ހެޔޮ އަގެއްގައި ހައްޖަށް ދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން "ދިވެހި ރައްޔިތުންގެ ހައްޖު ފަންޑު" މި ނަމުގައި ގައުމީ މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން އިތުރަށް ހާމަކުރައްވާ ގޮތުގައި "ރައްޔިތުންގެ ހައްޖު ފަންޑު"ގެ ނަމުގައި އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާގެ ބޭނުމަކީ މަދު ފައިސާ ދައްކައިގެން އެ ފައިސާ އިންވެސްޓް ކުރުމަށް ފަހު ފައިސާ ދެއްކި މީހުން ހައްޖަށް ފޮނުވުން ކަމަށެވެ.
މިހާރު ކުރިޔައްދަނީ މިކަމާއި ގުޅިގެން މިނިސްޓްރީއިން ތައްޔާރުކުރަން ޖެހޭ ލިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ދަށުން އޮންނަ އެ މުއައްސަސާ އުފެއްދުމަށް ފިނޭންސާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މަޝްވަރާ ކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރ އާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އިސްލާމިކް މިނިސްޓްރީއިން ހައްޖު ފަންޑު މުއައްސަސާ ގާއިމް ކުރުމަށް ނަމޫނާއަކަށް ބަލާފައި ވަނީ "ތަބުން ހާޖީ" ނަމުގައި މެލޭޝިޔާގައި އުފައްދާފައިވާ އެ ގައުމުގެ ހައްޖު ފަންޑު މުއައްސަސާ އަށެވެ.

















advertisment
ޚިޔާލު