ދީނީ ލިޔުންދީން

ހިތް ރަނގަޅުވުން

ހިތް ރަނގަޅު ކުރެވޭނީ ތެދުވެރި ތައުބާއަކުން ތައުބާވެ، ހުރިހާކަމެއްގައިވެސް އެއިލާހަށް ތަވައްކުލް ކުރުން ޙައްޤުގޮތުގައި ތަވައްކުލް ކޮށްގެންނެވެ. ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަނެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވެގެންނެވެ. އަދި ހުރިހާ ޢަމަލެއްވެސް ޢިޚްލާޞްތެރިކަމާއެކު ﷲ ތަޢާލާގެ ވަޖުހުފުޅުއަދައި ކުރުމާއެކު، އެހެން މީސްތަކުންނަށްވެސް ހެޔޮގޮތް މިންވަރުވުމަށް އެދިގެންނެވެ.

ހިތް ފަސާދަވެ ނިކަމެތިވެ ބަލިކަށިވެގެންދާނީ މިއާއި ޚިލާފަށް ޢަމަލުކުރުމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ  ” ދަންނާށެވެ! ހަމަކަށަވަރުން ހަށިގަޑުގައި މަސްކޮޅެއްވެއެވެ. އެ ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. އަދި އެ ފަސާދަވެއްޖެނަމަ މުޅި ހަށިގަނޑު ފަސާދަވެ(ހަލާކުވެ) ދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.”

ހިތް ރަނގަޅުވުމުން ﷲ ތަޢަލާ ، އެއަޅެއްގެ ހިތުގައި އީމާންކަން ޒީނަތްތެރިކޮއްދެއްވަވައި، އީމާންކަމަށް ލޯބިކުރާ މީހެއްކަމުގައި އޭނާ ލައްވަތެވެ. އަދި ކުފުރާއި ފިސްގާއި ފާފަތައް އޭނަ ނުރުހޭ އެއްޗެއްކަމުގައި ލައްވަތެވެ. ދެންފަހެ އެތެރެފުށާއި ބޭރުފުށް ރަނގަޅުވެގެންވާ، ޞާލިޙު އަޅުންގެތެރެއިން އޭނާ ވެދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *