ރާ ނުބޯ ރިޒޯޓުތަކެއްގެ ވާހަކަ ސަރުކާރުން ދައްކަމުންދާ ކަމަށާއި އެފަދަ ރިޒޯޓުތަކެއް ރާއްޖޭގައި ހެދުމާއި ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފި އެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޓެލެގްރާފަށް މިދިޔަ ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގެ އަމާޒުދާ ހިސާބަށް ބަލާއިރު ރާ ނުބޯ ރިޒޯޓުތަކެއްގެ ވާހަކަ ދައްކަމުންދާ ކަމަށާއި އެގޮތުން ރާއްޖެއަށް އަންނަ އިރާންގެ ރާ ނުބޯ ޓޫރިސްޓުންނަށް ހާއްސަކޮށް އެފަދަ ރިޒޯޓްތަކެއް ހަދަން އުޅޭ ވާހަކަ ދެކެވެމުންދާ ކަމަށެވެ. އަދި ދިވެހި ސަރުކާރުގައި ތިބި ހަރުކަށި މީހުންގެ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިތުރަށް ނަޝީދު ވަނީ ބަޣާވާތް ކުރުމުގައި ބައެއް ރިސޯޓުތަކުގެ ވެރިން ބައިވެރިވެފައިވާތީ އެރިސޯޓުތަކަށް ނުދިއުމަށް ގޮވާލާފައެވެ.
އާންމު ތަންތާންގައި ދެޖިންސް އެކީގައި ނެށުމާއި ރިޒޯޓްތަކުގައި ނެށުމާއި ތަފާތެއް ނެތް ކަމަށާއި އަދި އެމަނުފާނުއަށް ތަސައްވަރު ކެރެވޭ ގޮތުގައި ބައެއް މުސްލިމް ގައުމުތަކުގައި އާއްމު ތަނެއްގައި ދޮނެއް ދީގެން ޓޫރިސްޓުންނާ ދެކޮޅަށް ދައުވާ ކުރާފަދަކަމެއް ކަމުގައި ވެދާނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިންޓަވިއުއެއްގައި ވަނީ ރާއްޖޭގައި މިދިޔަ ހުކުރު ދުވަހު އެމެރިކާގެ މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހެދި ފިލްމާއި ދެކޮޅަށް މާލޭގައި މުޒާހަރާކޮށް އެމެރިކާގެ ދިދައެއް އަންދާލި ކަމަށް ވެސް ވިދާޅުވެފައެވެ. އޭގެއިތުރުން ރާއްޖޭގައި ވަރަށް ފަހުން 16 އަހަރު އަންހެންގައި ގައިގަ ހައްދުޖެހި ވާހަކަ ވެސް ޓެލެގްރާފަގައި ލިޔެފައި ވެއެވެ.
ރައީސް ނަޝީދު ވަނީ ރާއްޖެއިން ބޭރުގެ މިޑިޔާތަކުގައި ވަރަށް ގިނައިން ރާއްޖޭގައި އުޅެނީ ހައްދުފަހަނަ އަޅައިފައި ވާ މުސްލިމުންކަމުގައި ދޭހަވާ ގޮތަށް އެތަށް ފަހަރަކު ވާހަކަފުޅު ދައްކަވާފައެވެ.

















advertisment
އަދިިިިވެސް އޭނައަށް މާތް ބަސް ބޭނުންކުރާތީ ހަމަ ޙައިރާން ވޭ!!!
ދެންވެސް އަޅުގަނޑުމެންވީ މަނިކުފާނަށް ވޯޓުލާން ތޯއެވެ. ދީނެއް މިއްލަތެއް ނޭނގުނުތާ ލަދު ހަޔާތެއްވެސް ނެތެވެ. މުޅިރާއްޖެ އެއީ މަނިކުފާނު ކާފަގެ ރިޒޯޓްް ތޯއެވެ. ބޯނެއެއްޗެއް ބޮވެންވާގޮތަކަށް ބޮމުން ދުވާށެވެ އިރާދަކުރެއްވިއްޔާ ވެރިކެއް ދެނެއް ނުލިބޭނެއެވެ. އަދި އިރާދަކުރެއްވިއްޔާ އިސްލާމީ ޝަރީޢަތް ރާއްޖޭގައި ލަސްނުވެ ޤާއިމްވެސް ވާނެއެވެ….
މީނަ ދައްކާ ދޮގު ވާހަކަ އަކުން ޓޫރިޒަމަށް އަސަރެއް ނުކުރާނެ ދޯ.!
މިވަރުންވެސް މީނަގެ ފަހަތުން ދުވާ މީހުން، މިކަމާދެކޮޅަށް އެއްޗެއް ބުނާބަޔަކާ ދިމާލަށް ބުނާނެ ތިހެންނެއް ނުކިޔޭނެއޭ، އެމް.ޑީ.ޕީ މީހުންނަށް ބުނެލަން އޮތީ “އަންނި އަކީ ލާ ދީނީ މީހެކޭ، މިހެން ކިޔާނަމޭ، ނުވެސް ހުއްޓުވޭނެ” މިޤައުމުގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގައެއް ނެތް، ބޭނުން ކޮންމެ އެއްޗެއް ބުއިމުގެ ފުރުސަތެއްވެސް ނެތް، އަހަރުމެން އަޅުކަން ކުރަނީ އެއްކައުވަންތަ މާތް ﷲ އަށް. އަހަރުމެންގެ ދީނަކީ އިސްލާމްދީން، ހައްދަވާ ބޮޑުކުރެއްވި އިލާހް، މިނުބައި މީހާ (އަންނި) ގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ…
އާމީން
ހެޔޮނުވާނެ ދިވެހި ރައްޔިތުންނޭ. މިކަލޭގެ ގެންގޮސް މޮޔައިންގެ ހޮސްޕިޓަލެއްގައި ހައްޔަރުކޮށްފައި ބަހައްޓަބަލަ. މިއީ އާދައިގެ މޮޔައެއް ނޫން. މިއީ ބޮޑުވެގެންވާ މޮޔައެއް. މިކަލޭގެ ދޫކޮށްލާފައި ހުރީމާ މިކަހަލަ ކިތަންމެ ނޭދެވޭ ކަންތައްތަކެއް ހިންގާނެ.
ހިތާމައަކީ މިވަރުންވެސް ބައެއް މީހުންނަށް މީނަވަރެއް ނެތިގެން މީނަ ލައްވާ ދީނީ ފޮތްތައްވެސް ނެރުވާކަން. ހިތާމައިގެ ކޮޅެއްވެސް ނެތް. ނުބައިކަންތައް ރީތި ކަންތަކަށްވެ، ނުބައި މަގަށް ގޮވާ މީހުންނަކީ އަހަރުމެން އެންމެ ލޯބި ކުރާ މީހުން ކަމުގައި މިއަދު ވެއްޖެ. ރަޢްޔިތުންނޭ ތިޔަހެން ނުތިބެ ހޭއަރާ ވިސްނާ ބަލަ.
އާމީން
މިކަލޭގެ ހަމަ އެއްޗެކޭ ބުނާއިރަށް މިފަދަ ނޫހެއްގަ ޖަހަންޖެހޭތަ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
މީހާދަހާ ވެރިކަމާ ހެދި ބޫތު ކައިގެން އުޅޭ މީހެކޭދޯ!ދީނެއް މިއްލަތެއް މަޒުހަބެއް ނުބަލާ ހިތަށް އެރި އެއްޗެއް ކިޔަމުން ކޮސް ގޮވަމުން ދާއިރު ތިމާ ހެއްދެވި ފަރާތް މަތިން ހަނދާން ނައްތާ ލާފައި މޮޔަފުޅު ވެގެން ދީނަށް ފުރަށްސާރަ ކުރަމުން ދާއިރުގައިވެސް އެމްޑީޕީ މީހުން އުޅޭނެ މީނަވަރުގެ މީހެއްނެތިވެ،އިންޝާﷲ މީނަ އަކަށް ދެން މިޤަޢުމުގެ ވެރިކަމަކަށް ނާދެވޭނެ.
މޮޅު މީހެއްދޯ އިހަކަށް ދުވަހު ސޮޙީހުލް މުސްލިމް ފޮތް ނެރެދިނީ. މިއަދު ބަލާ ދައްކީ ވާހަކަ. ނޫނޭ ކަލޭ މޮޅު. ތިޔައީ އާދައިގެ މުނާފިގެއްނޫން ޖަވާހިރު ގަނޑެއް ކަހަލަ މުނަފިގެއް
އޭ ލޮބުވެތި އަޚާއެވެ. ތިބާއީ ތިބާއަށް ﷲ ނުހަނުގިނަގުނަ ޢިއްޒަތާއި ނިޢުމަތްދެއްވި އެއިލާހުގެ އަޅެކެވެ. މިގައުމުގެ އެތައް ރައްޔިތުންގެ ލޯތްބާއި އިޙްތިރާމާއި ކުލުނާ އެކު ވެރިކަން ދެއްވިއެވެ. އަދި ވެރިކަން ދެއްވީ ވެސް ގައުމެއްގައި ވެރިކަން ކުރެވޭނެ އެންމެ ފަސޭހަ ވަސީލަތްތަކަކާ އެކުއެވެ. މިދެންނެވީ އާއްމުންގެ ލޯތްބާއި ޢިލްމުވެރިންނާއި ވިޔަފާރި ވެރިންގެ އެހީއެވެ. ނަމަވެސް އެހުރިހާ އެންމެންގެ އަތްދޫކޮށްލުމަށްފަހު ތިބާ ހިފީ ތިބާއަށް އެންމެ އެހީ ބޭނުންވި ވަގުތު ތިބާގެ އަތް ފޮޅާލި ޔަހޫދީންގެއަތުގައެވެ. މަނިކުފާނުއެވެ. ދީނަށް ފުރައްސާރަކުރަމުން ގޮސް މަނިކުފާނު ތިހިރަ ގެއްލެމުން ދަނީއެވެ.މުޅި ސިޔާސީ މަންޒަރުންނެވެ. މިދާގޮތަށްދާނަމަ 2013 ގެ ކުރިން ތިބާ މުޅި މަންޒަރުން ފަނޑުވެދާނެއެވެ. ޢިއްޒަތްތެރި މަނިކުފާނުއެވެ. ތިބާ އެކި ވާހަކަދައްކައިގެން ބޭރުގެ ފަރާތްތަކުގެ ހިތްރުއްސަން އުޅުނަސްހެވެ. އަޅަމެންނަށް ﷲ ފުދެއެވެ.ﷲ ތިބާއަށް ހެޔޮ ވިސްނުން ދެއްވާންދޭވެ. އާމީން …ޘުއްމަ އާމީން
ނަޝީދުމެން ކަހަލަ ބޭފުޅުން ބޮޑު ފުޅުވީ ޔޫރަޕުގެ ތަޢައްރު ވެފައިވާ ނުސާފު ވެށީގައި، އެމަނިކުފާނަށް ފެނިފައި ވަނީ ދިވެހިން ކަޅުސައިބޯން މިވަންނަށް ސައިހޮޓާތަކުގެ ބަދަލުގައި ތިބުނާ ދިޔާއެއްޗެއްބޯ ތަންތަން، މިއަދު ހުޅގުން މުސްލިމް ޤައުމު ތަކުގައި އެމީހުންގެ އެތަޢައްޔަރު ވެފައިވާ ވެށި ދިފާއުކޮށް އެވެށީގެ މޮޅުކަން ދައްކާނެ ބަޔަކު އަބަދުވެސް ތައްޔާރު ކުރޭ، މުސްލިމު ޤައުމުތަކުގެ ބަޔެއް ލީޑަރުންވެސް ފުޅަގުގެ މަސްތުގައި ޖެހި ޢަރަޤުވެފައި މިތެބެނީ!
ބަގުރާ ގުދަން ތަކުގައި ރީތިނަންނަމުގެ ( ރިޒޯޓް ) ޓެގު އަޅުވައިގެން އެތަން ތަނާއި ބަންގުރާ އިޝްތިހާރު ކުރާއީރު މިކުރެވީ ކިހާވަރު ކަމެއްކަން ނޭގޭ، ބަންގުރަލުގެ ފައިދާއަށް ވުރެބޮޑީ ގެއްލުމާއި ހަލާކު، ވިޔަފާރި ކުރުމުގެ ނަމުގައި ހަރާން ވިޔަފާރިޢާއި ހަރާން ތަކެތި އެއްވެސް ލޭބަލެއް ޖަހައިގެން އިސްލާމް ދީނުގައި ހުއްދަވެގެނެއް ނުވޭ! ނަޝީދު ބޭނުން ވަނީ ދިވެހިން ކަޅުސައި ހަދާ ގޮތަށް ބަނުގުރާވެސް ހަދަން! ދޮންމީހުން އުޅޭގޮތަށް އުޅެގެން ނަޝީދު އުޅެނީ ދިވެހިންނަށް ސަލާމަތް ތެރިކަމާއި ރައްކާތެރިކަން ހޯދަދޭން!
