ރާއްޖޭގެ ޚަބަރު

އެމްޑީޕީއިން ކުރިއަށް ގެންދިޔަ "އިންސާފުގެ ދަތުރު" ރޫޅާލައިފި

ލޮނު ޒިޔާރަތް ކޮޅުގައި ހަދާފައިވާ ފެންވަރުގެ ޖަގަހައެއް. ދިއިސްލާމް ފޮޓޯ: އަޝްވާގު

ލޮނު ޒިޔާރަތް ކޮޅުގައި ހަދާފައިވާ ފެންވަރުގެ ޖަގަހައެއް. ދިއިސްލާމް ފޮޓޯ: އަޝްވާގު

އެމްޑީޕީއިން ކުރިއަށް ގެންދިޔަ "އިންސާފުގެ ދަތުރު" ރޫޅާލައިފިއެވެ.

އެމްޑީޕީ އިން މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 'އިންސާފު ދަތުރު' ގެ ކުރިއަށްދިޔަ ސަރަހައްދަށް މިއަދު ހަވީރު 4 ޖެހިއިރު ސަލާމަތީބާރުތަކުން ވަދެ ރޫޅާލާފައިވާއިރު ފުލުހުންވަނީ އެތަނާއި މެދު ތަފާތު  ކޮށްފައެވެ. ފުލުހުންގެ މީޑިއާއިން ހާމަކުރައްވާފައިވާ ގޮތުގައި އެތަން ރޫޅާލާފައިވަނީ ފުލުހުންނާއި ސިފައިންނަށް ލިބިފައިވާ ބާރުގެ ދަށުންކަމަށެވެ.  މިއަދު ހަވީރު ސަލާމަތީބާރުތަކުންވަނީ އެސަރަހައްދަށްވަދެ އެސަރަހައްދުގައި ތިބި އާންމުން ބޭރުކުރުމަށްފަހުގައެވެ. އަދި މީގެ އިތުރުން ފުރަތަމަ ވަނީ މީޑިއާވެސް އެސަރަހައްދުން ބޭރުކޮށްފައެވެ.

ސަލާމަތީ ބާރުތަކުން އެސަރަހައްދު ބަލާ ފާސްކުރުމަށްފަހު ހާމަކޮށްފައިވަނީ އެތަނުން ބަނގުރާ ފުޅިއާއި ބިޔަރު ދަޅާއި ބަނގުރާ އަޅާފައިވާކަމަށް ޝައްކު ކުރެވޭ ކުކިން އޮއިލް ހަމެއްވެސް ވަނީ ހޯދާފައެވެ. އަދި މީގެ އިތުރުން ކޮންޑަމްވެސް ފެނިފައިވާކަމަށް ސެރަހައްދުގައި ހަރަކާތްތެރިވި ދިއިސްލާމްގެ މުރާސިލް ހާމަކުރެއެވެ.

ލޮނު ޒިޔާރަތްކޮޅު މިހާރު ވަނީ ރޫޅާލާ އެތަން ސާފުކޮށްފައެވެ. އަދި އެތަން މިހާރު ވަނ ސަލާމަތީބާރުގެ ބެލުމުގެ ދަށުގައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ނާސިގެއަކާ ބޮޑަށް ވައްތަރީ، އެހެން މިބުނީ ބޭނުން ނުކުރާ އަދި ބޭނުން ކޮށްފަ ހުރި ކޮންޑަމް އެތަންތަނުން ފެނުނީމަ…….

Your email address will not be published. Required fields are marked *