މ. ޝެރިފްގައި ހިންގަމުންދާ ސެލޫންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔައީ އެބޭފުޅާ ނޫންކަމުގައި ޝެއިޚް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މ. ޝެރިފް ގޭގައި ހިންގަމުން ދިޔަ ސެލޫން އަކީ ޝެއިޚް އަލީ ޝަރީފްގެ ތަނެއްކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން ދިއިސްލާމްއިން ޝެއިޚް އަލީ ޝަރީފް އަށް ސުވާލު ކުރުމުން އެބޭފުޅާ ވިދާޅުވީ އެއީ އެބޭފުޅާ އާއި އެބޭފުޅާގެ 2 ބެއިންގެ ގެއެއްނަމަވެސް އެކަމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ.
"މ. ޝެރިފް ގެ އަކީ އަޅުގަނޑާއި އަޅުގަނޑުގެ 2 ބެއިންގެ ގެއެއް. އެގޭގެ ފްލޯރ އެއް ވާނީ މުހައްމަދު ވަހީދު (ދަފްތަރު: 3941) އަށް ކުއްޔަށް ދީފައި. އަޅުގަނޑުމެން ގެ ގޭގައި ބަދު އަޚުލާގީ އަމަލު ހިންގަމުން އަންނަ ކަމުގެ ޝަކުވާ ލިބުމުން އަޅުގަނޑުވާނީ 2011 ވަނަ އަހަރުގެ ޖުލައި 17 ގައި ލިޔުމަކުން އެފަދަ ޝަކުވާ ލިބޭކަމަށާއި އެފަދަ ކަން ނުކުރުމަށް ލިޔުމުން އަންގާފައި. އަދި އޭރު ފުލުހުންނަށް ވާނީ އެކަން ރިޕޯޓްވެސް ކޮށްފައި. އެހެނަސް ފުލުހުންވަނީ އެތާގައި އެފަދަ އަމަލުތައް ހިންގާކަން ޔަގީން ވުމުން ނޫނީ އެތަން ބަންދު ނުކުރެވޭނެކަމަށް ބުނެފައި. އަޅުގަނޑުމެންވެސް މިތިބީ އެގްރިމެންޓެއް ހަދައިގެން އެފަދަ އަމަލެއް ކުރާކަން ފަޅާ އެރުމުން ނޫނީ އެގްރީމެންޓް ބާތިލް ކުރެވޭކަށް ނެތް. ދެން އަޅުގަނޑުވެސް އިންތިޒާރު ކުރަމުން މިއައީ އެތަން ބަންދު ކުރާނެ ދުވަހަކަށް." ޝެއިޚް އަލީ ޝަރީފް ވިދާޅުވިއެވެ.
ޝެއިޚް އަލީ ޝަރީފް އާއި މެދު އެމްޑީޕީގެ ބައެއް ފަރާތްތަކުން ޝޯޝަލް ނެޓްވޯކްތަކުގައި ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދު ދެއްވަމުން އިތުރަށް ވިދާޅުވީ " ހަށިވިއްކުން ފަދަ އިސްލާމްދީނާއި ޚިލާފް އަމަލުތައް ހުއްޓުވުމުގައި އަޅުގަނޑު އަބަދުވެސް ކުރީ ސަފުގައި ހުންނާނަން ބަޔަކު ހިތްހަމަ ނުޖެހުނަސް. އިންޝާﷲ. އޭރުގެ ސަރުކާރުން ހަށިވިއްކާ ތަންތަން ބަންދުކުރުމާއި މެދު އިހުމާލުވެފައިވާތީ އަޅުގަނޑު ވާނީ 23 ޑިސެމްބަރު މުޒާހަރާގައި އެފަދަ ކަންކަން ހުއްޓުވުމަށް އަމަލީ ގޮތުން އިސް ސަފުގައި ހަރަކާތްތެރިވެފައި. އެތަން ބަންދު ކުރީމާ މިހާރު މިހުރީ ވަރަށް ހިތްހަމަ ޖެހިފައި"ކަމަށެވެ.
23ޑިސެމްބަރުގެ ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ 'ހަށިވިއްކާ ތަންތަން' ބަންދު ކުރުމުގެ އަމަލީ މަސައްކަތް ދާދިފަހުން ވަނީ ފަށާފައެވެ. މިހާތަނަށް 2 ތަން ވަނީ ފުލުހުން ވަދެ 'ރެޑްހޭންޑް'ކޮށް ހިފާ އެތަންތަން ބަންދުކޮށްފައެވެ. ހަށިވިއްކާ ތަންތަން ބަންދުކުރާތީ މަދު ބަޔަކު ހިތްހަމަނުޖެހުނަސް އެފަދަ ތަންތަން ބަންދުކުރުމަށް ފުލުހުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
"މ. ޝެރިފްގައި ހިންގި ސެލޫން އަކީ އަޅުގަނޑުގެ ތަނެއް ނޫން." – ޝެއިޚް އަލީ ޝަރީފް

ޝެއިޚް އަލީ ޝަރީފު 23 ޑިސެމްބަރު މުޒާހަރާގައި. ފޮޓޯ: ހަވިރު
















advertisment
ތީއޭ މައްސަލައަކީ !!! ކުއްޔަށްދޭ ތަންތަންވެސް، ރަނގަޅު ފެންވަރަކަށް މޮނީޓަރ ކުރީމަ ތިކަހަލަ މައްސަލައެއް ނުޖެހޭނޭ … ■
ކީއްވެބާ އެތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތާއި އެމް.ޑީ.ޕީއާއި އޮންނަގުޅުމުގެ ވާހަކަތައް ހާމަނުކުރީ..ވެސްޓްޕާކް ކައިރިން އަތުލައިގެން މީހުންގެ އިސްކޮށް ހުރީވެސް ހަމަ އެމް.ޑީ.ޕީއަށް ނިސްބަތްވާ ފަރާތެއް..
ސާބަހޭ ދިއިސްލާމްގެ ޓީމަށް.. މިފަދަ ހަބަރުތަކުގެ ސަބަބުން އަޅުގަނޑުމެނަށް އަރާ އެތައް އޮޅުން ތަކެއް ފިލައިގެންދޭ. އެމްޑިޕީ މީހުން ކެނޑި ނޭޅި މިހާރު ކުރަމުން ދާ މަސައްކަތަކީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޢިލްމުވެރިންގެ އަގުވައްޓާލުން އިންޝާﷲ އެކަމެއް ނުވާނެ!! ކުރިއަށް ދިވެހި ގައުމު ކުރިއަށް ދި އިސްލާމް!
ޝައިޚު ޢަލީ ޝަރީފު ނުންތަ އެގެ ކުއްޔަށް ދެނީ. އެހެންކަމަށް ވަންޏާ ކުއްޔަށް ހިފި ފަރާތުން ކުރަނީ ކޮން ކަމެއްތޯ ބެލުމަކީ އަލީ ޝަރީފުގެ ޒިއްމާއެއް. އަނެއްކޮޅުން މަސާޖު ޕާލާތައް ހުއްޓުވަން ކުރި މުޒާހަރާގައިވެސް އެންމެއަޑުގަދަ ކުރީމު ނޫންތަ.
ދި އިސްލާމް ސައިޓުން ތިކޮށްދެއްވި މަސައްކަތަށްސުކުރުވެރިވަން …އަބަދުވެސް ހަގީގަތްހާމަކުރުމުގާ ފަހަށްނުޖެހޭނެ ކަމުގެ ޔަގީންކަންއޮވޭ ……………….
