرام ވުމާއިމެދު شبهة އުފެދުން) މި شبهة އިގެ أساس އަކީ އެ فعل އަކާއިމެދު فقه علم ވެރިންގެ މެދުގައި ޚިލާފްއުފެދިފައި ވުމެވެ. މިގޮތުން އެ فعل އެއް ޙަލާލުވުމާއި ނުވަތަ ހުއްދަވުމާއި حرام ވުމާމެދު އިޚްތިލާފްވެފައިވާ ކޮންމެ ކަމަކީ އޭގައި شبهة އުފެދޭ އަދި (އެކަމެއްކުރުމުން) حد ނުޖެހޭނެ ކަންތައްތަކެވެ. މިސާލަކަށް الإمام أبو حنيفة ވަލީވެރިޔާ ނުލައި (އަންހެނާގެ) ކައިވެނި ހުއްދަކުރައްވައެވެ. އަދި الإمام مالك ހެކިވެރިންނާއި ނުލައި ކައިވެނި ހުއްދަކުރައްވައެވެ. ނަމަވެސް މިފަދަ ގޮތަށް ކުރާ ކާވެނި جمهور علم ވެރިން ހުއްދައެއް ނުކުރައްވައެވެ. މީގެ ނަތީޖާއަކީ މިފަދަ ދެބަސްވެފައިވާ ކައިވެނިތަކުގެ وطء ކުރަމަކުން حد އެއް ނުޖެހޭނެއެވެ. އެއީ ޚިލާފް އުފެދިފައިވުމުން شبهة އެއް އުޅޭތީއެވެ. شبهة އަކީ حد ޖެހުން މަނާ ކުރާކަމެކެވެ. އެކަމަކީ فاعل حرام ކަމެއް ކަމުގައި ދެކެދެކެ ހުރި ކުރިކަމެއް ކަމުގައިވިޔަސްމެއެވެ. އެއީ فقه علم ވެރިން އެކަމެއް ހުއްދަވުމާއި حرام ވުމާ މެދު ދެބަސްވެފައިވާއިރު އެ إعتقاد އަކުން އޭނާއަކަށް أثر އެއްނުކުރާނެއެވެ.
ޝާފިޢީ މަޛްހަބުގެ ދަންނަ ބޭކަލުން ޒިނޭގެ ތަޢުރީފުކުރައްވާ ގޮތް:
އަންހެނެއްކަމަށް ރަގަޅަށް އެނގޭ އަންހެނެއްގެ ކުރިމަތިފަރާތަށް ނުވަތަ ފަރުޖުގެ ބަދަލުގައި ހުރި (އަޑި) ތަނަކަށް ފިރިހެނެއްކަން ރަގަޅަށް އެނގޭ ތަކުލީފު ލިބިފައިވާ ފިރިހެނަކު އޭނައާއި ގުޅިފައިވާ އޭނާގެ އަޞްލީ ޛަކަރުގެ حشفة (ޚިތާނުކުރީމާ ޛަކަރުން ފާޅުވާ ހިސާބު) ނުވަތަ ބުރިވެފައިވާނަމަ އެހުރި މިންވަރެއް ވެއްދުމެވެ. [2]
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: [ތިޔަބައިމީހުން ޒިނޭއާއި ގާތްނުވާށެވެ. ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހައުދަހާ ނުބައި ވެގެންވެއެވެ.]
[ޒިނޭ ކުރާމީހުންނަށް ޤިޔާމަތްދުވަހުން ގަދަފަދަ عذاب ހުރިކަން ކީރިތި قرآن ންނާއި سنة ން ސާބިތުވެއެވެ. ދުނިޔެމަތީގައިވެސް އެބައިމީހުންނަށް ގަދަފަދަ عقوبات، ﷲ ކަނޑައަޅުއްވާފައި ވެއެވެ. ޒިނޭކުރާމީހާ حد ޖެހުން މާތްﷲ ކަނޑައަޅުއްވާފައި ވެއެވެ. ޒިނޭކުރާމީހާގެ حدކީ ހަމައެކަނި މިއުއްމަތަށް ކަނޑައަޅުއްވާފައިވާ حكم އެއް ނުމެނޫންމެއެވެ. މި حكمއަކީ ތައުރާތަށް ޔަހޫދީން ބަދަލުގެނައުމުގެ ކުރީގައި ތައުރާތުގައިވެސް އޮންނަ ޙުކުމެކެވެ. ޒިނޭއިން ދުރުވެ ރައްކާތެރިވާންވީއެވެ. އޭރުން މިޙުކުމާއި ހަމައަށް އެއްވެސް މީހަކު އަންނާކަށް ނުޖެހޭނެއެވެ. މި حكم تنفيذ ކުރާކަށް ނުޖެހޭނެއެވެ.
