ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޢަބްދުއްސަލާމްގެ ޚާއްޞަ ދަރުސެއް މިރޭ ވިލިމާލޭގައި

ޖަމްޢިއްޔަތުއްސަލަފުން 15 މާޗް 2008 ގައި ބޭއްވި "އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް" ދަރުސް ފެށުމުގެ ކުރިން ސަލާމް ވާހަކަދައްކަވަނީ

ޖަމްޢިއްޔަތުއްސަލަފުން 15 މާޗް 2008 ގައި ބޭއްވި "އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް" ދަރުސް ފެށުމުގެ ކުރިން ސަލާމް ވާހަކަދައްކަވަނީ

ޢަބްދުއްސަލާމް ބިން ދާވޫދު (ސަލާމްބެ)ގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
"ދިއިސްލާމް"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު ވިލިމާލޭ މަސްޖިދުލް އިޚްލާޞްގަ އެވެ.
ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އެއީ ﷲ އެވެ." މިމައުޟޫއަށެވެ.
ޕީސް ފައުންޑޭޝަނުން އިންތިޒާމްކުރާ މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އެޖަމްޢިއްޔާއިން އެދެ އެވެ.

ސަލާމްބެއަކީ ޖަމްޢިއްޔަތުއްސަލަފްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައާއި އެޖަމްޢިއްޔާގެ އިސްލާމިކް ކައުންސިލިންގ ޑިޕާޓްމަންޓްގައި ޙަރަކާތްތެރިވެލައްވާފައިވާ ބޭފުޅެކެވެ.

ގުޅުންހުރި

3 ޚިޔާލު

  1. މާޝާﷲ

  2. މަޝާﷲ

  3. ތިއްތިބޭ ތި ކުރާ މަސައްކަތުގަ މާތްﷲ ރަހުމަތް ލައްވާށި. އާމީން

Your email address will not be published. Required fields are marked *