އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އަމީން އާންމުގެ މަގާމަށް ޝައިހު މުހަންމަދު ފާރޫގު އައްޔަން ކުރައްވައިފި އެވެ،
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފާރޫގުއަކީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އިސްލާމިކް މިނިސްޓްރީގެ ނާއިބުއެވެ. އިސްލާމިކް މިނިސްޓްރީގެ ނާއިބު ކަމުގައި ހުންނެވި ފާރޫގަށް އެ މިނިސްޓްރީގެ އަމީން އާންމުކަން ރައީސް މުހަންމަދު ވަހީދު ދެއްވީ ނާއިބު ކަމުގެ ފެންވަރުގަ އެވެ.
ފާރޫގަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބޭބެއެވެ. ފާރޫގު ހުންނެވީ އެމްޑީޕީގެ މަޝްވަރާ މަޖިލީހުގެ ނާއިބު ރައީސްކަމުގައެވެ . އަދި ވަކިވެވަޑައިގެންނެވީ އެމްޑީޕީގެ ނުފޫޒު ގަދަ ބޭފުޅުންގެ އަމަލުތައް ގެންގުޅުއްވަނީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވަމުންނެވެ.

















advertisment
ޝައިޚް ފާރޫޤް އެމް ޑީ ޕީ އިން ވަކިވެވަޑައިގެންނެވީ އެޕާޓިގެ ލާދީނީ ޙަޔާތް
23ޑިސެމްބަރ އިއްތިޙާދުން ފުނޑުފުނޑު ކޮއްލާ “އަންނީގެ ލާދީނީ އެޖެންޑާ” ދިފާޢު ކުރަން ކުރި މަސައްކަތް ފެއިލްވެ ޝައިޚް ފާރޫޤް ގެ ކޮއްކޯފުޅު ޑރ ޑީޑީ ގެ ކަންފަތްމަތީ އެމް ޑީ ޕީން ތަފާއްޔެއްޖެހީމާ، މިސަރުކާރުން އެފަދަ ޖަރީމާއެއް ހިންގިޔަސް (ވަޒީފާގައި ހުރެވެއްޏާ އޯކޭ ވާނެ)
ފާރޫޤަކީ އަންނީގެ ލާދީނީ ފިކުރުތަކަށް ތާއީދުކޮށް އަންނި ވެރިޔަކަށ ހަދައިގެން އުލުއްވި ބޭފުޅެއް.
އެމްޑީޕީ އަކު ނޯންނާނެ މަޝްވަރާ މަޖިލިހެއް.