ރާއްޖޭގެ ޚަބަރުދިއިސްލާމް

ފަތިސްނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުމާއި އަދި ބިސްމި އަޑުހަރުކޮށް ކިޔުމަށް އެއްވެސް ރަށަކަށް އަންގާފައި ނުވާނެ: ޑރ. މަޖީދު

 

ޑރ. މަޖީދު ޖަލްސާއެއްގައި ވާހަކަ ފުޅު ދައްކަނީ. ފޮޓޯ: ދިއިސްލާމް

ފަތިސް ނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުމާއި ނަމާދުގައި ބިސްމި އަޑުހަރުކޮށް ކިޔުމަށް އިސްލާމިކް އެފެއާޒުން އެއްވެސް ރަށަކަށް އަންގަވާފައި ނުވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ރަށްރަށުގެ އިމާމުންނަށް އެފަދައިން މަޖުބޫރު ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ސާރކިއުލާއެއް ނެރެފައިވާކަމަށް މީޑިއާގައި ފެތުރިފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިޚަބަރު ފެތުރެން ދިމާވީ، އައްޑޫ ސިޓީގެ ބައެއް މިސްކިތްތަކުގައި ޤުނޫތާއި ބެހޭގޮތުން ޚިޔާލު ތަފާތުވުންތަކެއް އުފެދި، ސިޓީ ކައުންސިލްގައި ބައެއް ޢާއްމުން ޝަކުވާ ކުރުމާއި ގުޅިގެން، އިސްލާމިކް މިނިސްޓްރީގެ ޕޮލިސީ ސާފުކުރުމަށް އެދި އައްޑޫ ސިޓީގެ ކައުންސިލް އިދާރާއިން އެ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބާއި ގުޅިގެން ކަމަށެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ރަޝީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން އައްޑޫ ސިޓީގެ ކައުންސިލް އިދާރާއަށް ފޮނުވި ސިޓީގައި ވަކި ކަމަކަށް މަޖުބޫރު ކޮށްފައި ނުވާކަމަށެވެ.

2006 ވަނަ އަހަރު އޭރުގެ އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހުން ވަނީ ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ފަތިސް ނަމާދުގައި ދާއީމީކޮށް ޤުނޫތު ކިޔުމާއި ނުކިޔުން، އަޑު ހަރުކޮށް ބިސްމި ކިޔުމާއި ނުކިޔުން މިސްކިތްތަކުގެ އިމާމުންނަށް އިޚްތިޔާރަށް ދޫކޮށްލާފައެވެ. އަދިވެސް ޢަމަލު ކުރަމުންދަނީ އެއާއި އެއްގޮތަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މަޖީދުތިޔަހެން ވިދާޅުވިއަސް ކަން އޮތީ ހުސެންކުރަށްވާފަ ކޮން މެހެން ދަނބިދަރީގެ ބައްޕަ ދިފާއުނުކުރައްވާ ދުވާލަކުގޮތަކައް ދީންބަދަލުކުަރަން ހައްދަވަން އުޅުއްވާކަމުގަ ވާނަމަ ނިމުންވަރަށް ހިތިވެދާނެ

Your email address will not be published. Required fields are marked *