ރާ ނުބޯ ރިޒޯޓުތަކެއްގެ ވާހަކަ ސަރުކާރުން ދައްކަމުންދާ ކަމަށާއި އެފަދަ ރިޒޯޓުތަކެއް ރާއްޖޭގައި ހެދުމާއި ދެކޮޅަށް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު އަންގަ އަރުވައިފި. “މިހާރު މިބީދާއިން ހަބަރު ލިޔާ ހިސާބައް ގޮއްސަ ތިޔަ ހުރީ “
މާތް ﷲ ގެ އިރާދަފުޅުން އޭނަ މި ޤައުމުގެ ވެރިކަމުން ދުރަށް ދިއުމަކީ އަހަރެމެންނަށް ލިބުނު ރަޙްމަތެއް… މި ފަދަ ރަޙްމަތެއް އަހަރެމެންނަށް ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާ ޝުކުރުކުރަން… އެކަލާނގެ އެއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ…
މިނުލަފާ ލާދީނީ މީހާ ހައްޔަރުކޮށް، އިސްލާމީ އެއްބައިވަންތަކަށް ނަގާލާ، ދީނައް ފާޅުގައި ގޮންޖަހާ، އިސްލާމީ ޝަރީއަތަށް ގޮންޖަހާ މިނުލަފާ ކަލޭގެ ހައްޔަރުކޮށް މީނާޔާ ދެކޮޅައް ދައުވާ ކުރެވެން ޖެހޭނެ. ކެނެރީގެ ލާދީނީ ކަލޭގެ 3 އަހަރު މިދިވެހި ޤައުމު އިސްލާމް ދީން ނައްތާލަން މަސައްކަތް ކޮއްފަ، މީނާއަށް ސަލާމަތް ވެވިގެން ނުވާ، ބޭރު ޤައުމުތަކަށް ދެވިގެން ނުވާނެ، މީނާ އަކީ ދިވެހި ޤައުމުގެ އަމްނާ، ދީނަށް، ހުރި ބޮޑު ނުރައްކަލެއް. މުޅީ ޤައުމު ފުނޑާލާފަ ވެރިކަމުން ބަޗާފަ ދެން މިޤައުމު ހަލާކުރަން ބޭރު ޤައުމުތަކަށް ދިޔަދީގެންނުވާނެ، މީނަގެ ލާދީނީ ހުދުމުހުތާރު ވެރިކަމުގައި ކުރި ކަންތައްތައް ތަހުގީގު ކުރެވި އިންސާފުގެ ކުރިމައްޗައް ގެނެވެން ޖެހޭނެ.
މާތް ބަހުރުވައިން މުހާތަބުކުރާވަރައްވުރެން މާނުލަފާ މީހެއްމީ.
އާމީން
ނިޢުމަތްތައް ދެއްވީމާ އެނިއުމަތްތަކަށް ޝުކުރުވެރިނުވި މީހެއް ނަޝީދަކީ. 30 އަހަރުގެ ވެރިކަމެއްނިމި މަނިކުފާނަށް ވެރިކަން ލިބުމަށް މެދުވެރިކުރެއްވީ މާތް ﷲ ގެ ދީލަތިވަންތަކަމުން. 100 ޕަސެންޓް މުސްލިމް ގައުމެއްގެ މުސްލިމް ރައީސެއްގެ ސަހްސިއްޔަތެއް މަނިކުފާނަކަށް ލިބިފައެއްނެތް. އިނގިރޭސިވލާތުން ޑިގްރީ ހެއްދވިޔަކަަސް މުސްލިމަކު ބުނަން ނުވާނޭފަދަ ހަރުކަށި ބަސްތައް. އަދި އެކަލާނގެ ނޙިކުރެއްވި ކަންތައްތަކަށް މަގުފަހިކުރުަމށް ހިތްވަރުދެއްވަމުން ގެންދަވަނީ. އިނގިރޭށިޏް ރުއްސައިގެން މިދުނިޔޭގައި މަނިކުފާނަށް ކުރިއެރުމެއް ލިބިދާނެކަންނޭނގެ. އެހެންނަމެވެސް ޢަހިރަތުގައި އެކަމުން ފައިދާއެއްނުކުރާނެ. މާތްﷲ ގެ ރުއްސެވުޟއި ފުއްސެވުމުން މަޙރޫމްވެއްޖަނަމަ، މަނިކުފާނު އަބދުވެސް ވިދާލުވާ ދެދުނިޠޭގެ ބާއްޖަވަެރިަކން ގެއްލުނީ. އެހެންވީމާ މި ދަނޑިވަޅަކީ ނަފްސް އިސްލާޙްކުރުަމަށް ލިބުނު ރަނުގެ ފުރުސަތެއް. އަވަހަށް ތައުބާވެ އިސްލާމް ޑިނުގެ ސާފުސީދާމގަށް ޢަމަލްތައް ބަހައްޓަވާ. ކަށްވަލުގައި އޮންނަންޖެހޭޏީ އެކަނި . ޒިޔާއްޓޭއަކަށް އެއްވެސް ޓޭއަކަށް ހޮތްވަރެއްނުދެވޭނެ. އެހެންވީމާ ގަދަ ބަސްބުނުމުންދުރުވޭ.
ދޭތެރެ ޖެއްސުން މިހާރު ކަމަކީ> ހުސް ދޮގު ތީ.
ތީދެން ކުލައުނުގުޅުއްވައިގެން ތިއްބަވާ 100% މުސްލިމުންގެ ފެންވަރަކީ..މުޅިގައުމުގަވެސް ގިނައީ ތިކަހަލަ މ،ުސްލިމުން//:(
ސީމާ އަކީ ވަލޫތެރޭގައި އިން ބޮކާ އެއްފަދަ. ވަޅުން ބޭރުގައިވާކަންތައްނޭނގޭނެތާ!
ކޮންމެއަކަސް ހިތާމަ ހުއްޓެވެ. މާތް ﷲ ގެ ދީނަށް މީހަކު ފުރައްސާރަކޮށް އެ ދީނާއި އިދިކޮޅަށް މަސައްކަތް ކުރާ ވާހަކަ އަޑު އިވިއްޖެނަމަ މުސްލިމުންގެ ގޮތަކަށް ވާނީ އެކަމުގެ ޙަޤީޤަތް ބަލާ، އެއީ ތެދެއްކަމުގައި ވާނަމަ އެމީހެއްގެ ނުބައިކަމުން ތިމާގެ ސަލާމަތްކަމާއި އެހެންމީހުންގެ ސަލާމަތްކަން ކަށަވަރުކުރަން މަސައްކަތް ކުރުމެވެ. މިފަދަ ބައެއް މީހުން ކޮށްފައިވާ ފާޅުކަން ބޮޑުގޮތެއްގައި ފެންނަހުރި ކަންތައް ވެސް ބައެއް މީހުން ބަލަންވެސް އަދި އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. އެއީ ތިމާ ރުހޭ ތިމާ ލޯބިވާ މީހަކަށް ވާތީއެވެ. ނަމަވެސް ތިމާ ރުޅިއަރާ ނަފުރަތުކުރާ މީހެއްގެ ނުބައި ވާހަކައެއް ހީއަކަށް ބުނެލިއަސް އެވާހަކައެއް ވަގުތުން ގަބޫލު ކުރެއެވެ. ކޮންމެއަކަސް އަހަރެމެން މުސްލިމުން އެންމެ ބޮޑަށް ލޯބިވާ ފަރާތަކަށް ވާންޖެހޭނީ މާތް ﷲ އެވެ. ދެން ކީރިތި މާތް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމައެވެ. ކަންއޮތީ މިހެން ކަމަށްވާއިރު އިސްލާމް ދީނާއި އިދިކޮޅަށް ކަނޑައެޅިގެން މަސައްކަތް ކުރާ މީހާއަކީ މާތް ﷲ އާއި ކީރިތި މާތް ރަސޫލާއާއި މުސްލިމުންގެ ޢަދާވާތްތެރިއެކެވެ. އެފަދަ މީހަކު އިޞްލާޙު ވޭތޯ މުސްލިމުން މަސައްކަތް ކުރަންޖެހެއެވެ. ނޫނީ ޖެހޭނީ އޭނާގެ ކިބައިން ސަލާމަތްވެ ރައްކާތެރި ވާށެވެ. އެއްގޮތަކަށް ވެސް އޭނާ އެ ހިންގާ ޖަރީމާތަކުގައި އޭނާއަށް ވާގިވެރިވެގެން ވާކަށް ނޯންނާނެއެވެ.