އެއްވެސް ކަހަލަ ބުރަދަނެއް ހުރި ލިޔުމެއް ނޫން. ހަމައެކަނި އެއްފަރާތަކުން ބުނެފަވާ ވާހަކަ ތަކެއް ލިޔެލާފަ. ހަގީގަތުގަ ގާނޫނާ، ކުރެވިފައި ހުންނަ އެގްރީމެންޓް ގައި ހުރި ކަންކަމަށް ބަލާ ލިޔުން ނަމަ ފުރިހަމަ ވީސް. އަސްލު ގިނަ އެގްރީމެންޓް ކުރެވިފަ ހުންނަ ގޮތުން ވެރިފަރާތް ބޭނުންވެއްޖެ ހިނދެއްގާ މުހުލަތެއް ދިނުމަށްފަހު ތަން އަތުލުމުގެ ބާރު ވެރިފަރާތައް ލިބިގެންވެ. މި ހިތައް އަރަނީ މިކަހަލަ ނޯޓް އެއްވެސް ތި ބުނާ އެގްރީމެންޓް އެއްގަ ނެތީބާއޭ؟؟؟ ހައްތާވެސް ސުވާލު؟ އެނގޭހާވެސް އެއްޗަކީ ދީނުގައި ހިލޭ ފިރެހެނުންނާއި އަންހެނުން ގައިގޯޅިވެ އުޅުން ނަހީ ކުރައްވާފައި ވާކަން. ގަބޫލް ކުރެވޭގޮތުން ގޭގެ ވެރި ފަރާތައްވެސް އެނގޭނެ އެތާ އުޅެނީ ކޮން ބައެއްކަން. އަދި އެތަނަށް ވަންނަނީ ކޮން ބައެއްކަން ވެސް. އެތަނަކީ މަސާޖުކުރާ ތަނެއްކަންވެސް. ކިހިނެއްތޯ އަންހެނަކަށް ފިރެހެނަކަށް މަސާޖު ކޮށްދެވޭނީ؟ ދީން މިކަން ނަހީ ކުރެ.
ހެހެހެހެ…އބަދުވެސް ތިޔަބޭފުޅުން ތިޔަ އުޅުއްވަނީ ކުށުން ބަރީޢަވާން…ތިޔަބުނި ހެން ވެސް ކަން ވުމަކީ އެކަށީގެން ވާ ކަމެއް…އެކަމް މިތާގަ ޙިޔާލް ފާުޅުކުރާ ބޭފުޅުން ކީއްވެތަ އަބަދު އެމްޑީޕީ ކުދިންނާ ބެހެނީ…ހަމަ 2 ޕާޓީގައިވެސް އެބަތިމި ގޯސް މީޙުން..ހަމަ ގޯސް ކަމުގައި ތިޔަ އިއްތިހާދެކޭ އެމްޑީޕީ އެކޭ ތަފާތެއްނެތް….ދީނޭ ކިޔައިގެން ގޯސްކޮށް އުޅޭ މީހުން މާ ނުބައި އަދި
މިލިޔުން ކިޔާލީމަ އެބައިގޭ ވެގެން އުޅޭ ގޮތް، ރެޑްހޭންޑް ކޮށް ހިފަންޖެހެނީ، މިކަންކުރަން ތިބި އެމްޑީޕީގެ ވެރިން ބޭނުމެއްނުވޭ މިކަންހުއްޓާކަށް ސަރުކާރު ބަދަލުވުމުން މިކަންމިހައްލުވީ.
އަމައްޔާއި…. ހީވަނީ އަލަށް ހެން މިފަދަ ތަނެއް ބަންދު ކުރީ.. ނުވި ތާކަށް އަދާލަތު ޕާޓީން ވެސް އަދި ނޫސް ބަޔާންތައް ނެރެ މާމޮޅު ކަމެއް ކުރެވުނު ހެން ހީވެގެން އުޅޭއިރު، މިއީ އަބަދުވެސް ހަމަ ހެކި ލިބި ސާބިތުވާ މިންވަރަކުން ކުރަމުން އަންނަ ކަމެއް. މިހާރުވެސް ނޫސްތައް ބަލާބަލަ…. ބަންދުކުރި ތަންތަނުގެ މައުލޫމާތު ކޮސްމެވެސް ވަރަކަށް ލިބިގެންދާނެ!!!!
ތިގޭ ނަންބޯޑުގެ ތިރީގައި ހަރބަލް ބިޔުޓީ ސެލޫން 2ފްލޯ ޖަހާފައި ހުރި ބޯޑެއް ހުންނަތަނެއް ބޭފުޅާއަކަށް ނުފެނުނުދޯ. ތިގޭ ސިޑިން ކަސްބީ އަންހެނުން އަރާފައިބާތަން ވެސް ހަމަނުފެނޭ ދޯ. ހާދަ މައުސޫމޭދޯ. އެކަމު އެހެން މީހުން ގެ މައްސަލަތަށް ފެނޭ…..