ރާއްޖޭގެ ޚަބަރު

"މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒުކުރުމަށް ޤާނޫނީ ހުރަހެއް ނެތް": ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު. ދިއިސްލާމް ފޮޓޯ: އަޝްވާގު

ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު. ދިއިސްލާމް ފޮޓޯ: އަޝްވާގު

"މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒުކުރުމަށް ޤާނޫނީ ހުރަހެއް ނެތް"ކަމަށް ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑޮކްޓަރ ޖަމީލް ވިދާޅުވީ، “މީހުން މަރާ މީހުން މަރަން އެއީ އެކަށީގެންވާ އަދަބުތޯ ނޫނިއްޔާމު އެ އަދަބު ބަދަލުކުރަންވީތޯ ރާއްޖޭގެ މިހާރު ވެސް ޤާނޫނުގަ ހުރަހެއް ނެތް މަރަށް މަރު ކަނޑައެޅުމުގަ. އެހެންވެއްޖިއްޔާމު ދެން ތަމްފީޒު ކުރުމުގަ ހުރަހެއް އޮތް ކަމަށް ވަންޏާ، އެ ވެސް މަޖިލީހުގެ ތެރެއިންނާ އެކީގަ ވާހަކަ ދައްކާ ގޮތެއް ނިންމަންވީ. ގޮތެއް ކަނޑައަޅައިގެން ގެންނާށޭ. އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުމެންނާ ހަމައަށް ޤާނޫނު ހަދާ ފަރާތުންނާ އެހެން ފަރާތަކުން ގެންނަ ކޮންމެ ޙުކުމެއް ކޮންމެ ޢަދަދެއް ތަންފީޒު ކުރުމަށް ހޯމް މިނިސްޓްރީ ފަހެއް ނުޖެހޭނެ. އެ ގޮތުގެ މަތިން އެ ކަންތައްތައް ކުރިއަށް ގެންދާނެ.”ކަމަށެވެ.

ހޯމް މިނިސްޓަރ ޑރ މުހައްމަދު ޖަމީލް އިތުރަށް ވިދާޅުވީ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ އަދަބަކީ އެކަށީގެންވާ އަދަބުތަކެއް ކަމަށް ނުވާނަމަ، އެއެއަށްވުރެ ބޮޑެތި އަދަބުތައް ވެސް ކަނޑައެޅުމަށް ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގެ އިސް ފަރާތްތަކުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ރާއްޖޭގައި ޢަދުލު އިންސާފު ބޮއްސުން ލާފައިމިވަނީ ރާއްޖޭގައި ޤާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވިގެންނެވެ. ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނީ އިސްލާމީ ޝަރީއަތުގެ ދަށުން ހެދިފައިވާ ޤާނޫނުތަކެވެ.

ގުޅުންހުރި

9 ޚިޔާލު

  1. ކޮންޤާނޫނެއް އަލުން ހަދާކައްތަ.އެންމެ ބާރުގަދަ މަތިވެރި އިލާހީ ގާނޫނުގައި އެއޮތީ މަރަށްމަރު ހިފުމުގެ މާއްދާ ބަޔާންކޮށްފަ. ހަމަމަރަންވީ.

  2. މިޤައުމުގައި އިސްލާމީ ޝަރިޔަތުގައި ކަނޑައެޅިފައިވާ ޢުޤޫބާތެއް ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާ ބޭނުންވަނީ ކީއްވެގެން؟ އެއީ ކޮންބައެއް؟

  3. އެއީ މިބުނާ ވާހަކަ … ﷲ ގެ ޤާނޫން ތަންފީޒު ކުރަން އަދި އެހެން ބައެއްގެ ލަފަޔާ މަޝްވަރާއާ ހުއްދަ ހޯދަންޖެހޭ … އެއީ އެބުނާ ޑިމޮކްރަސީ އަކީ……………….. ލޮލް …އަދި މިދާވަރުންދަންޔާ ހީވާ ގޮތުން އެކަން ކުރަން ހުރިހާ ރައްޔިތުންގެ ވޯޓަކަށްވެސް ދާނެ …ލައިކް ޑިމޮކްރަސީގަ ވެރިޔާ އައްޔަންކުރަން އޮންނަ ގޮތަށް…ދެން އޮަންނާނީ މެޖޯރިޓީ ބޭނުންވާ ގޮތް ….

  4. ﷲ ގެ ހުކުމްފުޅުގެ މައްޗަށް މަޖިލީހުން ޤާނޫނެއް ނުހެދޭނެ! ހަދާކަމުގަވަންޏާ އެބަޔަކު އެތިބީ ދީނުން ބޭރުވެފަ! ދީނުން ބޭރުވުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ! ﷲ ގެ ހުކުމްފުޅު ތަންފީޒު ކުރަންވީ، ﷲ ގެ ޝަރީއަތް ޤާއިމުކުރަންވީ! ނޫނީ އެކަމާއިމެދު މަދަމާ ﷲ ތިޔަބައިމީހުނާއި ސުވާލުކުރައްވާނެ އަދި ޙައްޤު ޖަޒާ ދެއްވާނެ! އެހެންކަމުން މަޖިލިސް މެމްބަރުންނާއި ޙުކުމް ތަންފީޒުކުރަން ތިބި ފަރާތްތަކަށް ﷲ އަށް ބިރުވެތިވުމަށް ގޮވާލަން!

  5. ދައުލަތް ހިންގުމުގެ ވެރިންގެ ގޮތުގައި ތިއްބަވައިގެން ﷲގެ ދީން މަތިވެރިކުރުމަށާއި، ﷲގެ ޙުކުމްފުޅު ޤާއިމްކުރުމަށް އެހެންބައެއްގެ ލަފާހޯއްދެވުން އެއީ ވަރަށް މޮޔަކަމެއް. ﷲއަށް ބިރުވެތިވޭ. ޖަމީލް ސަރ! ކޮން މަޖްލިސެއްގެ ރުހުމެއް ހޯދާކަށްތޯ؟ ﷲގެ ޙުކުމް ފުޅު ރޯދިމާއަށް އެއޮތީ ފެންނަނަން. އިތުރު ފަރާތެްގެ ލަފައެއް ދޭން ހޯއްދަވާކަމަށް ވަންޏާ އެއީ ﷲގެ ޙުކުމްފުޅު ޤަބޫލުނުކުރުން ނޫނީ ދެން ކޮންކަމެއްތޯ؟ ވިސްނަވާ ޖަމީލް ސަރ! އަދި އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ! ޕްލީޒް…..

  6. މިރާއްޖޭގައި އިސްލާމީ ޝަރީޢަށް ތަންފީޒު ކުރުމަށާއި ތަތުބީޤު ކުރުމަށް ހުރަސް އަޅާ ބަޔަކީ މަޖިލިސް މެންބަރުން، އެމެންބަރުން ބޭނުމެއްނުވޭ ކޮންމެހެން އިސްލާމީ ޝަރީޢަތެއް މިތާކު އޮންނާކަށެއް، އެމީހުން ހަދަ ސޭކު ޤާނޫނު ނުވިކޭނެތީ އުޅޭ ލާދީނީ ބައިގަޑެއް އެއުޅެނީ!

  7. ޤާނޫނު ހަދާ މަޖިލިސް ތެރޭގައި އިސްލާމް ދީން މިރާއްޖޭގައި ތަންފިޒުކޮށް ތަތުބީޤު ކުރާމިންވަރު ބަލާ ޝާރުއީ ކޮމޮޓީއެއް މަޖިލިސްގައި އޮންނަން ޖެހޭ، ދައުލަތުގެ ދީން ތަތުބީޤު ކުރުމަކީވެސް މަޖިލިހުގު ޒިންމާއެއް، ހަމައެކަިނި މަޖިލުހުން ބަލަންޖެހެނީ އޮފީސްތަށް ހިންގާގޮތެއް ނޫން!

  8. އެއްބަޔަކު ތިމަން މެން އިސްލާމް ދީން ޤަބޫލު ނުކުރަމޭ ބުނަން ނުކެރިން ބުނަމުން މިދަނީ ޑިމޮކުރަސީ ގެންނާށޭ މިއުޅެނީ! އަނެއް ބަޔަކު އިސްލާމް ދީނުގެ ބަޔެއް ކަންކަން ތިމަން މެން ޤަބޫލު ނުކުރަމޭ ބުނަން ލަދުން މިބުނަނީ އަންހެނުން ނާއި ކުޑަކުދިން ނަށް އަނިޔާކުރުން ހުއްޓުވުން، އަނެއް ބަޔަކު އިސްލާމް ދި ޤަބޫލު ނުކުރަމޭ ބުނަން ލަދުން މިބުނަނީ އިންސާނީ ހައްޤަޢި މިނިވަންކަމޭ! އަނެއް ބަޔަކު އިސްލާމް ދީން ޤަބޫލު ނުކުރަމޭ ބުނަން ލަދުން މައުލޫމާތު ހޯދުމުގެ މިނިވަން ކަން، މިހެން ގޮސް އެތަކެއް ކަމެއް، މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އިލްހާދާއި ލާދީނީ ކަންކަން ފެތުރުން! 

  9. އާދަމް އަށް ތާއީދު! ޖަމީލު ސާރ އަކީ އަޅުގަޑުގެވެސް ހަމަ ސާރ. އެކަމަކު މިފަހަރު އެވިދާޅުވީ ކުށްބަހެއް. “މަރަށް މަރުހިފުން” މިއީ އިލާހީ ޤާނޫނު. އެހެން ގޮތަކަށް ޝަރަހަކުރުމަކަށް ނުވަތަ ރައްޔިތުންގެ ކުރިމަތީގައި ޢިއްޒަތާއި އަބުރު ގެއްލިފައިވާ ސާރިދޯޅުފަދަ ގޮތަށް ބިހޭވުކުރާ ޑިމޮކްރަސީއަކީ އެބައެއްގެ ދިރިއުޅުން ކަމަށް ދެކޭ ބައެއްގެ ފަރާތުން މިފަދަ ޙުކުމަކަށް ތަންފީޒު ކުރުމަށް އިތުރު ވާހަކައެއް ދައްކާކަށް ނުޖެހޭނޭ! ﷲގެ ޙުކުމަކީ ކުޅޭ ކުޅޭ އެއްޗަކަށް ހެދުމަށް ފުރުޞަތު ދެއްވައިގެން ނުވާނެ.! ރަގަޅަށް އެގިވަޑައިގަންނަވާނެ، ތިޔަވިދާޅުވާ މަޖްލިސްގެ އެތިއްބެވި ބ…ޅުން. އެއީ މިފަދަ ކަމެއް ގާތްވެސް ކުރަން ހެޔޮ ބައެއް ނޫން. ވީހާ އަވަހަކަށް މަރަށް މަރު ހިފުމުގެ ޙުކުމަށް ތަންފީޒު ކުރެވޭނެ ނިޒާމެއް މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އަވަހަށް ނިންމަވާ! އުނދަގޫކަމަށް ނުވާނެ އިންޝާﷲ. ﷲގެ މަގުގައި ކުރާ ހެޔޮކަންތަކަކީ އެކަމުގައި މިދުނިޔެމަތީގައިވެސް ބަރަކާތް ލިބިދާނެކަންތައް! އަވަހަށް ދެވަނަ ވިސްނުމަކަށް ވިސްނަވާ! މިފަދަ ފުރުޞަތު ތަކެއް ނުލިބޭނެ. ﷲގެ ޝަރީޢަތަށް ނަޞްރު ދެއްވޭތޯ ބައްލަވާ. މާދަމާވެސް މަޤާމް ގެއްލިދާނެ. މިކަން ކުރެވިއްޖިއްޔާ އެކުރެވުނީ ބޮޑުކަމެއް. ގެއްލިގެން ނުދާނެ އިންޝާﷲ!! މަނިކުފާނަށް އިޚްލާޞްތެރިކަމާއި ސާބިތުކަން ދެއްވާށިއެެވެ.! އާމީން.

Your email address will not be published. Required fields are marked *