
އައްޑޫ ސިޓީ ހިތަދޫގެ މިސްކިތެއް - މިމިސްކިތް ހުރި ތަނުން ގަބުރު ފެނިގެން މިހާރު ވަނީ ބަންދުކޮށްފައި - ފޮޓޯ : އައްޑޫ އޮންލައިން
ގިނަ މީހުން ބޭނުންވާނަމަ ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށާއި ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުމަށް އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީގެ ރަށް ރަށަށް މިއަދު އަންގަވައިފި އެވެ.
އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް، އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދުﷲ ޖަމީލް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި އުޞޫލަކީ މީގެ ކުރިންވެސް އޮންނަ އުޞޫލް ކަމަށާއި، އިސްލާމިކް މިނިސްޓްރީ އުފެދުމާއި ގުޅިގެންވެސް އޭގެ ކުރިންވެސް އޮންނަ އުޞޫލް ކަމަށެވެ. އަދި ވިދާޅުވީ މިކަން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް އަންގަވާފައި ވަނީ އެ އިދާރާ އިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ސިޓީ އެއްގެ ޖަވާބުގައި ކަމަށެވެ.
ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުމަށް އަންގާފައިވަނީ އެކި ފަރާތްތަކުން އެކި ގޮތްގޮތަށް އެކަން ކުރަމުންދާތީ ހުރިހާ ފަރާތްތަކުން އެއްގޮތަކަށް ޢަމަލުކުރުވުމަށްކަމަށް ކަމަށާއި، ނަމާދުގައި މަޑުން ބިސްމި ކިއުމުގެ ހުއްދަ އެއްވެސް އިރެއްގައި ދީފައިނުވާނެ ކަމަށް އަޙްމަދުﷲ އާއި ޙަވާލާދީ އެމްއެންބީސީ ނިއުސް އިން މިއަދު ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އާއި މިކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ކޮންމެ މިނިސްޓްރީ އެއްގައި ވެސް މީޑިއާ ސެކްޝަނެއް ހުންނާނެ ކަމަށާއި މީޑިއާ އަށް ހޯދަންޖެހޭ މަޢުލޫމާތެއް އެ ސެކްޝަނުން ހޯދުމަށެވެ.
މިކަމާއި ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރެވުނު މަސައްކަތް ވަނީ ކާމިޔާބް ނުވެފައެވެ. އަދި އެ ސިޓީގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނާއި ވާހަކަ ދެއްކުމުން އެބޭފުޅުން ވިދާޅުވެފައި ވަނީ މިނިސްޓްރީން އެގޮތަށް އަންގަވާފައިވާ ކަން އަދި އެ ބޭފުޅުންނަށް އެނގިފައިނުވާ ކަމަށެވެ.
















ހާދަ ހެއްވައޭ… ބަލަގަ، ސްޓޭޓް މިނިސްޓަރުވެސް ޖެހޭނެ ނޫންތޯ ނޫސްތަކަށް މަޢުލޫމާތު ދެއްވަން… ކޮބައި ރައްޔިތުންނަށް ޖަވާބު ދާރީ ވުމަކީ…
ސޮޓޭޓް މިނިސްޓަރ އެވެ.މަނިކުފާނަށް މުސާރަ ލިބެނީ ރައްޔިތުންގެ ބައިތުލް މާލުންތޯ؟އަދި އެފައިސާ ބޭނުންކުރައްވަންތޯ؟ބޭނުންކުރައްވާނަމަ ނޫސްވެރިޔާއަށް ޖަވާބްދޭން ޖެހޭނެއެވެ.ނޫސްވެރިއާއަށް ވެސް ެގިލައްވާނެ ތިޔަބުނާ ސެކްޝަނެއް ހުންނަކަން.އެކަމަކު ތިޔަފަދަ ދީންދަަންނަބޭފުޅަކު ތިޔަދެއްވެވި ޖަވާބަކީ ހަމަޖެހިގެން ހުންނަވައިގެން ދެއްވެވި ޖަވާބެއްނޫންކަން ޝައްކެވެ.
އިސްލާމް ދީނާމެދު ދިވެހި ޒުވާނުންގެ މެދުގައި ޝައްކު އުފެދި ދީން ޤަބޫލުނުކުރާ ވާހަކަތައް ރާއްޖޭގެ އެތަންމިތަނުން އިވެމުންދާ މިވަގުތުގައި ގޮޑީގެ ދަހިވެތިކަމުގައި ދީނީ ކަންކަން ދެއިރު ދެގޮތަށް ކިޔާ ފަތުވާ ދެންޏާއި މިދީނާމެދު މީހުންގެ މެދުގައި ޝައްކު އުފެދި ހަދާނެ ނަހަދާނެ ގޮތެއް ނޭގި ދީނުން ބޭރުވާ ޒުވާނުން އިތުރުވާނީ…… ޝޭކު ހުސެއިން ރަޝީދު ކަހަލަ މީހުން ކުރީގެ ވެރިކަމުގެ ދުވަސްވަރުގައި ޤުނޫތު ކިޔާތީ ލޮލަށް ނިދިވެސް ނައިސްގެން އުޅެފައި މިހާރު ވެރިކަމުގެ ފަރާތުން ބާރުތަކެއް ލިބުނީމަ ރައްބެއް ރަސޫލެއް މަތިވެސް ހަނދާނެއް ނެތް…. މިކަހަލަ އިލްމްވެރިންގެ ސަބަބުން ރާއްޖޭގެ ދީނީ ޝީއަރު ފާޅުކުރުމުގައި ގޮށްޖެހުންތައް އަންނަނީ…
ހުސެންރަޝީދަކީ އެމްޑީޕީގެ ޕަޕެޓެއް!
އަޑުގަދަ މީހާގެ ރުއްގިނަވާ އުޞޫލުން އިސްލާމްދީނުގެ ކަންތައްތައް ނިންމަން ފެށީދޯ! ފަތިސްނަމާދުގެ ގުނޫތުނުކިޔައިގެން ތިޔަ ޝަކުވާކުރާ ގިނަ މީހުން ހިއެއްނުވޭ ފަތިސްނަމާދަށް މިސްކިތަށް އަރާހެނެއްވެސް.
ހުސެން ރަސީދު މައުމޫނުގެ ސަރުކާރު ވައްޓާލަން ހަތިޔާރަކަށް ބޭނުން ކުރީ ދީން ކަން މިދަނީ ފެންނަމުންނެވެ.
ބަލަ ދީންވެސް ކަލޭމެން ޑިމޮކްރަސީ ކޮއްލީދޯ އެއްމެފަހުން…ގިނަ މީހުންނަށް ފެއްނަ ގޮތަކައްތަ ދީނީ ހުކުމްތައްވެސް މިހާރު ސުބުޚާނަﷲ………ޔާ ﷲދުނިޔޭގެ އުފަލާ ޖާހަށް ޓަކައި އިބަ ރަސްކަލާނގެ ދީން ވިއްކާލާ އިބަރަސްކަލާނގެ މަގުން މީސްތަކުން އެއްކިބާކުރަން މަސައްކަތް ކުރާ ޢިލްމުވެރިންނޭ ކިޔައިގެން މިއުޅޭ ބައިގަނޑުގެ ކިބައިން އަޅަމެން މިންޖުކުރައްވާންދޭވެ………….އާމީން
ދެން ހަމަ އަހަރުމެން އެމީހުންބުނާ ކޮއްމެގޮތަކަ ފައިހަމަކޮއް ތިބެންވިތަ؟އެހެން ނޫނީ އަހަރުމެންގެ ތެރޭ ތިބި ޖަމުއިޔާތަކުން ނޫސްބަޔާން ނެރެނެރެ ތިބެންވީތަ؟ކޮބާތަ މިރާއްޖޭގައި ތިބި ޝޭހުން؟ އިލްމުގެ އަހުލުވެރިން؟ރަޔިތުންގެ ނަމުގަ ހެދި ޕާޓީތައް؟ ޢިޒައްތެރި މެމްބަރުން ތައް ކޮބާ؟
ޝައިހު ހުސެން ރަޝީދު އަހުމަދު އަކީ އިލުމުވެރި އެއްގެ ހުދުންލައިގެން ހުންނެވި އެހެނަސް އިސްލާމު ދީނާ ދެކޮޅު އެތައް އަމަލުތަކެއް މީގެ ކުރިންވެސް ކުރައްވާފަހުރި ބޭފުޅެއް މުސްލިމުން ކުރުން ހުއްދަނޫން އެތައްކަމެއް އަމިއްލަ ދިރިއުޅުމުގަ ކުރައްވާފަހުރި ބޭފުޅެއް މިކަންދަން އެތައްމީހަކު މިހާރުވެސް އަށްޑޫގަ އެބަތިބި މީނާއަކީ މާއްދިއްޔަތައް ހެއްލިފައިވާ މީހެއް މިބައި މީހުންގެ ބޭނުމަކީ ޔަހޫދީން ނާއި ނަސޯރާއިންނާ ގުޅިގެން އިސްލާމު ދީނާ މެދު މީހުންގެ ހިތުގައި ޝައްކު އުފައްދާ މީހުން ދީނާއިމެދުކުރަންމުން އަންނަ އިތުބާރާއި ޔަގިކަން[އަގިދާ]ފުޑުފުޑުކުރުން އަދިރާށްޖެގެ ބައެއް އިލުމުވެރިން[ސުއްނަތައްލޯބިކުރާ]އަގުވައްޓާލައި އެމީހުން އިތުބާރު ނަގާލުން ދުއާ އަކީ ﷲމިފަދަމީހުން ފަލީހަތްކުރައްވާނިކަމެތިކުރެއްވުން
ޝޭޙް ހުސަން ރަޝީދު ތެޔާ މީހުންނަށް ޖަވާބު ދޭއް ޖެހޭ ލެހެކަކީ.ތެޔާ އިސްލާމް ދީން ދަސްކޮށް ދިން ރިވެތި އުސޫލަކީ.ހިތާމަ ހިށި ކަމަށް ކަރަޕްޓްވެގެން ތިއެނީ އެވަރަ ނިޔެންގެނީއާ.