ސުވާލާއި ޖަވާބު ޢީދު ނަމާދު ކުރާނެ ގޮތް

ޢީދު ނަމާދު ކުރާނެ ގޮތް

ޢީދު ނަމާދު ކުރާނެ ގޮތް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު:

ޢީދު ނަމާދު ކުރާނެ ގޮތް ބުނެދެއްވާ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ޢީދު ނަމާދު ކުރާނީ ޚުޠުބާގެ ކުރިންނެވެ. ޢީދު ނަމާދަކީ ދެރަކްޢަތް ނަމާދެކެވެ. ފުރަތަމަ ރަކްޢަތުގައި ފުރަތަމަ ހަށަމާއި އެކު ހަތް ތަކްބީރު ކިޔަންވާނެއެވެ. ކޮންމެ ދެތަކްބީރެއް ދެމެދުގައި ވަގުތު ކޮޅަކު މަޑުކޮށްލަން ވާނެއެވެ. ނަމަވެސް، މިދެމެދުގައި ކިޔާނެ ވަކި ޛިކްރެއް ސުންނަތުން ވާރިދުވެފައެއް ނުވެއެވެ. ކޮންމެ ތަކްބީރަކާއި އެކު ދެއަތް ކަންފަތުގެ ފޫޅާއި ހަމައަށް އުފުލާލަން ވާނެއެވެ. ހަތްވަނަ ތަކްބީރު ނިމުމުން ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. އެއަށްފަހު ސޫރަތު ގާފް ނުވަތަ ސޫރަތުލް އަޢްލާ، މިއިން ކޮންމެވެސް އެއް ސޫރަތެއް ކިޔެވުން ސުންނަތްވެގެންވެއެވެ. އެއަށްފަހު ރުކޫޢު ސުޖޫދުކޮށް ނިމިގެން ދެވަނަ ރަކްޢަތަށް ތެދުވާނީއެވެ. ދެވަނަ ރަކްޢަތުގައި ފަސްފަހަރު ހަށަމް ބަންނަންވާނެއެވެ. އެއަށްފަހު ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. އަދި އެއަށްފަހު ސޫރަތުލް ގަމަރި ނުވަތަ ސޫރަތުލް ޣާޝިޔާ ކިޔަވާނީއެވެ. އަދި ރުކޫޢު ސުޖޫދު ކޮށް ނަމާދު ނިންމާލާނީއެވެ. ނަމާދު ނިމިގެން އިމާމާ މައުމޫމުންނާ މުޚާޠަބުކޮށް ޚުޠުބާ ދޭންވާނެއެވެ. والله أعلم.

 

ޓެގް

ފިތުރު ޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.