ޒިނޭގެ حد ޝަރުޢުކުރެއްވުން:
ކީރިތި ޤުރުއާނުން:
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: [ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކު، ދުއްރާއިން ސަތޭކަފަހަރު ޖަހާ އަދަބުދޭށެވެ. މާތްﷲ އަށާއި އާޚިރަތްދުވަހަށް ތިޔބައިމީހުން އީމާންވާކަމުގައި ވަނީނަމަ މާތްﷲގެ ޙުކުމް ހިންގުމުގައި އެދެމީހުންނާއިމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުހިފާހުށި ކަމެވެ. އަދި އެދެމީހުންނަށް އަދަބު ދެވޭތަނަށް މުއުމިނުންގެ ބަޔަކު ޙާޟިރުވެ އެތަން ދެކޭހުށިކަމެވެ.]
ސުންނަތުން:
ﷲ ރުއްސުންލެއްވި إبن عمر ގެ އަރިހުން الإ مام البخارى އާއި الإ مام مسلم ރިވާކުރެއްވި حديث އެއްގައިވެއެވެ. [ހަމަކަށަވަރުން ރަސޫލުﷲ z ގެ އަރިހަށް ޔަހޫދީ ފިރިހެނަކާއި އަންހެނަކު ގޮވައިގެން ޔަހޫދީންގެ ބަޔަކު އައެވެ. އެދެމީހުންނަކީ ޒިނޭކޮށްފައި ތިބި ދެމީހުންނެވެ. ފަހެ ރަސޫލުﷲ z އެމީހުންނަށް حديث ކުރެއްވިއެވެ. ކަލޭމެންގެ ފޮތުގައި (ޔަޢުނީ:ތައުރާތުގައި) ޒިނޭއާއި ބެހޭގޮތުން އޮންނަނީ ކޮންޙުކުމެއް ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ޒިނޭކުރި ދެމީހުންގެ މޫނުގައި އަޅިދެލިކުރަހާފައި ފަޟީޙަތް ކުރުމެވެ. حديث ކުރެއްވިއެވެ. ތިޔަބައިމީހުން ތިޔަހެދީ ދޮގެކެވެ. ހަމަކަށަވަރުން ތައުރާތުގައި އޮންނަ ޙުކުމަކީ ރަޖަމުކުރުމެވެ. ތިޔަބައިމީހުން ތައުރާތު ގެންނާށެވެ! އަދި ތިޔަހަދަނީ ތެދެއް ކަމުގައިވާނަމަ އެތައުރާތު ކިޔާބަލާށެވެ. ދެން އެބައިމީހުން ތައުރާތު ކިޔަވާ މީހަކު ގެނެސްފިއެވެ. އޭނާ ތައުރާތު ކިޔަމުންގޮސް ވަކި ހިސާބަކަށް ކިޔާފައި އޭގެމަތީގައި އަތް އަޅައިފިއެވެ. އޭނާއަށް ބުނެވުނެވެ. ތިޔަތަނުން ކަލޭގެ އަތް އުފުލާށެވެ! ފަހޭ އޭނާގެ އަތް އެތަނުން އުފުލިހިނދު އެތާނގައި ރަޖަމުކުރުމުގެ އާޔަތް އޮތެވެ. އެބައިމީހުން ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. ހަމަކަށަވަރުން ތައުރާތުގައި ރަޖަމުކުރުމުގެ އާޔަތް އެބައޮތެވެ. އެހެނެއްކަމަކު އަޅުގަނޑުމެން، އަޅުގަނޑުމެންގެ މެދުގައި މިކަންވަންހަނާކޮށްފައި ބާއްވަނިއެވެ. ރަސޫލުﷲ z އެ ދެ ޔަހޫދީން ރަޖަމުކުރުމަށް އަމުރުކުރެއްވިއެވެ. ވީމާ، އެދެމީހުން ރަޖަމުކުރެވުނެވެ.]
ޒިނޭގެ حد ގެ شرط ތައް:
ޒިނޭކުރި އަންހެނާއާއި ފިރިހެނާގެ މައްޗައް حد قائم ކުރެވޭހުށީ އަންނަނިވި شرط ތައް ފުރިހަމަވެގެންނެވެ. އޭގެ ތެރެއިން ބައެއް شرط ތަކަކީ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގެންފައިވާ شرط ތަކެވެ. އަދި އަނެއްބައި شرط ތަކަކީ އެބޭކަލުންގެ މެދުގައި خلاف އުފެދިފައިވާ شرط ތަކެވެ.
1- ޒިނޭކުރި މީހަކީ بالغ ވެފައިވާ މީހަކު ކަމުގައިވުން.
މިގޮތުން بالغ ނުވާ ކުޑަކުދިންގެ މައްޗަކަށް، ހުރިހާ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާފައިވާ ގޮތުގައި، حد قائم އެއްނުކުރެވޭނެއެވެ.
2- ބުއްދިސަލާމަތުން ހުރުން.
މިގޮތުން مجنون އަކު ޒިނޭކުރުމުން حد އެއްނުޖެހޭނެއެވެ. މިއީވެސް اتفاق شرط އެކެވެ. އަދި ހަމައެފަދައިން عاقل އަކު مجنونة އަކާ ޒިނޭކޮށްފިނަމަ، އެ عاقل ގައިގައި حد ޖެހޭނެއެވެ. ނަމަވެސް އެމޮޔަ އަންހެނާގެ ގައިގައެއް ޙައްދެއް ނުހޭނެއެވެ.
3- މުސްލިމަކު ކަމުގައިވުން.
މިއީ مالكي مذهب ގެ ދަންނަބޭކަލުންގެ رأي އެވެ. މިގޮތުން ކާފިރަކު ކާފިރަކާ ޒިނޭކުރަމަކުން حد އެއްނުޖެހޭނެއެވެ. ނަމަވެސް އެކަންފާޅުގައި ކުރާނަމަ އަދަބު ދެވޭނެއެވެ.
جمهور ދަންނަބޭކަލުންގެ އަރިހުގައި حد ޖެހޭހުއްޓެވެ. ނަމަވެސް حنفي مذهب ގައި އެފަދަ މީހުންގެ محصن ން رجم އެއްނުކުރެވޭނެއެވެ. ހަމައެކަނި އެމީހުންގައިގައި ޖެހޭހުށި حد އެވެ.
شافعي مذهب ގައި، އެ ފަދަމީހުން ޒިނޭކުރުމަކުން އަދި ރާބުއިމަކުން حد އެއްނުޖެހޭ ހުއްޓެވެ.
4- އަމިއްލަ އިޚްތިޔާރުގައި އެކަމުގެ އެދުމުގައި ކުރުން.
جمهور ދަންނަ ބޭކަލުން ވިދާޅުވާގޮތުގައި مجبور ކޮށްގެން ކުރާ ޒިނޭގައި حد އެއް ނުޖެހޭނެތެވެ. މި مسألة އަކީ فقه علم ވެރިން ދެބަސްވެ ވަޑައިގެންފައިވާ مسألة އެކެވެ. حنبلي مذهب ގައި حد ޖެހޭ ހުއްޓެވެ.[5] فقه علم ވެރިން އެއްބަސްވެ ވަޑައިގެންފައިވާ ގޮތުގައި، އަންހެނާއަށް مجبور ކޮށްގެން ގަދަކަމުން ޒިނޭކޮށްފިނަމަ އެއަންހެނާގެ މައްޗަކަށް حد އެއް ނުޖެހޭނެތެވެ. އެއީ އަންނަނިވި ޙަދީޘްގައި ވާފަދައިން "رُفِعَ عَنْ أُمَّتِي الخَطَأُ وَالنِّسْيَانِ وَمَا اسْتُكْرِهُوا عَليَه"[6] މާނައީ: "ތިމަންކަލޭގެފާނުންގެ އުއްމަތަށް ވަނީ ޤަޞްދަކާ ނުލައި ކުރެވޭ ކުށްތަކަށާއި ހަނދާންނެތިގެން ކުރެވޭ ކުށްތަކަށާއި މަޖުބޫރު ކޮށްގެން ކުރެވޭ ކުށްތަކަށް މަޢާފު ކުރައްވާފައެވެ."
5- އަންހެނަކާ ޒިނޭކުރުން.
