ރާއްޖޭގެ ޚަބަރު

ދުބާއީގެ ދީނި އިލްމުވެރިންގެ ޓީމެއް އައްޑޫގައި

ދުބާއީގެ ދީނި އިލްމުވެރިންގެ ޓީމު | ފޮޓޯ ހަވީރު

ދުބާއީގެ ދީނި އިލްމުވެރިންތަކެއް ހިމެނޭ ޓީމެއް އައްޑޫގައި ދަރުސް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޓީމު އައްޑު އަށް ގޮސްފައިވަނީ މިދިޔަ މަހު 26 ވަނަ ދުވަހުއެވެ. މި ޓީމް އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމަ އަށް އައްޑޫ ރަށްރަށުގައި ދީނީ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އިލްމުވެރިންގެ މި ޓީމުގައި 4 ބޭފުޅުން ހަރަކާތްތެރިވާއިރު އެ ބޭފުޅުން އަންނަނީ އައްޑޫގެ ރަށްރަށަށް ވަކިވަކިން ޒިޔާރަތްކޮށް، އެކި މިސްކިތްތަކުގައި ނަމާދަށް ފަހު ދީނީ ދަރުސް ދީ، ދީނަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަދި ގޭގެއަށް ގޮސް، އާއްމުން އިސްލާމްދީނަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ވެސް އަންނަނީ ހިންގަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *