ސިހުރަކުން ސަލާމަތްވާން ތަވީދު އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސިހުރަކުން ސަލާމަތްވާން ތަވީދު އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސުވާލު:

ޖެހިފައިވާ ސިހުރަކުން ސަލާމަތްވާން ތަވީދު އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ތަވީދު އެޅުމާއި ބެހޭ ގޮތުން  ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ من تعلق تميمة فقد أشرك މާނައީ " ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރު ޝިރްކު ކޮށްފިއެވެ." އެހެން ރިވާޔަތެއްގައި އައިސްފައިވާބަސް ފުޅެއްގެ މާނައިގައި ވެއެވެ. " ތަވީދެއް އަޅާފައިވާ މީހަކަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާޙަދީޘް ކުރެއްވިއެވެ" މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އެހިނދު އޭނާ ދެންނެވިއެވެ. ތިމަން ބަލިކަމުން އަޅާފައިވާ އެއްޗެކެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ." ތިޔަ ނަގާށެވެ!  އޭގެ ސަބަބުން ތިބާއަށް ބަލިމަޑުކަން  އިތުރު ވުން ނޫނީ ނުވެއެވެ. ތިބާ އަތުގައި ތިޔަވާ ހާލުގައި ތިބާ މަރުވެއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ."

    ތަވީދު އަޅާފައިވަނީ ކީރިތި ޤުރްއާނުން ނުވަތަ މާތް ﷲ ގެ ސިފަފުޅުތަކުން ނުވަތަ އެކަލާނގެ އިސްމުފުޅުތަކުން ކަމުގައި ވާނަމަ އެފަދަ އެއްޗެއް އެޅުމާއި މެދު އުންމަތު ސަލަފުންގެ މެދުގައި ޚިލާފެއް ވެއެވެ. ނަމަވެސް އިސްވެދިޔަ ނަބަވީ އިރުޝާދުގައި އެވަނީ ވަކި ބާވަތެއް ތަފާތު ނުކުރައްވައި ޢާންމު ގޮތެއްގައި ތަވީދު އެޅުން ހުއްދަނޫން ކަމުގައި ބަޔާން ކުރައްވާފައެވެ. ވީމާ ތަވީދު އެޅުމަކީ ހުއްދަ ކަމެއް ނޫންކަން ޘާބިތުވެއެވެ.

ރުޤްޔާގެ މާނައަކީ " ފަރުވާ އަކަށް ނުވަތަ ރައްކާތެރި ކަމަށް ކީރިތި ޤުރްއާން ނުވަތަ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ގެ ސުންނަތުން ސާބިތުވާ ދުޢާތައް ނުވަތަ އެނޫންވެސް ޝިރުކު ކަމުގައި ނުހިމޭ އެއްޗެއް ކިޔެވުން ނުވަތަ ކިޔަވާފައި ފުމުން ނުވަތަ މެތުރުމެވެ.

އަންނަނިވި ޝަރުޠުތައް ހަމަވާނަމަ ރުޤްޔާ ހުއްދަވެގެން ވާ ކަމަށް ޢިލްމުވެރިން އިޖްމާޢު ވެއެވެ. " ހ- އެ ކިޔަވާ އެއްޗަކީ ކީރިތި ޤުރްއާން ނުވަތަ މާތް ﷲ ގެ ޞިފަފުޅުތަކާއި އިސްމުފުޅުތައްކަމުގައި ވުން. ނުވަތަ  ސުންނަތުން ޘާބިތު ޢިބާރާތެއްކަމުގައި ވުން.

  ށ- ޢަރަބި ބަހުން ނުވަތަ އެހެން ބަހަކުންވިޔަސް އެކިޔާ އެއް ޗެއްގެ މާނަ އެނގޭ ފަދަ ގޮތަކަށް ކިޔެވުން.

  ނ- އެ ކަންމަކަމަކީ އޭގެ ޒާތުގައި އަސަރުކުރުވާ ކަމެއްނޫންކަމާއި ، ނަމަވެސް އެއީ ސަބަބެއް ކަމާއި އެކަންކަމުން ފައިދާ ވާނީ މާތް ﷲ ގެ އިޛްނަ ފުޅާއެކު ކަމަށް ފަރުވާ ދޭ މީހާއާއި ފަރުވާ ލިބިގަންނަ މީހާ ޤަބޫލު ކުރުމެވެ.

والله أعلم.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.