ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

"އުންމަތަށްޓަކައި ކަރުނައެއް" މިމައުޟޫއަށް ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ބުރާސްފަތި ދުވަހުގެރޭ

ޑިސެމްބަރު 1، 2011 ގައި ޝައިޚް އާދަމް ޝަމީމް (ކ) ދަރުސެއް ދެއްވުމަށްފަހު ދަރުސަށް ޙާޟިރުވި ބަޔަކާ ބައްދަލުކުރައްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޑިސެމްބަރު 1، 2011 ގައި ޝައިޚް އާދަމް ޝަމީމް (ކ) ދަރުސެއް ދެއްވުމަށްފަހު ދަރުސަށް ޙާޟިރުވި ބަޔަކާ ބައްދަލުކުރައްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ ޚާއްޞަ ދަރުސެއް މިމަހު 10 ވާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު "ދިއިސްލާމް"އަށް މަޢުލޫމާތުދިން ގޮތުގައި، މިދަރުސް އޮންނާނީ އެރޭ 20:30 ގައި މާލޭހިޔާ ފްލެޓް ކައިރީގައި ހުންނަ ފުރުޤާން މިސްކިތުގައެވެ. ޝައިޚް ދަރުސް ދެއްވާނީ "އުންމަތަށްޓަކައި ކަރުނައެއް" މިމައުޟޫއަށެވެ.
"އިސްލާމީ އުންމަތަށް ދެރަކަން ލިބިފައިވާތަން ފެނުމުން ރޮވޭ، ކަންބޮޑުވޭ. އޭގެ ސަބަބާ މެދުގައި ވިސްނައި ފިކުރުކުރެވޭ. އެކަމުގެ ޙައްލު ހޯދަން ބޭނުންވޭ. މިއީ ކޮންމެ ތެދުވެރި މުސްލިމެއްގެވެސް ޝުޢޫރު ކަމުގައިވާނެކަން ޔަޤީން" މިދަރުސްގައި ބައިވެރިވުމަށް ދަޢުވަތުދީ، ޝައިޚް ޝަމީމްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ.
މިދަރުސް އަޑުއެހުމަށް ފިރިހެން ބޭފުޅުންގެ އިތުރުން އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އިށީނދެތިބުމަށް ގޮނޑި ޖެހުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޒުވާނުންކޮޅެއް އިސްނަގައިގެން އިންތިޒާމްކުރާ މިދަރުސް އަޑުއެހުމަށް ދެޖިންސުގެ ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އެފަރާތުން އެދެއެވެ.

ގުޅުންހުރި

5 ޚިޔާލު

  1. އެއްވެސް ރޭޑިއޯ ސްޓޭޝަނަކުން ނުވަތަ ޓީވީ ޗެނަލަކުން ލައިވް ކުރާނެބާ؟

  2. ﷲ ގެ ހެޔޮ ރަޙްމަތްފުޅާއި އެކު ރޭޑިޔޯ އެޓޯލް އިން ލައިވް ކުރާނެ ކަމަށް އުއްމީދު ކުރޭ.

  3. މިއަދު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮމިންވަރުފުޅުން އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި މިފަދަހެޔޮކަންކަން އިންތިޒާމްކޮށް އިޖްތިމާޢީ އެކިއެކިކަންކަން ﷲގެ ވަޖްހުފުއަދައިގެން ކޮށްއުޅޭކުދީންގެ ވާހަކައިވުމުން ވަރަށްއުފާވޭ.
    ނަމަވެސް މިފަދަމާޙައުލެއް މިރާއްޖޭގައި ބިނާކުރުމުގެ ފުރަތަމަ މަރުޙަލާގައި ގިނަގުނަމަސައްަތްޕުތަކެއް ކުރެއްވި އަލްމަރްހޫމް މުޙައްމަދު އިބްރާހިމް (ޝެއިޚް ޖަނާބް)ރަޙިމަކަﷲ ގެމަތީން ހަދުމަކޮށް އެމަރްޙޫމަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކޮށްދެއްވުންއެދި ﷲގެ ޙަޒްރަތަށް ދައްނަވަމެވެ.
    އެއީ1994 ގެ މެދުތެރެއެވެ.
    ދީނީއެއްބައިވަންތަކަން ނަގާލީއޭބުނެ މިފަދަދަރުސެއްދެއްވައިގެން އެދަރުސްދެއްވި ރަށުގެ އެތައްޒުވާނުންނަކާއި އަލްމަރްޙޫމް ޝެއިޚް ޖަނާބުގެއިތުރުން ޝެއިޚް ނިޒާރުވެސް ގާމާދޫގެ ޖަލުގައި 15 ވަރަކަށް މަސްދުވަހު ބަންދުކޮށްދިން އަދަބުތައްވެގެންދިއައީ މިރާއްޖޭގައި ޚާއްޞަކޮށްމާލޭގައި ދީނީކަންކަމަށް ވިސްނާޒުވާންކުދީގެ ނިޞްބަތް މަތިވާންފެށުމުގެ ފެށުންކަމުގައި ދެކެމެވެ.
    މާތްﷲ އިސްލާމްދީނުގެ އަލިންމިޤައުމު އަލިކުރައްވާ އެއްމެހާ ދިވެހިރައްޔިތުންނަށް ތެދުމަގު ދައްކަވާ ހެޔޮގޮތް މިންވަރުކުރައްވާށި…. އާމީން

  4. ފުރާންސުގެ ރައްޔިތުން ސަރުކޯޒީ ބަލި ކުރިގޮތަށް މައުމޫނާއި ނަޝީދު ބަލިކުރުމަށް ލޮބުވެތި ދިވެހި ދަރިންނަށް ގޮވާލަން، މައުމޫ ނާއި ނަޝިދަކީ ޤައުމަށް ހަރާންކޯރް ވެފައިވާ ބޮޑު ދެފެއިލަރުން، މިފަދަ މީހުން ލައިގެން މާލިމީކަމެއް ނުކުރެވޭނެ، އޮޑި އިސާހިތަކުން ފަރަށް އަރާނެ؟

  5. އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ލޯބި ލިބިފައިވާ ދީން ރަގަޅަށް އެނގޭ ( ރަސޫލުﷲ ގެ ސުންނަށް ދިރުވަން ބޭނުންވާ ) ލޮބުވެތި ޝައިހުން ގެ މިއަގުހުރި ދީނީ ދަރުސްތަށް އެބަޖެހޭ މިހާރު ގެ ޓީވީ އެމް އިން ޖަލްސާ ނިމެންދެން ލައިވްކުރަން. މިހެން މިދެންނެވީ ދިވެހި ރައްޔިތުންގެ ބޮޑުބައެއް ދިރިއުޅޭނީ ރާއްޖެތެރޭގައި ކަމަށްވާތީ އެފަދަ ފަރާތްތަކަށް މިނަސޭހަތް އަޑުއިވުން ވަރަށް މުހިންމު. ގިނަ ފަހަރަށް ހަމަ އެކަނި މިފެންނަނީ މާލޭގެ ދިރިއުޅޭ ފަރާތްތަކަށް އެވެސް ދީނަށް ލޯބި ކުރާ ފަރާތްތައް.

Your email address will not be published. Required fields are marked *