ރާއްޖޭގެ ޚަބަރު އިއްޔެ ށ އަތޮޅުގެ ބައެއް ރަށްތަކަށް ބާރުގަދަ އަޑަކާއެކު ބިންހެލުމެއް އަތުވެއްޖެ

އިއްޔެ ށ އަތޮޅުގެ ބައެއް ރަށްތަކަށް ބާރުގަދަ އަޑަކާއެކު ބިންހެލުމެއް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

އިއްޔެ ށ އަތޮޅުގެ ބައެއް ރަށްތަކަށް ބާރުގަދަ އަޑަކާއެކު ބިންހެލުމެއް އަތުވެއްޖެއެވެ.

ށ އަތޮޅު ބައެއް ރަށްތަކުގެ މީހުންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ބިންހެލުމުގެ އަސަރު ށ. މިލަންދު އާއި ފީވަކާއި ފޯކައިދު އާއި ނަރުދުއަށް ކޮށްފައިވެއެވެ. ބާރުގަދަ އަޑަކާއެކު އައި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ އިހްސާސް ވެފައިވާކަމަށްވެއެވެ. ގާތްގަޑަކަށް 5 ސިކުންތަށް ދެމިގެން ދިޔަ ބިންލުމުގައި އެއްވެސް ތަނަކަށް ގެއްލުން ލިބިފައިނުވިނަމަވެސް އެރަށްތަކުގެ މީހުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވެއެވެ. އަދި އެމީހުންނަށް އެކަން އިހުސާސްވެފައިވާއިރު މޫސަމާ ބެހޭ އިދާރާއިން އެކަން ދޮގު ކުރާތީ ގިނަ ބަޔަކުވަނީ މޫސުމާ ބެހޭ އިދާރާއާއި މެދު އޮތް އިތުބާރު ކުޑަވެފައިވާކަމަށް ބުނެފައެވެ.

ށ އަތޮޅަށް ބިންހެލުން އައި ކަމަށް އެރަށްތަކުގެ މީހުން ބުނަމުންދާއިރުވެސް މޫސުމާ ބެހޭ އިދާރާއިންވަނީ މިހަބަރު ދޮގު ކޮށްފައެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.