މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އާއި ޖަމިއްޔަތުލް އަޚަވާތު ގުޅިގެން އަންހެން ބޭކަބަލުން ކެންސަރާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހާއްސަ ސެޝަނެއް ބޭއްވުމަށް ހަމަޖައްސާފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޖަމިއްޔަތުލް އަޚަވާތުގެ ރައީސާ ފާތުމަތު ޝަރޫޒާ ވިދާޅުވީ މި ސެޝަން އޮންނާނީ 10 ނޮވެންބަރުވާ ހޮނިހިރު ދުވަހުގެރޭ 08:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކަމަށާއި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކެންސަރާމެދު އަންހެން ބޭކަބަލުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް އެކަބަލުންގެ ހިތްތަކުގައި މިކަމާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ.
މިކަމާ ގުޅިގެން ޝަރޫޒާ އިތުރައް ވިދާޅުވީ ސެޝަން ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު އަންހެން ޑޮކްޓަރުންގެ އެހީ ތެރިކަމާއެކުގައި ކަމަށާއި ސެޝަންގައި ބައިވެރިވާ ފަރާތް ތަކުގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެކަމަށެވެ.

















advertisment
ޚިޔާލު