މިކަލޭގެ ހަމައެކަނި ދީނަކާއި ނުން މިކުޅެނީކީ. ނިކަން ރަނގަޅަށް ކިޔާލަބަލަ. މިކަލޭގެ ބުނެފައިވަ އެއްޗެއް”ރާއްޖެއަށް އަންނަ “”އިރާންގެ”” ރާ ނުބޯ ޓޫރިސްޓުންނަށް ހާއްސަކޮށް އެފަދަ ރިޒޯޓްތަކެއް ހަދަން އުޅޭ ވާހަކަ” މިކަލޭގެ މިއުޅެނީ އެމެރިކާއާއި އިޒްރާއިލާއި ހުޅަނގުން އެންމެ ބޮޑަށް ނައްތާލަން ބޭނުންވާ ޤައުމުގެ ނަންހިމަނައިގެން މިކަލޭގެ މިއުޅެނީ މިޤައުމު ހަލާކުކޮށްލަން.މާތްﷲ ގެއިރާދަފުޅާއި ހެޔޮރަޙުމަތްފުޅުން އެކަލޭގެއަކަށް އެކަމެއް ކާމިޔާބީއެއް ނުވާނެ.
އަޅެ ދިވެހިރައޔިތުންގެ ޑިމޮކުރެޓިވު ޕާރޓީގެ މެންބަރުން ނަށް މިސުވާލުގެ ޖަވާބު ހޯދަން އެބަ ޖެހޭ ނަޝީދު އެއިސްތިހާރު ކުރަނީ އިސްލާމްދީންތޯ؟ ނުވަތަ ލާދީންތޯ؟ ލާދީންކަމަށް ވަންޏާ ނަޝީދުއަށް އެހީތެރިވާ އެއްމެން އެތިބީ ލާދީނީ މީހެއްގެ ފަހަތުގައި ކަމުން އެއްމެން ވެސް އެ ފަދަ ނުބައި ނުލަފާ މިހަކަށް އެހީތެރުވެދޭކަމަށް ޓަކއި މާތްﷲ ގެ ކޯފާއަށް ބިރުވެތިވެ އިސްލާހުވުމަށް ހަނދާންކޮށްދެން.
ހައްދު ޖަހަންވީ މީނަގެ އަނގައިގަ
ިަމީނާގެ ހުންނަ ލާދީނީ ކަންތައްތަކާއި ހަމަ އަޖާއިބުވޭ.
ލާ ޙަޥްލަ ޥަލާ ޤުއްޥަތަ އިއްލާ ބިއްލާހި. ޓުއަރިސްޓް ހޮޓަލެއް ނުވަތަ ރިސޯޓެއްވިޔަސް އިސްލާމް ދީނުގައި ޙަރާމް ކަމެއްނުކޮށް ޗުއްޓީހޭދަކުރެވިގެން ނުވާނީތަ؟ ސުބްޙާނަﷲ، “ތިމާގެ ލަދު ޙަޔާތް ނެތަމަ ދެން ކޮށްމެ ކަމެއްވެސްކުރާށެވެ.”
މިކަލޭގެވެސް ވިދާޅުވޭތަ؟ ބޯހަލާކު…………..
އިހަކަށް ދުވަހު ހަދީސް ފޮތެއް ނެރުނީ ، މީގެ ދެދުވަސް ކުރިން ރާއްޖެޓީވީން ނަސީދު ކޮންމެވެސް ރަށެއްގެ މިސްކިތެއްގައި ނަމާދު ކުރާ މަންޒަރު ދެއްކީ ، މީހަމަ ދަޅަ ، ހަގީގަތުގަ ދީނަށް ފުރައްސާރަ ގިނައިން މިކުރަނީ ހަމަ އަހަރެމެންގެ ތެރެއިން !
އަޅުގަނޑު ހަމަ އަޖައިބު ވެއްޖެ “ރާއްޖެ އިސްލާމް” ކަހަލަ ނޫހެއްގަ މިފަދަ ވާހަކަ ލިޔާތީ! ދިއިސްލާމްގެ ވެސް މަގްޞަދަކީ ދިޓީވީ، ވީޓީވީ ނުވަތަ ރާއްޖެޓީވީ ގޮތަށް މީސްތަކުންގެެ މެދުގައި ފިތުނަ ފަސާދަ އުފެއްދުންބާއޭ އަޅުގަނޑު ހިތަށް ހަމަ އަރަނީ! ނޫންނަމަ މިފަދަ ޚަބަރު ލިޔުމުގެ ބޭނުމެއް އަޅުގަނޑުގެ ނަޒަރުގަ ނެތް! އުންމީދު ކުރަން މިފާޑުގެ މީހުންގެ މެދުގަ ހަސަދަ ވެރިކަން އުފެދޭފަދަ ޚަބަރުތައް މިނޫހުގައި ޝާއިއު ނުކުރާނެކަމަށް!……………..