ރާއްޖޭގެ ޚަބަރު

މަރަދޫއިން މަހަށް ނުކުމެ އުޅުނު ދޯންޏެއް ކޮޅިގަނޑެއްގައި ޖެހި ދެމީހަކު ޒަޙަމް ވެއްޖެ

ކަނޑުގަދަ ވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫން ދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައި | ދިއިސްލާމް ފޮޓޯ: އަޝްވާގު

ކަނޑުގަދަ ވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫން ދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައި | ދިއިސްލާމް ފޮޓޯ: އަޝްވާގު

ސ. މަރަދޫން 23 މީހުންނާއެކު އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި މަހަށް ނުކިން "ރަހާ"ދޯނި ކޮޅިގަނޑެއްގައި ޖެހި ދެމީހަކު ޒަޙަމް ވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސާވެސްގެ ސައިޓްގައި ވާގޮތުން މިކަން ހިނގީ ގދ. އަތޮޅުގައި އޮންނަ ރޮބިންސަން މޯލްޑިވްސް ރިސޯޓާއި 7 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް އައި ކޮޅިގަނޑެއްގައި ޖެހި އެ ދޯނީގެ ބިއްލޫރިގަނޑެއް ތަޅައިގެންގޮސްގެންނެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ 41 އަހަރުގެ ފިރިހެނެކަށާއި 19 އަހަރުގެ ފިރިހެނެކަށެވެ.

ގައްދޫ ސިއްޙީ މަރުކަޒުގައި މިދެމީހުންނަށް ފަރުވާ ދެމުންދާއިރު މީގެތެރެއިން 41 އަހަރުގެ މިހާގެ މޫނުގެ އެކިތަންތަން ވަރަށް ބޮޑަށް ޒަޚަމްވެފައިވާއިރު، އުމުރުން 19 އަހަރުގެ މީހާގެ އަތުގެ އެކިތަންތަނަށް ވަނީ ޒަޚަމް ވެފައެވެ.

މިދުވަސްވަރު ދަތުރުފަތުރު ކުރައްވާ ބޭފުޅުން މޫސުމަށް ސަމާލުވުމައް މެޓުއޮފިހުން ވަނީ އެދިވަޑައިގެންފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *