ދީންސުވާލާއި ޖަވާބު

އެހެންމީހަކާ މާބޮޑަށް ގައިގޯޅިވެވި ލައިކްވެވިއްޖެނަމަ ފިރިމީހާ ކައިރިން ވަރިއަށް އެދެވިދާނެތޯ؟

ސުވާލު:

އަނބި މީހާ އެހެންމީހަކާ މާބޮޑަށް ގައިގޯޅިވެވި ލައިކްވެވިއްޖެނަމަ ފިރިމީހާ ކައިރިން ވަރިއަށް އެދެވިދާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:ފިރިމީހާ އަނބިމީހާ އަށް އަޅާ ނުލުން ފަދަ މަގްބޫލު ސަބަބަކާ ނުލާ ފިރިމީހާގެ ގާތުން ވަރިއަށް އެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاقًا فِي غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّة) މާނައަކީ: "ކަމަކާ ނުލާ ވަރިއަށް އެދޭ އަންހެނާ އަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެއްޖެއެވެ".

ނަމަވެސް، މަގްބޫލު ސަބަބެއް އޮވެއްޖެނަމަ، ވަރިއަށް އެދުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ. ނޫންނަމަ ޚުލްޢުވާން އެދުމުގެ ޙައްގުވެސް ލިބިގެންވެއެވެ. "ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ.

މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެއް ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތްބިންގައިސް އާ އެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތްބިންގައިސްއާ އެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.) ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ." (ނަމަވެސް މިފަދަ ނިންމުމަކާ ހަމަޔަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. والله أعلم

 

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން