ރާއްޖޭގެ ޚަބަރުއެހީ!

ތުއްތު މުޖާހިދު ބިން އަހްމީމް ވަނީ ތިޔަބޭފުޅުންގެ އެހީގެ އަތަކަށް ބޭނުންވެފައި

ތުއްތު މުޖާހިދް ބިން އަހްމީމް

ރ މަޑުއްވަރީ ސަނީ ކޯނަރ އަހްމީމް ޢީސާގެ 2 ވަނަ ދަރިފުޅު މުޖާހިދު ބިން އަހްމީމްއަކީ ދުނިޔެއަށް އުފަން ވިއިރުވެސް ހަށިގަނޑުގައި ވާ އިންފެކްޝަންއެއްގެ ސަބަބުން އެކި ގުނަވަންތައް ހަލާކުވެ އެއްތަށް ވޭނެއް ތަހައްމަލު ކުރަމުން ދާ 1 އަހަރާއި 9 މަހުގެ ތުއްތު ކުއްޖެކެވެ. ތުއްތު މުޖާހިދުގެ ބައްޕަ އަހްމީމް މައުލޫމާތު ދިން ގޮތުގައި މުޖާހިދުގެ ސިކުޑީ ބޮޑުވުމުގައި ލަސްވުމާއި ސިއްޙަތު ރަނގަޅު ކުއްޖެގެ ހުންނަ ވަރަށް ވުރެއް ބޯ ބޮޑުވެފައި ކިޑްނީގައި ހިލަ އުފެދުމާއި އަދި ވިހޭ އިރުވެސް އަތުގެ އިންގިލިތަށް އަދި 2ފައި ތިލަ ވަނީ އެބުރިފައެވެ. މިކަމުގެ ސަބަބުން މިދަރިފުޅަށް ހިންގާ ނޫޅެވޭކަމަށާއި އަދި ހިތުގެ އެއްފަރާތުން ބޭރަށް ލޭދައުރު ކުރާ ހޮޅިން ހިތުގެ އެތެރެއަށް ލޭ އެޅޭތީވެ ހިތުގެ އެއްފަރާތް ބޮޑުވެފައި ވާކަމަށް އަހުމީމް ދިއިސްލާމަށް މައުލޫމާތު ދިނެވެ.
އޭގެ އިތުރުން މުޖީހިދުގެ ކަނާތް ފަރާތުގެ ލޮލަށް ނުފެންނަކަމަށާއި ވާތުގެ ލޮލަގެ ފެނުމުގައި ވެސް މައްސަލަތަކެއް ހުރުމުން މުޅިން ސްޓޭބަލްވީ ލޭޒަރ ޓްރީޓުމަންޓެއް ދެވިގެންކަމަށް ކުއްޖާގެ ބައްޕަ ކިޔާދިނެވެ. ކަނާތުގެ ލޮލަށް ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށް އިންޑިޔާގެ ޑޮކްޓަރ ވިދާޅުވިއެވެ. އާސަންދާގެ އެހީގައާއި އާއިލާގެ އެހީގައި މިހާރުވެސް 2 ފަހަރު ވަނީ އިންޑީޔާގެ ޓިރިވެންޑަރުމް ފަރުވާ ހޯދާފައެވެ. މިހާތަނަށް މުޖާހިދުގެ ހާނިޔާގެ 3 އޮޕަރޭޝަން ކުރެވިފައި ވާކަމަށާއި އެއީ އޭޑީކޭއިން 2 ފަހަރު އިންޑިޔާއިން އެއްފަހަރުއެވެ. އައިޖީއެމް ހޮސްޕިޓަލްއަށް ހާނިޔާ އޮޕަރޭޝަން ކުރުމަށް ދެއްކުމުން ވަނީ ހިތުގައި މައްސަލަ ހުރުމުން ހޭނައްތައިގެން އޮޕަރޭޝަން ކުރުމަކީ ވަރަށް ރިސްކު ބޮޑު ކަމަކަށް ވާތީ ކުރަން ނުކެރޭނެކަމަށް ބުނެފައެވެ، އަދި ރާއްޖެއިން ބޭރަށް ދިއުމަށް ލަފާއަރުވާފައެެވެ. ނަމަވެސް އޭޑީކޭއިން ވަނީ އޮޕަރޭޝަން ކޮށްފައެވެ. އެބުރިފައި ވާ ދެފައި ތިލަ ވަނީ ﷲގެ ރަޙްމަތުން ރަނގަޅު ކުރެވިފައެވެ. ނަމަވެސް އަތުގެ އިގިލިތަށް އަދި އޮޕަރޭޝަން ކުރަން ޖެހޭކަމަށް އަހްމީމް ބުނިއެވެ،

