އަރަބިދުނިޔެދުނިޔެ

ސޫރިޔާ ސަރުކާރުގެ ހަނގުރާމަމަތީ ޖެޓެއް އިދިކޮޅުފަރާތްތަކުން ވައްޓާލައިފި

ސޫރިޔާ ސަރުކާރުގެ ހަނގުރާމަމަތީ ޖެޓެއް އެޤައުމުގެ އިދިކޮޅުފަރާތްތަކުން ވައްޓާލައިފިއެވެ.

"އިދިކޮޅު ހަނގުރާމަވެރިންވަނީ ޖެޓުވައްޓާލައި އޭގެ ޕައިލެޓް ހައްޔަރުކޮށްފައި،" ލޯކަލް ކޯރޑިނޭޝަން ކޮމިޓީސް (އެލްސީސީ) އޭކިޔުނު އެކްޓިވިސްޓުންގެ ވިއުގައިން އިއްޔެ ހާމަކުރިއެވެ.

ހަނގުރާމަވެރިން ވައްޓާލިކަމަށް ބުނާ ޖެޓުގެ ވީޑިއޯއަކާއި އަދި ހައްޔަރުކުރެވުނު ޕައިލެޓްގެ ވީޑިއޯއެއްކަމަށް ބުނާ ދެވީޑިއޯ އެލްސީސީންވަނީ ޔޫޓިއުބްގައި ޝާޢިއުކޮށްފައެވެ.

އިދިކޮޅުފަރާތްތަކުން ސަރުކާރުގެ ހަނގުރާމަމަތީ މިޖެޓު ވައްޓާލިކަމަށް ބުނާއިރު ސޫރިޔާގެ ދައުލަތުގެ ޓީވީން ހާމަކުރިގޮތުގައި މިޖެޓް ވެއްޓިފައިވަނީ ތަމްރީން މިޝަންއެއްގައި އުދުހެނިކޮށް ދިމާވި 'ޓެކްނިކަލް' މައްސަލައެއްގެ ސަބަބުންނެވެ. އަދި އެޗެނަލުން އިތުރަށް ބުނެފައިވާގޮތުގައި ޖެޓުވެއްޓުމުގެ ކުރިން ޕައިލެޓްވަނީ ވައިކުޑައަޅައިގެން އޭގެން ފުއްމާލާފައެވެ.

ސޫރިޔާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުން ކަތިލަމުންދާކަން ހެއްކާއި އެކު ފެންނަމުން ދާއިރުވެސް އެޤައުމުގެ ދައުލަތުގެ ޓީވީންނާއި އަދި އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ދަނީ އެޚަބަރުތައް ދޮގުކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *