ނަފްސާނީ ބަލިމީހެއްގެ ހުކުމަކީ ކޮބާ؟

ނަފްސާނީ ބަލިމީހެއްގެ ހުކުމަކީ ކޮބާ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

މީހަކީ ނަފްސާނީ ގޮތުން ބަލި މީހެކެވެ. މިބަލި މީހާއަކީ ޖިންނި ބައްޔަށް ފަރުވާ ކުރަމުން ދާ މީހެކެވެ. ބަލިމީހާ ރަގަޅަށް ހުންނަ އިރު ނަމާދުކޮށް، ރޯދަހިފައި، ޤުރުއާން ކިޔަވައި ހަދައެވެ. އެކަމު ބަލިވީމައި ނަމާދެއް ނުކުރޭ، ރަމަޟާން މަހުވެސް ރޯދައެއް ނުހިފާ، ނަމާދުވެސް ނުކުރާނާމޭ ބުނަނީ، ރޯދަ ވެސް ނުހިފާނަމޭ ބުނަނީ، މިކަމުގެ ހުކުމަކީ ކޮބާތޯ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ނަފްސާނީ ބައްޔަކީ ތަފާތު ބައްޔެކެވެ. ޖިންނި ބައްޔަކީ އަދި ނަފްސާނީ ބައްޔެއް ނޫނެވެ. މިއިން ބައްޔެއް ޖެހިފައިވާ މީހާ އެބަލީގެ ސަބަބުން ބުއްދިފިލައި ނުދާނަމަ ކެތްތެރިވެ، ކުޅަދާނަ ވީ ވަރަކުން ނަމާދުކޮށް، ރޯދަހިފައި އަދިވެސް އެހެން ދީނީ ވާޖިބުތަކަށް ރައްކާތެރިވާން ޖެހޭނެވެ. ގަސްތުގައި، ބުއްދި ސަލާމަތުން ހުއްޓައި ނަމާދު އެޅުން ހުއްދަ އެއްވެސް ހާލަތެއް ނުވެއެވެ. ނަމަވެސް ބަލީގެ ސަބަބުން ބޭސްކާން ޖެހޭނަމަ ނުވަތަ ރޯދައަށް ހުރުމަށް ދަތިވެގެން ރޯދަ ދޫކޮށްލައިފި ނަމަ ރަނގަޅު ވުމުން ރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ. އަދި އެއީ ދާއިމީ ބައްޔެއް ނަމަ ކޮންމެ ރޯދައެއްގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމުން ފުދެއެވެ.

ބަލީގެ ސަބަބުން ބުއްދިފިލައިގޮސް، މޮޔަވެފައިވާ މީހެއްނަމަ އެވަގުތުގައި އޭނާ ބުނާ ބަސްތަކާއި ކުރާ ކަންތައްތަކަކީ ލިޔުއްވޭނެ އެއްޗެއް ނޫނެވެ. އަދިކިޔެއް އެއީ ޢަފޫކުރެއްވިގެންވާ ކަމެކެވެ. ހަމަ އެފަދައިން އެހާލަތުގައި އޭނާގެ މައްޗަށް އެއްވެސް އަޅުކަމެއް ވާޖިބުވެގެން ނުވެއެވެ. އެގޮތުގައި ދިގު މުއްދަތެއް ވޭތުވެފައިވާނަމަ އެ މުއްދަތުގައި ފާއިތުވެފައިވާ ނަމަދާއި ރޯދަ ޤަޟާކުރަން ނުޖެހޭނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ބުއްދި ފިލައި ދިޔުމަކީ ޝަރުޢީ ތަކުލީފުތައް އުފިލިގެންވާ ސަބަބެކެވެ. علي رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((رُفِعَ الْقَلَمُ عَنْ ثَلَاثَةٍ عَنْ النَّائِمِ حَتَّى يَسْتَيْقِظَ وَعَنْ الصَّبِيِّ حَتَّى يَحْتَلِمَ وَعَنْ الْمَجْنُونِ حَتَّى يَعْقِلَ)) أبو داود والنسائي. މާނައަކީ: “ތިން މީހެއްގެ ކިބައިން ވަނީ ގަލަން އުފުލިގެންނެވެ. ނިދާފައި އޮންނަ މީހާއަށް ހޭލެވެންދެން، ކުޑަކުއްޖާ ބާލިޣް ވެއްޖައުމަށް ދާނދެން، އަދި މޮޔަވެފައިވާ މީހާ ބުއްދި ޖެހެންދެނެވެ.”

ނަމަވެސް އޭނާގެ ބުއްދި ފިލައި ގޮސްފައިވަނީ ކުޑަ މުއްދަތަކަށް ނަަމަ، މިސާލަކަށް ތިން ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ނަމަ ވިސްނުން އެނބުރި އައުމުން ރައްކާތެރިކަމަކަށްޓަކައި ފާއިތުވެފައިވާ އަޅުކަން ޤަޟާ ކުރެވިދާނެކަމުގައި ވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.