މިވަގުތު މުޖާހިދުއަށް އެންމެ މުހިއްމު ވެފައި ވަނީ ކިޑްނީގައި ހުރި ހިލަ ނެގުމާއި ހިތުގެ އޮޕަރޭޝަން ކުރުމެވެ. ނަމަވެސް ވަރަށް ގިނަ ފައިސާ ކިމަށް ހަރަދުވާނެތީ އާއި އިންޑިޔާގެ މިސަރަހައްދަކީ އާސަންދާގެ އެހީ ލިބޭތަކަނަށް ނުވާތީ އާއިލާއިން ވަނީ ނުކުޅެދިފައެވެ. މިހާތަކަށް ވެސް މިތުއްތު ދަރިފުޅުގެ ފަރުވާއަށް އެކި ފަހަރުމަތިން 2 ލައްކައްހާ ރުފިޔާ ޙަރަދުވެފައި ވާަކަމަށް ކުއްޖާގެ ބައްޕަ ބުނިއެވެ.
ދަރިފުޅުގެ ހާލަތު އަންނަނީ ދުވަހުން ދުހަށް ގޯސްވަމުންނެވެ. އަދި އަވަހަށް ހިތުގެ އޮޕަރޭޝަން ނުކުރެއްވިޖެނަމަ މިތުއްތު ކުއްޖާ ފުރާނައަށް ގެއްލުން ވާނެކަމަށް ޑޮކްޓަރުން ބުނެފައި ވާތީ އާއިލާއިން ވަނީ ކެއްނުކުރެވޭވަރުގެ ހިތާމައާއި ކުރިމަތިވެފައެވެ. އޮޕަރޭޝަން ކުރަން އަންނާށޭ ބުނިފަހުން ވެސް މިހާރު 3 މަސް ވެފައި ވާކަމަށް އާއިލާއިން ބުނިއެވެ. މިތުއްތު ދަރިފުޅުގެ މަންމައީ ބައްޕަގެ ލޮލުން ވެއްޓޭ ކަރުނައިގެ އަގު ވަޒަަން ކޮށް ލަސް ނުކުރަށްވާ އެހީ ވެއްދެއްވާށެވެ. މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބޭ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އެ ތުއްތު ދަރިފުޅާއި، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. މުޖާހިދުގެ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ.
ލަސް ނުކުރައްވާ މުޖާހިދުއަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.
އިތުރު މައުލޫމާތު ބޭނުން ނަމަ މުޖާހިދުގެ ބައްޕަ އަހްމީމް ޢީސާގެ ފޯން ނަންބަރަށް 7784624 /9944007 ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތްތަކުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން އަހްމީމް ޢީސާ ބޭންކު އޮފް މޯލްޑިވުސްގެ ރުފިޔާ އެކައުންޓް 5001 6701 77172 އާއި އިސްލާމިކް ބާންކުގެ ރުފިޔާ އެކައުންޓް ޓް99010310016175100 އަދި ހަމަ މިބޭންކުގެ ޑޮލަރު އެކައުންޓު 99010310016175200 ޖަމާއުކޮށް ދެއްވުމަކީ އައިލާގެ ވަރަށް ބޮޑުއެދުމެކެވެ. :.
މުޖާހިދު ބިން އަހްމީމްގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ވަނީ ލިބިފައިވެއެވެ*

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *