ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ "ޔޫނިއަން" އިފްތިތާހްކޮށްފި އެވެ.
. މިޖަމިއްޔާގެ މަގުސަދެއް ކަމަށް ރަޖިސްޓްރީކޮށްފައި ވަނީ މައިގަނޑު ތިން ކަމެއް. އެއް ކަމަކީ ދަރިވަރުންގެ މަސްލަހަތު ކުރިއެރުވުން، އަނެއް ކަމަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލަކުރުން. ތިން ވަނަ މަގުސަދެއްކަމަށް މި އޮންނަނީ ދަރިވަރުނަށް އެހީތެރިވުން" ޔުނިވާސިޓިގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވިއެވެ. މީގެ ކުރީ ޔުނިވާސިޓީގައި ހަރަކާތްތެރިވެފައިވާ ޖަމިއްޔާތަކަކީ އެކި ފެކަލްޓީތަކަށް ނިސްބަތްވާ ޖަމިއްޔާތަކަށް ވިޔަސް މިފަހަރު އުފެދުނު ޔޫނިއަންއަކީ ހުރިހާ ދަރިވަރުނަށް ނިސްބަތްވާ ޖަމިއްޔާއެއް ކަމަށެވެ.
މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ގައުމީ ޔުނިވަސިޓީގެ ފަރާތުން ބޭއްވި ޙާއްސަ ހަފްލާ އިފްތިތާހް ކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) އެވެ. މުންދު ވިދާޅުވީ މިފަދަ ޖަމިއްޔާއެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ޖަމިއްޔާ ހިންގުމަށްޓަކައި އެއްލައްކަ ރުފިޔާ ދެއްވާނެކަމަށެވެ. އަދި އިތުރަށް ވެސް ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށެވެ.
މިޖަމިއްޔާގެ ފުރަތަމަ ރައީސް ހާތިމް ޔޫސުފް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ހާތިމް ވަނީ މިހާރަށް ވުރެ ހަރަކާތްތެރިވުން އިތުރު ކުރަން ޖެހޭ ކަމަށާއި ފޮތުން އުނގެނޭ ތައުލީމުގެ ބަދަލުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާ ޖަމިއްޔާއެއް ކަމުގައި ވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ޖަލްސާގައި ވަނީ ހިންގާ ކޮމެޓީގެ މެންބަރުންނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ.

















advertisment
ތިޖަމުއްޔާގެ ދަރިވްރުން ނަށް ޤައުމު ބިނާކުރުމުގައި ވަރަށްވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ، ތިޖަމުއްޔާގެ ހިންޤާކޮމޮޓިން އެހެން މުއައްސަސާތަކާއި ގުޅިގެން ދަރިވަރުން ނަށް ކަންކަމުގެ ރަގަޅު މައުލޫމާތު ހޯދަދީ ދަރިވަރުން ޔުނިވާރްސިޓީ ނިމޭއިރު މައުލޫމާތު މުއްސަދު ގުޑު ސިޓިޒަނަކަށް ވާންޖެހޭ، ކެރޭ ހީވާގި ޒުވާނުން ތަކަކަށް ވާންޖެހޭ، މިއަދު ޤައުމު ބޭނުން ވަނީ އިލްމީ ޤާބިލު މީހުނަށް، ބަދަލު ވަމުންދާ ދުނިޔޭގައި ކަންކަމަށް ލޯހުޅުވެންޖެހޭ!