މިގޮތުން، ޖަނަވާރަކާ وطء ކުރުމަކުން އޭނާއަކަށް حد އެއް ނުޖެހޭނެއެވެ. މިކަމަށް ހަތަރު مذهب ވަނީ اتفاق ވެފައެވެ. އަދި شافعي مذهب ގައި صح ގޮތަކީވެސް މިއީއެވެ. ނަމަވެސް تعزير ކުރެވޭހުއްޓެވެ. އަދި އެޖަނަވާރު މަރައެއްވެސް ނުލެވޭނެއެވެ. އަދި جمهور ދަންނަބޭކަލުންގެ އަރިހުގައި އޭގެ މަސްކެއުމަކުން މައްސަލައެއްނެތެވެ. އަދި حنبلي مذهب ގައި އެޖަނަވާރަކާ އެކު އެފަދަ فعل އެއްކުރިކަމަށް ދެފިރިހެނުން ހެކިދީފިނަމަ، އެޖަނަވާރު މަރާލެވޭހުއްޓެވެ. އަދި އެ ކެއުން حرام ވާހުއްޓެވެ. އަދި އެކަންކުރި މީހާ އޭގެ ޒިންމާ އުފުލަންޖެހޭނެއެވެ. (އެބަހީ އޭގެ އަގު އަދާކުރަން ޖެހޭނެއެވެ.)
6- އެ އަންހެނަކާއި އެކު ޒިނޭކުރި އަންހެނަކީ وطء ކުރެވޭފަދަ އަންހެނަކަށްވުން.
މިގޮތަށް އެޒިނޭ ކުރި ކުއްޖަކީ وطء ނުކުރެވޭފަދަ ކުޑަ ކުއްޖަކު ކަމުގައިވާނަމަ އެއިން އެކެއްގެ ގައިގައިވެސް حد އެއް ނުޖެހޭނެއެވެ. އަދި وطء ކުރާ ފިރިހެނަކީ بالغ ނުވާ ކުއްޖެއްނަމަ އެ وطء ވެވުނު އަންހެނާގެ ގައިގާވެސް حد އެއް ނުޖެހޭނެއެވެ.
السيد سابق ބަޔާންކުރަށްވާފައިވަނީ 4 شرط އެވެ. އެއީ:
1- ބުއްދި ސަލާމަތުންހުރުން.
2- بالغ ވުން.
3- އިޚުތިޔާރުގައި (އެއްވެސް مجبور ކަމެއްނެތި) ޒިނޭކުރުން.
4- އެކަމަކީ حرام ކަމެއްކަން އެގުން، މިއެވެ
ޒިނޭކުރާ މީހުން ބެހިފައިވާ ބައިތައް.
ޒިނޭކުރާމީހުން ބެހިފައިވަނީ ދެބަޔަކަށެވެ. އެއީ غير محصن ންނާއި محصن ންނެވެ.
1) ބިކުރުވެރިންގެ حد: (އެބަހީ: غير محصن ންގެ حد)
ހުރިހާ فقه علم ވެރިން އެއްބަސްވެ ވަޑައިގަންނަވާފައިވާ ގޮތުގައި މިނިވަން غير محصن އަކު ޒިނޭކޮށްފިނަމަ އެމީހެއްގެ حد އަކީ ސަތޭކަ އެތިފަހަރެވެ. އެއީ، އަންހެނަކުވިޔަސް އަދި ފިރިހެނަކު ވިޔަސްމެއެވެ. އޭގެ ދަލީލަކީ އަންނަނިވި އާޔަތެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާ އާއި ދެމީހުންކުރެ ކޮންމެ މީހަކުގައިގާ ސަތޭކައެތިފަހަރު ޖަހާހުއްޓެވެ. މާތްﷲ އަށާއި آخرة ދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައި ވަނީނަމަ މާތްﷲ ގެ حكم ތަންފީޛު ކުރުމުގައި އެދެމީހުންނަށް އޯގާތެރި ނުވާހުށިކަމެވެ. އަދި، އެމީހުންނަށް އަދަބު ދެވޭތަނަށް މުއްމިނުންގެ ތެރެއިން ބަޔަކު ޙާޟިރުވާހުއްޓެވެ."[8]
حد ޘާބިތުވާގޮތް
حد ޘާބިތުވާހުށި ދެކަމަކުންނެވެ.
1- އެކަން ކުރިމީހާގެ إقرار.ން
2- ހެކިވެރިންގެ ހެކިބަހުން.
އެހެންކަމާއި އެކު ޒިނޭކުރުން ފަދަ ބޮޑެތިފާފަތަކަށް އަރައިގަތުމުގެ ނުބައިކަންވިސްނާ މިފަދަ ބޮޑެތި ފާފަތަކުގެ ތެރެއަށް ނުވަދެ ރައްކާވެ ތިބުމަކީ އަޅުގަނޑުމެން ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަޅުގަނޑުމެންނީ މުސްލިމުން ކަމުގައި ވާޙާލު ކިޔަމަންތެރިން ކަމުގައިވާށެވެ.

















ޚިޔާލު