ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

"ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ދިފާޢުގައި" މި މައުޟޫއަށް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް

ޕޯސްޓަރ : ނޫރުލްއިސްލާމް ޖަމްޢިއްޔާ، އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ޝައިހް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެ ޖަމްޢިއްޔާގެ ރައީސް ޝައިޚް މުހައްމަދު އަނީލް މަޢުލޫމާތު ދެއްވި ގޮތުގައި މި ދަރުސް އޮންނާނީ ސެޕްޓެމްބަރ 14 ވާ ހުކުރު ދުވަހުގެރޭ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއްޛިކުރާގަ އެވެ. ޝައިޚް އިލްޔާސް ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ "ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ދިފާޢުގައި" މި މައުޟޫއަށެވެ.

މި ދަރުސް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސީރަތް ވީހާވެސް ބޮޑަށް ހާމަކޮށްދީ، ހުޅަނގުން އިސްލާމްދީނަށް ފުރައްސާރަކޮށް ހިންގާ ޢަމަލުތަކުގެ ޙަޤީޤަތް އާންމުންނަށް އަންގައިދިނުން ކަމަށް ނޫރުލްއިސްލާމުން ބުންޏެވެ.

މި ދަރުސްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން އެދެ އެވެ.

ގުޅުންހުރި

6 ޚިޔާލު

  1. ސާބަހޭ ޝޭހް އަނިލް

  2. މާޝާ ﷲ…. ތިފަދަ ދަރުސަކަށް އަޅުގަނޑުމެންވެސް އިންތިޒާރު ކުރަން އެބަ… އަޅެ މާލޭގަވެސް ޝައިޚް އިލްޔާސްގެ ދަރުސެއް އިންތިޒާމްކޮށްދެއްވަ ބައްލަވާ… ޖަޒާކައް ﷲ ޚައިރަން..

  3. އަޅުގަޑު ވަރަށްބޮޑަށް އެދެން މާލޭގެ ބޮޑު ހުސްބިމެއްގައި ހަމަ މި މަޢުޟޫއަށް ދަރުސެއް ވަރަށް އަވަހަށް ބޭއްވުމަށް. މިމާލޭގައި އުޅޭ %100 ކަމަށް ދަޢުވާކުރާ ގިނަ ދިވެހި ޒުވާނުންނަކީ އެމެރިކާމީހުން “އެޅިހާބަތަކަށް ރިހަ” ވެގެން އުޅޭ ބައެއްކަމުން ލޮބުވެތި މާން ނަބިއްޔާ صلى الله عليه وسلم އާއި މެދު އަޅުގަޑުމެންގެ ހިތުގައި ލޯބި އޮންނަންޖެހޭނީ ކިހާވަރަކަށް ކަން މިހާރު އެންމެނަށް އެގެން އެބަޖެހޭ. ހަމަ ނޭގޭތީ ކޮންމެ ގޮތެއްވެސް ވަރިހަމަ ވެގެން މިއުޅެވެނީ!

  4. އަހަރުމެން މުސްލިމުން އެމީހުންގެ އަމިއްލަ ނަފުސައްވުރެން ބޮޑަށް ލޯބިކުރާ ބޭފުޅެއް މި އުއްމަތުގެ ރަސޫލާ އަކީ، އެކަލޭގެ ފާނަކީ މައުސޫމު ބޭފުޅެއް އަހަރުމެނަށް ފާފައެއް ކުށެއް ކުރެވުނަސް އެކަލޭގެ ފާނު ﷲ ވަނީ މައުސޫމު ކުރައްވާފައި ކުއްކުރުމާއި ފާފަކުރުމުން، އެހެން ކަމުން މުސްލިމުންގެ ހިތުގައި އެކަލޭގެ ފާނަށް އޮންނަ ލޯބި އެއީ ވަރަށް މަތިވެރި އެއްޗެއް، މުސްލިމުންގެ ރަގަޅު ކަމަކީ އެމީހުން ހުރިހާ ރަސޫލުން ނާއި ނަބީބޭކަލުންނަށް އީމާންވާން ޖެހޭކަން އީމާން ކަމުގެ ރުކުނެއްވެސްމެ، މުސްލިމުން ހުރިހާ ނަބީބޭކަލުން ނާއި ރަސޫލު ބޭކަލުން ނަށް އިހުތިރާމްކޮށް އެބޭކަލުންގެ ޤަދަރު ހިފަހައްޓާ، އެއްވެސް މުސްލިމަކަށް އެއްވެސް ނަބީބޭކަލަކާއި ދެކޮޅަށް އެބޭކަލެއްގެ ޤަދަރަށް އުނިކަން ލިބޭނެ އެއްވެސް ކަމެއްކުރުމުގެ ހައްޤެއް ލިބިގެންނުވޭ، ހުރިހާ ނަބީބޭކަލުން ނާއި ނަބީބޭކަލުން އެއީ މައުސޫމު ބަޔެއް، ފާފަ ތަކާއި ކުއްކުރުމުން ﷲ ވަނީ އެބޭކަލުން ރައްކާތެރިކުރައްވާފައި!

  5. އެމެރިކާ ރައްޔިތުން ވަނީ އަހުދު ތަކާއި މުޢާހަދާ ތަކާއި ޙިލާފުވެފައި، ބައިނަލް އަޤުވާމީ މުޢާހަދާ ތަކަށް އަރައިގެން ފައި، ޔޫއެން އަކީ އެރިކާ ދުނިޔެއް އަޅުވެތިކުރަން ހަދައިގެން އުޅޭ ތަނެއް،ކޮމަންވެލްތަކީ އިންގިރޭސިން ދުނިޔެ އަޅުވެތިކުރަން ހަދައިގެން އުޅޭ ތަނެއް، ކުފުރުގެ އަހުލުވެރިން ނަކީ މުސްލިމުންނާއި ދެކޮޅު ވުމުގައި އެއްބަޔެއް، އެމެރިކާ އެއީ ޔަހޫދީން، އިގިރޭސީން އެއީ ކުރިސްޓިޔަނުން ނަސާރާއިން،

  6. އިބުރާހިން ނާސީރުގެ ވެރިކަން ނިމުނު އިރު އަޅުގަޑު ވަރަށް ކުޑަ، މައުމޫނު ވެރިކަމަށް އިސްވި ދުވަސްވަރު ކުޑަކޮށް ހަދާންއެބަހުރި، މައުމޫނުގެ އާއިލާއިން ނާއި މައުމޫނަށް ތާއީދު ކުރިމީހުން ރާއްޖޭގެ އެތަން މިތާގައި ނާސިރަކީ ބޮޑުބާޢީއެއްކަމަށް ގޮވާ ހުތުރު ސޫރަކުރަހައިގެން މަގުމަތީގައި ދުވެއުޅުނު، ދުވަސްކޮޅކުން މައުމޫނު ސަރުކާރުން ޢިލްމުވެރިން ނިޒާމުން ގެއްލުވާލާ ޖަލައްލާ އަނިޔާކުރީ، މައުމޫނުގެ ވެރިކަން ބަދަލްވެ ނަޝީދުގެ ވަރިކަމުގެ 3 އަހަރު ތެރޭގައިވެސް އިސްލާމް ދީނަށާއި އިލްމުވެރިން ނަށް ފުރައްސާރުކުރުން، ނަޝީދުގެ ވެރިކަން ބަދަލްވެ ޑރ ވާހިދަށް ވެރިކަން ލިބުނީމަ އެމްޑީޕީ ނަޝީދު މަގުމަތީގައި ވަހީދަކީ ބާޢީއެއް ކަމަށްގޮވާ މައުމޫނު އާއިލާއިން ކުޅުނު ކުޅިކުޅެމުން ދަނީ، ދިވެހިން އެބަޖެހޭ އިސްލާމް ދީނަށް ލޯބިކުރާ ލީޑަރަކު ހޯދަން

Your email address will not be published. Required fields are marked *