ދީންސުވާލާއި ޖަވާބު

މީހުންގެ ތަސްވީރު ކުރެހުމަކީ ހުއްދަކަމެއްތޯ؟

މީހުންގެ ތަސްވީރު ކޮމްޕިއުޓަރ ގެ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެން ކުރެހުމަކީ ހުއްދަކަމެއްތޯ؟ ކުރަހާއިރު ކުރަހަނީ އަސްލު މީހާގެ ފޮޓޯއާ ވައްތަރުކުރަންށެވެ. އަޅުގަޑަށް އެގިފައިވާ ގޮތުގައި 3ޑީ އެއްޗެއް ނޫންކަމަށް ވާނަމަ އެގޮތަށް ކުރެހުން އެއީމައްސަލައެއްނޫނެވެ. މީގައި ރަގަޅު ގޮތަކީ ކޮބައިތޯއެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ދިރޭ އެއްޗެތީގެ ފޮޓޯ، ތަސްވީރު ނުވަތަ ސޫރަ ކުރެހުމަކީ ހަރާމް ކަމެކެވެ. އެއީ އަތުން ނުވަތަ މެޝިނަކުން ނުވަތަ ކޮމްޕިއުޓަރ ސޮފްޓްވެއަރ އެއް ބޭނުން ކޮށްގެން ނަމަވެސް މެވެ. އަދި އާދައިގެ ކޮށް ކުރެހިޔަސް ތްރީޑީ ކޮށް ކުރެހިޔަސް އެއީ ހުއްދަކަމެއް ނޫނެވެ.

ކުރެހުމަކީ މާތް ﷲ ގެ ޚަލްގުކުރެއްވުމާއި ވައްތަރު ކުރުމެވެ. އެހެންކަމުން އެކަން ވަނީ ނަހީކުރެއްވިފައެވެ. عبد اللَّهِ بْن مَسْعُودٍ رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (( إِنَّ أَشَدَّ النَّاسِ عَذَابًا يَوْمَ الْقِيَامَةِ الْمُصَوِّرُونَ )) متفق عليه (މިހަދީޘް ރިވާކުރެއްވީ އަލް ބުޚާރީ އާއި މުސްލިމްއެވެ.) މާނައަކީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހުގައި އެއްމެ ގަދަފަދަ ޢަޛާބު ލިބޭ މީހުންގެ ތެރޭގައި ތަޞްވީރު ކުރަހާ މީހުން ވެއެވެ.” އެބަހީ ދިރޭ ތަކެތީގެ ސޫރައެވެ. މިމާނައިގައި އިތުރު ހަދީޘްތައް ރިވާވެގެން ވެއެވެ.

ހަގީގީ ފުރާނަ ނުވާ، ޖަމާދާތާއި ގަސްގަހާގެހި ފަދަ ތަކެތި އިސްތިސްނާ ކުރެއްވިފައިވެއެވެ. އެފަދަ ތަކެތި ކުރެހުމަކީ ހުއްދަ ދެއްވިފައިވާ ކަމެކެވެ. عبد الله بن عباس رضي الله عنهما ގެ އަރިހުން البخاري، (ހ2073) ރިވާކުރެއްވިއެވެ. “އެކަލޭގެފާނުންގެ އަރިހަށް މީހަކު އައިސް އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ކުރެހުންކަމުގައި ބުނުމުން އެކަލޭގެފާނު އެއީ ނަހީކުރެއްވިގެންވާ އަޛާބު ލިބޭނެ ކަމެއްކަމުގައި އަންގަވއި ވިދާޅުވިއެވެ. “إِلَّا أَنْ تَصْنَعَ فَعَلَيْكَ بِهَذَا الشَّجَرِ كُلِّ شَيْءٍ لَيْسَ فِيهِ رُوحٌ” މާނައަކީ: “ތިބާ ކޮންމެހެން ކުރަހަން ބޭނުންނަމަ ކަލޭގެމައްޗަށްވަނީ މިފަދަ ގަސްގަހާގެއްސާއި ފުރާނަ ނެތް ކޮންމެ އެއްޗެކެވެ.” އެފަދަ ކޮންމެ އެއްޗެއް ކުރެހުމަކީ އެއްމެ ރަނގަޅު ކަމެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން